ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ކަރުދާސްތައް މިހާރު ޕްރިންޓުކޮށްފައިވާ ކަމަށެވެ. އަދި ކަރުދާސް ޕްރިންޓު ކުރީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުން ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ. މި ފަހަރުގެ އިންތިހާބަށް ޖުމްލަ 222324 ވޯޓު ކަރުދާސް ޕްރިންޓުކޮށްފައިވެއެވެ.

މި މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު މި އިންތިހާބަށްވާ ތައްޔާރީތަކުގެ ތެރެއިން ވޯޓު ފޮށިތަކާއި، ވޯޓު ކަރުދާސްތައް އަދި އިންތިހާބަށް ބޭނުންވާ އެހެން ކަންކަން ވެސް ބުރާސްފަތި ދުވަހާ ހަމައަށް އަތޮޅުތެރެއަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. މި އިންތިހާބުގައި ވޯޓު ކަރުދާސްތަކުގައި ވެސް ތަފާތުތަކެއް އުޅޭ އިރު، ސައްހަ ވޯޓާއި ބާތިލް ވޯޓުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހާއްސަ ފިޔަވަޅުތަކަކާއެކު މި އިންތިހާބު ކުރިއަށްގެންދާއިރު މިއީ މިހާތަނަށް އެންމެ ވޯޓުފޮށިތައް ވެސް ގިނަ އިންތިހާބަށް ވާނެއެވެ. ކޮންމެ ވޯޓު ފޮށްޓަކަށްވެސް ވޯޓު ލާނީ 500 މީހުންނަށްވުރެ ގިނަ ނުވާނެ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން