ރާއްޖޭގައި ކޯވިޑް އިންތިހާއަށް ފެތުރި، ރައްޔިތުން މިތިބީ ބޮޑު ނުރައްކަލަކަށް ވެއްޓިފައެވެ. ކޮންމެ ދުވަހަކު ހާހުން ޕޮޒިޓިވްވަމުންދާއިރު، ކޮންމެ ދުވަހަކު އެތައް ބަޔަކު އެ ދަނީ މަރުވަމުންނެވެ. މިހާރުވެސް އައިސީޔޫއާއި ވެންޓިލޭޓަރުގައި އެތައް ބަޔަކަށް ފަރުވާދެމުން އެބަ ދެއެވެ. މާމަމެންނާއި ކާފަމެން، މައިންނާއި ބަފައިން، ބޮޑުދައިތައާއި ބޮޑުބޭބެމެން މިދުނިޔެއާ ވަކިވެގެން ދާއިރު އާއިލާގެ މީހަކަށް ކައިރީގައިވެސް ނުހުރެވޭހާ ހިސާބަށް ކަންތައްތައް ގޯސްވެއްޖެއެވެ.
ކޯވިޑްގެ ކަންކަން މިހާ ނުރައްކާތެރި ހިސާބަކަށް ދިޔައިރު މިކަމާއި ޒިންމާވާނެ ފަރާތެއް ނެތެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުން ނޫންކަމެއް ނުކުރެއެވެ. ނަމަވެސް ހަގީގަތަކީ މިކަމުގައި ޒިންމާ ނަގަން ނުޖެހޭ ހަމަ އެކަކުވެސް ނެތްކަމެވެ. ހާއްސަކޮށް ސިޔާސީ މީހުންނެވެ. ގައުމު މިހިސާބަށް ގެނައުމުގެ އެންމެ އިސް ދައުރެއް އަދާކުރީ އެމީހުންނެވެ. ބޮޑު ދެ ޕާޓީއެވެ. އެމްޑީޕީއާއި ޕީޕީއެމެވެ. މިހެން ބުނީމާ ދެބައި މީހުންވެސް ހިތްހަމަ ނުޖެހޭނެކަން އެނގެއެވެ. އެކަމަކު ހަގީގަތް ގަބޫލުކުރަށްވާށެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ދުނިޔެއަށް އުފަންވި ކޯވިޑު ރާއްޖެއާ ހިސާބަށް އައީ މިދިޔަ އަހަރުގެ މާޗުމަހު ހިސާބުގައެވެ. އެހާހިސާބުން ވެސް ރައްޔިތުން ދިޔައީ އެކަމަށް ތައްޔާރުވަމުންނެވެ. މާސްކު ގަނެ، ސެނިޓައިޒާ އެއްކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އެހާބޮޑަށް ހާސްނުވުމަށާއި، ހުރިހާ ކަމެއްވެސް އޮތީ ކޮންޓްރޯލްގައިކަމަށް ބުނެ ރައްޔިތުންގެ ސީރިއަސްކަން މިކަމާއި މެދު ފުރަތަމަ ކަނޑުވާލީ ސަރުކާރުންނެވެ. ސިޔާސީ މީހުންނެވެ.
ރައްޔިތުން މިކަމާއި މެދު ސަމާލުވާން ސަރުކާރުން ހަގީގަތުގައި ބުނަން ފެށީ މާލެ ތެރޭގައި ކޯވިޑް ފެތުރެން ފެށިފަހުންނެވެ. އޭރު އޮތީ ގާތްގަނޑަކަށް މާލެ ލޮކްޑައުން ކުރަންޖެހޭ ހާލަތަށް ގޮސްފައެވެ. ނަމަވެސް ސިޔާސީ ފަރާތްތަކުން މިކަމަކީ އާދައިގެ ރޯގާއެއްކަމަށް ބުނެ، މިކަަމާއި މެދު ރައްޔިތުން ދިން ސަމާލުކަން ހުއްޓުވަން ފެށިއެވެ. މާލެ ތެރޭގައި ނުރައްކާތެރި ރޯގާއެއް ފެތުރެމުންދިޔައިރުވެސް ބޮޑު ދެ ޕާޓީގެ އިސްވެރިންގެ އަމަލުތައް ހުރީ، އެފަދަ ކާރިސާއެއްގައި އަމަލުތައް ބަހައްޓަންޖެހޭފަދަ ގޮތަކަށް ނޫނެވެ.
