ޑރ.. ފައުޗި
ޑރ.. ފައުޗި
ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ކުރުމުގައި ރެމްޑެސިވިރް ބޭނުން ކުރުމުން ބަލި ރަނގަޅުވާ މުއްދަތު އަވަސްކޮށްދޭކަން ތަހުލީލުތަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިޒީސްއިން ހާމަކުރި ގޮތުގައި މި ބޭސް ބޭނުން ކޮށްގެން ކުރެވިފައިވާ ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި މި ބޭސް ބޭނުން ކުރުމުން ނަތީޖާ ރަނގަޅު ކަމަށެވެ.

ޑިރެކްޓަރ ޑރ. ފައުޗީއާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓްކޮށްފައިވަނީ ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ކުރުމަށް ރެމްޑެސިވިރް ބޭނުން ކުރުމުން އާންމުކޮށް ބަލި ރަނގަޅުވާން ނަގާ 15 ދުވަހުގެ މުއްދަތު 11 ދުވަހަށް ކުޑަކޮށްދޭ ކަމަށެވެ. މިއީ މިބޭސް ބޭނުން ކޮށްގެން ފުރަތަމަ ކުރި ތަހުލީލުތަކުން ލިބިފައިވާ ރަނގަޅު ނަތީޖާއެއް ކަމަށް ޑރ. ފައުޗީ ވިދާޅުވިއެވެ.

"މިއީ 31 އިންސައްތައިގެ ކުރިއެރުމެއް. މިއީ އަދި ސައްތައިން ސައްތަ ކާމިޔާބެއް ނޫން. އެކަމަކު މިއީ ވަރަށް މުހިންމު ކުރިއެރުމެއް. މިބޭހުން ވައިރަސް ހުއްޓުވާކަން މިވަނީ ސާބިތުވެފަ." ޑރ. ފައުޗީ ވިދާޅުވިއެވެ.

ޑރ. ފައުޗީ ވިދާޅުވީ މިބޭހުން ލިބުނު އެންމެ މުހިންމު ނަތީޖާއަކީ ބައްޔަށް ފަރުވާ ދެވޭނެ ދޮރެއް ހުޅުވިގެން ދިޔުމެވެ. "މީގެ ސަބަބުން އަޅުގަނޑުމެންނަށް މިއޮތީ ކޮރޯނާ ވައިރަހަށް ފަރުވާ ދިނުމުގެ ގާބިލުކަން ލިބިފަ."

ޑރ. ފައުޗީ އިތުރަށް ވިދާޅުވީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު މަސައްކަތް ކުރަމުން ގެންދަނީ މި ބޭސް އުފައްދާ ކުންފުންޏާ ވާހަކަދައްކައިގެން ބޭނުންވާ ފަރާތްތަކަށް ބޭސް ލިބޭނެ މަގުތަނަވަސް ކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކޯވިޑް-19 އަށް ފަރުވާދިނުމަށް އެފްޑީއޭއިން މިހާތަނަށް އެއްވެސް ބޭހެއް ކަނޑައަޅާ އާންމުކޮށްފައި ނުވި ނަމަވެސް ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ރެމްޑެސިވިރް ބޭނުންކުރުމަށްޓަކާ ވީހާވެސް ގިނަ ބަޔަކަށް އެ ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެފްޑީއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްޕިޔޫ އެޗް އޯއިން ބުނެފައިވަނީ ބުދަ ދުވަހު ހާމަ ކުރި ރެމްޑެސިވިރްގެ ނަތީޖާއާއިމެދު އެއްޗެއް ބުނަން އަދި މާއަވަސް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

އަލީ

01-May-2020

އެމެރިކާއިން ތިއުޅެނީ އެއްޗެކޭ ކިޔާގެން ވިޔަފާރިއެއް ހިންގަންތޯ ބަލަންވާނެ


12

ކިނބިހި

01-May-2020

މީނައާއި ބިލްގޭޓްސް އަދި ޓްރަމްޕް ގުޅިގެން ވިޔަފާރި ކުރަނީ މިވަރެހަކީވެސް މިމީހުން ލެބެއްގައި އުފެއްދިއެއްޗެއްކަމަށް އެމެރިކާގެ ނޫސަތް އެބަބުނޭ.. ޔޫޓިއުބު ބައްލަވާ މިމިޙުންނާއި ދެކޮޅަށް ކެންޕޭން އެބަކުރެވޭ ބޭހަކީ ކާކު ޝެއަރވަރ ކުންފުޏެއްގެ ބޭހެއްބާ?



ޓްރެންޑިން