ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ޓްރާންސްޕޯރޓް މިނިސްޓަރ ނަހުލާއަށް ޖިންސީ ފުރައްސާރަކުރާ ފޯނު ކޯލެއް ލީކްވެ ބޮޑު ބޭޒާރުވެ ފަޟީހަތްވެ އެންމެ ފަހުން އެކަން ޝައްކެއް ނެތް މިންވަރަށް ކަށަވަރު ވުމުންވެސް ސަރުކާރުގެ ތެރެއިން އެއްވެސް ވަރަކަށް ކަންބޮޑުވުން ނުފެންނަ މައްސަލައިގެ ގިނަ ބައެއްގެ ފާޑުކިޔުން މިއަދު ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މިމައްސަލައިގައި ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާ ގިނަ މީހުންގެ ޝަކުވާ އަކީ ނުވަތަ ފާޑު ކިއުމަކީ ޖިންސީ ފުރައްސާރަ ކުރުމާއި ޒީރޯ ޓޮލަރެސްން ބޯޑު އަޅުވައިގެން އެފަދަ މައްސަލަތައް ބަލަން ކޮމިޝަންތައް ހަދައިގެން އުޅޭ ސަރުކާރަކަށް ޖިންސީ ގޯނާ ކުރުމާއި ޚިޔާނާތުގެ ތުހުމަތު ކުރެވޭ ކަންތައްތަކެއް ވަޒީރެއްގެ ކިބައިން ފެނުމުން ކަހާތަން ހިރުވާވެސް ނުލާ އެއްވެސް ފިޔަވަޅެއް އަޅާނެ ކަމުގެ ނިޝާނެއްވެސް ދައްކާނުލައި ތިބުމަކީ އެފަދަ ކަންކަމުގައި އިހުސާންތެރި ނިޔަތެއް ނެތްކަން ހާމަވާ ކަމެއް ކަމުގައެވެ.
އަނެއްކޮޅުން އަލީ ވަހީދުގެ މި ބޮޑު ބޭޒާރުގެ ސަބަބުން ރައީސް ސޯލިޙްގެ ކެބިނެޓްގައި މަގާމަށް ކުފޫ ހަމަނުވާ “ކުދިން” ތިބިކަން މިއަދު މިވަނީ މުޅިން ކަށަވަރުވެފައެވެ. މީހާ ސައިޒުން ކިތަންމެ ބޮޑަސް އުމުރާ ތަޖުރިބާ ޅަވުމަކީ ހަގީގަތުގައިވެސް ބިޔަ، ޒިންމާ ބޮޑު މަގާމުތަކަށް ކުފޫ ހަމަނުވުމުގެ އެއް ހެއްކެވެ.
އަލީވަހީދުގެ ލީކްވި އޯޑިއޯ ތަކުގައި ހިމެނޭ މައްސަލައަކީ ހަމައެކަނި މިނިސްޓަރ ނަހުލާއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެކަންޏެއް ނޫނެވެ. ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބިޔަ މައްސަލަތަކެއްގައި އަލީ ވަހީދުގެ ބައިވެރުވުން އޮތްކަންވެސް އެ އޯޑިއޯ ތަކުން ހާމަވެއެވެ. މީގެއިތުރުން ޕާޓީ ކުރުމާއި ދީނާ ޚިލާފު ބޮޑެތި ޖަރީމާތަކަށް އޭނާ ހުށައެޅިފައިވާ ކަމާއި އެފަދަ ކަންކަމަށް ތަރުހީބުދީ އެފަދަ ކަންކަން ތަކުރާރު ކުރުމުގެ ނިޔަތުގައި އަދިވެސް މަސައްކަތް ކުރައްވާކަން ވެސް މި އޯޑިއޯތަކުން އެނގެއެވެ. މީގެއިތުރުން އަލީ ވަހީދުގެ މި ނެޓްވޯކަކީ ސަރުކާރުގެ މަތީ ފަންތީގެ ގިނަ ބަޔަކު ހިމެނޭ ނެޓްވޯކެއްކަމާއި އެމީހުން ހިންގާފައިވަނީ އެއް ކަމެއް ދެކަމެއް ނޫންކަންވެސް މި އޯޑިއޯތަކުން ކަށަވަރުވެއެވެ.
މިހާހިސާބުން ރައްޔިތުން އުފައްދާ އެންމެ ހައްސާސް ސުވާލަކީ މިފަދަ މައްސަލަތަކެއް ވަޒީރެއްގެ ކިބައިން ފެންމަތިބެ ބޮޑުތަނުން ފަޟީހަތްވުމުން ނުވަތަ ޝައްކެއް ނތް މިންވަރަށް ފަޅާއެރުމުންވެސް ނަތީޖާ ނުނެރެވުނަސް މިފަދަ ކަންކަމުގައި އެންމެ ބާރަށް ބަހުސް ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުން ހަނުހިމޭނުން ޗުއްޕުވެސް ނުބުނެ ތިބުމެވެ. ދާދިފަހުން ހިނގާދިޔަ މައްސަލަތަކެއްގައި މިނިސްޓަރ ސިދާތާ މަޖިލިސް ތެރޭގައި ފެންފޮދެއްވެސް ނުދީ “ކަތިލާލައި އެއްލާލިއިރު” އަލީ ވަހީދުގެ މައްސަލައިގައި ހަމަ އެއްވެސް އަނގައެއް ހުޅުވާ ނުލެވުނީ، އެއްވެސް ގަރާރެއް މައްސަލައެއް ހުށައަޅާ ލައިގެން މަޖިލިސް ތަޅުމުގައި ބަހުސެއް ކޮށްލާން ހަމަ ނުކެރުނީ އަލީ ވަހީދުގެ އަތުގައި ހުރި އެމްޑީޕީގެ މެންބަރުންގެ ލީކްތައް ހަމަ ގިނަވެފައި ބިޔައީ ބާވައޭ ހިތައް އަރައެވެ.