ހުރިހާ ޗެނަލަކުން ލައިވްކޮށް ދައްކާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މިއީ އާދައިގެ ރޯގާއެއްކަމަށާއި، ރޯގާ ޖެހޭ އެންމެން މަރުނުވާނެކަމަށްވެސް ވިދާޅުވެފައެވެ. މިއީ އާދައިގެ ރޯގާއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. އަދި ލޮކްޑައުންކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ކޯވިޑޭ ކިޔައިގެން އުޅެނީ ސިޔާސި ކަންތައްތަކެއް ކުރުމަށް ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ. މީގެއިތުރުން ސިއްހީ ކަންކަމުގައި ބަސް ވިދާޅުވާން ޖެހޭ ފަރާތްތަކަށް މަޖިލީހުގެ މެމްބަރުން ދިޔައިީ ކެނޑިނޭޅި "ބަވަމުން"ނެވެ. ފާޑުވިދާޅުވަމުންނެވެ. ނުވިތާކަށް ގާނޫނަށް ބަދަލު ގެނެސްގެން ސިއްހީ ހިދުމަތްތެރިންގެ ދައުރު ހަނިކޮށް، އަނގަ ބަންދުކުރުމަށްވެސް މަޖިލީހުގެ މެމްބަރުން އެތައް މަސައްކަތެއް ކުރިއެވެ. މިކަމުގައި އިސްކޮށް އުޅުއްވީ މަޖިލީހުގެ ސުޕަ މެޖޯރިޓީއޮތް މެންބަރުންނެވެ.
ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ގިނަ މެމްބަރުން ކޯވިޑަކީ އާދައިގެ ރޯގާއެއްކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން ހައްލާލައިގެން އުޅުނުއިރު، ޕީޕީއެމްގެ ލީޑަރޝިޕުން އުޅުނީ މާލެތެރޭ ކޯވިޑް ފެތުރުނުއިރުވެސް މަގުމަތީގައި މުޒާހަރާ ކުރެވޭތޯއެވެ. ކޯވިޑް ޖެހުނަސް ހެޔޮކަމަށް ނިންމައިގެން ގިނަ އެއްވުންތަކެއް ބޭއްވިއެވެ. އެއަށްފަހު ސިޔާސީ ފަރާތްތަކުން ހިފާލީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާށެވެ. މިހާލަތުގައި އިންތިހާބު ނުބޭއްވުމަށް ސިއްހީ ހިދުމަތްތެރިން އާދޭސްކުރަމުން ދިޔައިރުވެސް، އެ އާދޭސް އަޑުއަހާލާނެ ކަންފަތެއް ނެތެވެ. ސިއްހީ ހިދުމަތް ތެރިންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު، ދެން ފެނިގެންދިޔައީ ހެސްކިޔާފައި ކޯވިޑް އޮތް މާލެ ސިޓީން ކެމްޕެއިންކުރުމަށް ރަށްރަށް މީހުން ދާން ހުއްދަދިން މަންޒަރެވެ. މިއީ މުޅި ރާއްޖެއަށް ކޯވިޑް ފެތުރުމުގެ އަސްލުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސިއްހީ މާހިރުން އޭރުވެސް ގޮވަމުން ގެންދިޔައީ، "ނޫނެކޭ ތިޔަހެން ނުހަދާށޭ، އޭރުން ރަށްރަށަށް ބަލި ފެތުރި ކޮންޓްރޯލު އަތުން ދޫވެދާނެއޭ" އެވެ.
ކޮންމެއަކަސް އިންތިހާބަށް ބޮޑެތި ލުއިތައް ދިނުމަށްފަހު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައިފިއެވެ. ގައިދުރުކަމެއް ނެތި، ބޮޑެތި ކިޔުތައް ހަދާލައިގެން، އެކަން ކޮށް ނިންމާލައިފިއެވެ. ސިޔާސީ މީހުން ބޭނުންވި ކަންތައް ވެއްޖެއެވެ. އޭރު ވެސް ބައެއް މީހުން ދިޔައީ ސިޔާސީ މީހުން ޖެހި ސަކަރާތުގެ ނަތީޖާ ފެންނާނެކަމަށް ބުނަމުންނެވެ. ކަންވީވެސް އެހެނެވެ. މިއަދު ރާއްޖެއިން މިފެންނަ ހިތާމަވެރި، ނުރައްކާތެރި މަންޒަރަކީ ސިޔާސީ މީހުން ކޯވިޑަކީ އާދައިގެ ރޯގާއެއްކަމަށް ބުނެ ޖެހި ސަކަރާތުގެ ހިތި ނަތީޖާއެވެ. ކަންކަން ރާވައި އިންތިޒާމް ކުރަން ޖެހޭ ފަރާތްތަކުން، އެކަންކަން ނުކޮށް ޓޮއިލެޓްރޯލް ޗެލެންޖަށް ވީޑިއޯ ހަދަން އުޅުމުގެ ހިތި ނަތީޖާއެވެ. ސިއްހީ ހިދުމަތްތެރިންނަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ހަދަންޖެހޭ މެމްބަރުން އެކަންނުކޮށް، އެމީހުންނަށް ކުރި ފުރައްސާރައިގެ ހިތި ހިތާމައެވެ. ސަރުކާރު ޖަވާބުދާރީކުރަން އޮތް އިދިކޮޅު ޕާޓީން އެކަންނުކޮށް، ވަކި ބޭފުޅަކު މިނިވަންކުރަން މަގުމައްޗަށް ނުކުމެ، އެއްވެ އުޅުމުގެ ހިތި ނަތީޖާ ވެސްމެއެވެ. އެހިތި ނަތީޖާގެ ރަހަނުލާ ފަރާތެއް ނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. މިއީ އާދައިގެ ރޯގާއެއްކަމަށް ބުނި މަޖިލީހުގެ މެންބަރުންގެ އާއިލާތަކުން ފެށިގެން، މަގުމައްޗަށް މުޒާހަރާއަށް ނުކުތް އެންމެ ބޮޑު މީހާއާއި އެންމެ އާދައިގެ މީހާގެ އާއިލާގެ މެމްބަރުންވެސް މިބަލީގެ ޝިކާރައަކށްވެ، މި ދުނިޔެ ދޫކޮށްފިއެވެ. އެތައް ހާސް ބަޔަކު އެތިބީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެތައް ސަތޭކަ ބަޔަކު އެތިބީ ހޮސްޕިޓަލުގައި، އާއިލާއާ ދުރުގައެވެ.
ލޯބިވާ މާމައާއި ކާފައާއި ބައްޕައާއި ބޮޑުދައިތައާއި ބޮޑުބޭބެ މިދުނިޔެ ދޫކުރުމުގެ ކުރިން އެއަޅާ ވޭނާއި ކެކުޅުމާއި އެ ތަހައްމަލުކުރާ ހިތްދަތި ކަމުގައި ބައިވެރިވެލާން ނުލިބޭތާގައި، އެމީހުން މިދުނިޔެ އެދޫކުރީ ބޭރުބައެއްގެ ކައިރީގައި އޮވެއެވެ. ލޯބިވާ އެއްވެސް ދަރިއެއްގެ، އަދި އާއިލާގެ މީހަކަށް ވެސް ނުފެނިއެވެ. މަރުމަތީގައި ނިމި އެދިޔައީ ފިރުމާލާން ވެސް ދެކިލާން ވެސް ނުލިބިއެވެ. މިއަދު އެމީހުން ކުރާ ވަސިއްޔަތް އަޑުއަހާންވެސް ޝަހާދަތް ލައިދޭންވެސް އެތިބީ ނަރުހުންނާ ޑޮކްޓަރުންނެވެ. ސިއްހީ ޚިދުމަތްތެރީންނެވެ. ބައެއް ފަހަރު އެހެން ދަރިފަސްކޮޅެއްގެ ބިދޭސީ ބައެކެވެ.
ކޮންމެއަކަސް ވީކަމެއް ވެއްޖެއެވެ. ދެން ވާންހުރިކަމެއްވެސް ވާނެއެވެ. ނަމަވެސް އިތުރަށް ކޯވިޑުގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ނުގެންގޮސް، މިކަމުން ސަލާމަތްވާން ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ އަދި އެންމެ މުހިއްމުކަމަކީ ސިއްހީ ހިދުމަތްތެރިން ދެއްވާ އިރުޝާދާ ލަފާ އަޑުއަހައިގެން، އެގޮތަށް އުޅުން ބައްޓަންކުރުމެވެ. އެއާއެކު ދެންހުރި ކަންކަން ހުންނާނީ ރަނގަޅަށް ތަރުތީބުވެފައެވެ. ކޯވިޑުން އަރައިގަތުމަށް އެނޫން އެއްވެސް ގޮތެއް އަދި ފެންނާކަށް ނެތެވެ. ތިމާމެންގެ ސިޔާސީ ބާރުވެރިކަން ދައްކާނީ އެބާރު ދެއްކޭ ހިސާބުގައެވެ. ބޮޑު މެޖޯރިޓީ އޮތީމާ ބޮޑާވެލާފައި، ފޮނިވެލާފައި ތެދުވެ ކަރުތެންމާލައިގެން އަތްދޮވެލައިގެން އުޅެލީމާ ނިމުނީއޭ ވިދާޅުވެ ފޮނި ވާހަކަ ދެއްކިޔަސް، "ކަޅުފޮއި އަނދިރި ރޭރޭ ކަޅުހިނި ހިރޭހިރުން ވެސް ދެނެވޮޑިގަތުންމަތީވާ" ކަލާނގެއަށް ގޮންޖަހާލާފައި ކިތަންމެ މޮޅު ވާހަކައެއް ދެއްކިޔަސް މިއަދު މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލީ ތިޔަ ބުނާ ތާކުންތާކު ނުޖެހޭ ކުޑަކުޑަ ލޮލަށް ނުފެންނަ ވައިރަހެވެ.

ކިޔުންތެރިންގެ ހިޔާލު