ކޮންމެއަކަސް އަލީ ވަހީދުގެ އޯޑިއޯތައް ލީކް ކޮށްލިއިރު އެސަކަރާތެއްގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު މަހުޖަނެއްގެ އަނބިކަނބަލުންނާއި އަލީވަހީދާއި އޮތް ގުޅުން އޭނާގެ އެންމެ އެކުވެރިންނާއި މަސައްކަތުގެ ބައިވެރިންނަށް ޝައްކެއްނެތް މިންވަރަށް ޔަގީންކޮށްދީ ކާމިޔާބުކަން ހާމަކޮށްދޭން އުޅުނު ފޯން ކޯލެއްގެ އޯޑިއޯ ލީކް ވުމުން މިނިސްޓަރ ނަހުލާވެސް މިހާރު އެވަނީ އެއީ އަލީ ވަހީދު ކޮށްފައިވާ ވަރަށް ކަޑަ، ގޯސް ކަމެއްކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވައި އަލީ ވަހީދު ބޮޑު ބޭޒާރަކުން ބޭޒާރު ކޮށްލައްވާފައެވެ.
އަލީ ވަހީދު މިނިސްޓަރ ނަހުލާއަށް ފޯނު ކުރެއްވި ކަމާއި ފޯނުން ދެއްކެވީ ކޮންވާހަކައެއް ކަމާއި އެވާހަކަތައް ފޯނުން ދެއްކެވީ ސްޕީކަރަށް ލައިގެން އޭނާގެ އެކުވެރިންވެސް ބައިތިއްބައިގެންކަމާއި އެފޯނު ކޯލުގައިވެސް އަދި ފޯނު ބޭއްވުމަށްފަހުގައިވެސް މިނިސްޓަރ ނަހުލާ ހިތްޕުޅާ ނުވާގޮތަށް ވާހަކަ ދައްކާފައިވާކަމާއި އަދި އަލީ ވަހީދު ކިތަންމެ ބާރު ލާފައި “ނޫން ނޫން، އެއީ އަޅުގަނޑެއް ނޫނޭ” ބުންޏަސް އެކަން އޮޅުވާ ނުލެވޭނެކަމާއި އެފޯނު ކޯލަކީ ސީދާ ނަހުލާ ވާހަކަ ދެއްކެވި ކޯލެއްކަން މިނިސްޓަރ ނަހުލާ މިވަނީ ޝައްކެއް ނެތް މިންވަރަށް ޔަގީންކޮށްދެއްވާފައެވެ.
އަލީ ވަހީދުގެ މި ލީކްތަކުގެ މައްސަލައިގައި ސަރުކާރާއި އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕާޓީގެ މެންބަރުން ހަނު ތިބުމުން ރައްޔިތުންގެ އިހުސާސްތައް ކެކި އަރައިގަތީ މިނިސްޓަރ ނަހުލާ ކޮށްލެއްވި މި ބޮޑު ބޭޒާރާއި އެކުގައެވެ. މި ބޮޑު ބޭޒާރަށްފަހު ގިނަ ރައްޔިތުންގެ ޝަކުވާއަކީ ކޮރަޕްޝަނާއި ފަސާދައިގެ ޒީރޯ ޓޮލަރެންސް ބޯޑާއި ޖިންސީ ފުރައްސާރައަށް ތަހައްމަލު ނުކުރާނެ ކަމުގެ ރަތް އިންޒާރު ދެމުން ގެންދާ ސަރުކާރުން އަދި އެސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އަލީ ވަހީދުގެ މި ބޮޑު ބޭޒާރާއި މެދު ގެންގުޅުއްވާ ޓޮލަރެންސްއާއި ތަހައްމަލުގެ ބޮޑުކަމުންނެވެ. އަނެއްކާ އަލީ ވަހީދުގެ އަތުގައި ރައީސްގެ ޓޮލަރެންސަށް ބާރުގަދަ ފަރުވާއެއް އޮތް ކަމުގައިވެސް ވެދާނެއެވެ.
ކޮންމެއަކަސް އަލީ ވަހީދުގެ ބޮޑު ބިޔަ ލީކްގެ މައްސަލައިގައި މިސަރުކާރަކަށްވެސް އަދި ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ގޮތެއް ހަދައިލާކަން އަދި ހަމަ ކެރިވަޑައެއް ނުގަތެވެ. ބިޔަ މިނިސްޓްރީއެއްގެ ޒިންމާތައް އަދިވެސް އެއޮތީ ހަމަ މި ބޮޑު ބޭޒާރާއެކު ފަޟީހަތްވި ވަޒީރުގެ އަތްމަތީގައެވެ. މިއީ ޓޮލަރެންސާއި ތަހައްމަލުގެ ކޮންފަދަ ނަމޫނާއެއް ބާވައޭ ސުވާލު އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު