ކޯވިޑް-19 އާާާއި ހަނގުރާމަ ކުރަން ޗައިނާގެ ތަޖުރިބާ އަދިވެސް މުހިންމުކަން ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރޭ
ކޯވިޑް-19 އާާާއި ހަނގުރާމަ ކުރަން ޗައިނާގެ ތަޖުރިބާ އަދިވެސް މުހިންމުކަން ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރޭ
ކޯވިޑް-19 އާއި ގުޅިގެން އެމެރިކާގެ އިސް ސިޔާސީ ލީޑަރުން ޗައިނާގެ މައްޗަށް ކޮށްފައިވާ 24 ތުހުމަތަކީ "ބުހުތާނު ދޮގު" ކަމަށް ބުނެ ޗައިނާއިން ވަރަށް ތަފްސީލީ ޖަވާބެއްދީފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ރޭގެ ވަގުތެއްގައި ޝާއިއުކުރި 30 ސަފްޙާގެ އާޓިކަލެއްގައި އެމެރިކާއިން ކޯވިޑް-19އާއި ގުޅިގެން ޗައިނާގެ މައްޗަށް ކޮށްފައިވާ 24 ތުހުމަތެއްކަމަށް ބުނާ ކަންކަމަށް ވަރަށް ތަފްސީލުކޮށް ޗައިނާއިން ޖަވާބުދާރީ ވެފައިވެއެވެ. އެގޮތުން، 11،000 ބަހުގެ މި ލިޔުން ފަށާފައިވަނީ އެމެރިކާގެ 19 ވަނަ ރައީސް، އެބްރަހަމް ލިންކަން ވިދާޅުވެފައިވާ ބަސްކޮޅަކުންނެވެ.

"ލިންކަން ވިދާޅުވެފައިވާގޮތަށް، ބައެއް މީހުން ހައްދައިގެން އަބަދު ގެންގުޅެވިދާނެއެވެ. އެކަމަކު އެންމެން ހައްދައިގެން އަބަދަކު ނުގެންގުޅެވޭނެއެވެ. އަދި އެންމެން އެއްފަހަރާ ހައްދައިގެން އަބަދަކު ނުގެންގުޅެވޭނެއެވެ." ލިޔުން ފަށާފައިވަނީ މިގޮތަށެވެ.

ޗައިނާގެ ވޫހާނުން ކޮރޯނާ ވައިރަހުގެ ކޭސްއެއް ފެނުމުގެ މާކުރިން އެމެރިކާއިން ވައިރަސް ފެނިފައިވާކަމަށް ބުނެފައިވާ އެމެރިކާގެ ނޫސްތަކުގައި ލިޔެފައިވާ ލިއުންތަކަކާއި ހަވާލާދީ ޗައިނާއިން ނެރުނު ލިއުމުގައި ބުނެފައިވަނީ އެކަން އެގޮތަށް ވާނެ ގޮތަކީ ނެތް ގޮތެއް ކަމަށެވެ. ކޯވިޑް-19 އަލަށް ފެނިފައިވަނީ ޗައިނާގެ ވޫހާންއިން ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި އެހެން ގޮތަކަށް ވައިރަސް ފެތުރުނުކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާކަން މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

ވައިރަސް އުފެއްދީ ޗައިނާގެ ވޫހާންގައި ހުންނަ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ލެބޯޓްރީއެއްގައި ކަމަށް ބުނެ އެމެރިކާއިން ފަތުރާ ވާހަކަތަކަކީ ދޮގުކަމަށް ބުނެ ޗައިނާއިން ނެރުނު މި ލިއުމުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަކީ މީހަކު އުފެއްދި އެއްޗެއް ނޫންކަން މިހާތަނަށް ފެނިފައިވާ ހުރިހާ ހެއްކަކުންވެސް ސާބިތުވާ ކަމަށް ބުނެފައިވެއެވެ. އަދި ވޫހާންގެ އެ އިންސްޓިޓިއުޓްއަކީ ކޮރޯނާވައިރަހުގެ އާ ވައްތަރެއް އީޖާދުކޮށް ނެރުމުގެ ގާބިލުކަން ލިބިގެންވާ އިދާރާއެއް ނޫންކަމަށްވެސް މި ލިއުމުގައި ބުނެފައިވެއެވެ.

ވައިރަހާއި ބެހޭ މައުލޫމާތު ދިނުމުގައި ޗައިނާއިން ލަސްކުރިކަމަށް އެމެރިކާއިން ބުނެ ފަތުރާ ވާހަކަތަކަށްވެސް މިލިއުމުގައި ރައްދުދީފައިވެެއެވެ. މިވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ވައިރަހާއި ބެހޭގޮތުން ޗައިނާއިން ދުނިޔެއަށް މައުލޫމާތު ފޯރުކޮށްދީ ރިޕޯޓްކޮށްފައިވާ ގޮތާއި މައުލޫމާތު ދީފައިވާ ވަގުތުތައް ވެސް ތަފުސީލުކޮށް ލިއުމުގައި ހިމަނާފައި ވެއެވެ.

ވޫހާންގައި ވައިރަސް ފެތުރެން ފެށުމުން އެކަމުގެ މައުލޫމާތު ފަތުރަން މަސައްކަތްކުރި ޑޮކްޓަރެއްކަމަށް ވިލާތުގެ ގައުމުތަކުން ބުނަމުންދިޔަ އުމުރުން 34 އަހަރުގެ ޑޮކްޓަރ ލީ ވެންލިއާންގްގެ ކަންތައް ޗައިނާގެ ބެއިޖިންގް އިން ބެލެހެއްޓި ގޮތާއި މެދު ލިބުނު ފާޑުކިޔުންތައް ޗައިނާއިން ވަނީ ދޮގުކޮށްފައެވެ. މި ލިއުމުގައި ޗައިނާއިން ބުނެފައިވަނީ ޑރ. ވެންލިއާންގް މަރުވީ ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ފުއްޕާމޭގެ ބަލިމަޑުކަމެއް ކަމުގައިވާ ކޯވިޑް-19ގެ ސަބަބުން ކަމަށެވެ. މި ހިތާމައިގާ މުޅި ޗައިނާއިންވެސް ބައިވެރިވި ކަމުގައި ލިއުމުގައި ވެއެވެ.

ޗައިނާގެ ރިޕޯޓުގައި، ވިލާތުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ޑރ. ވެންލިއާންގް އަކީ "ވިސްލްބްލޯވަރ" އެއް ކަމަށާއި، އޭނާ ހައްޔަރުކުރީ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ބުނެފައެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް "ޗައިނީސް ވައިރަސް" ނުވަތަ "ވޫހާން ވައިރަސް" ފަދަ ނަންނަމުން ނަންދީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދައްކަވާ ވާހަކަތައް ގަބޫލުނުކުރާކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މިކަމާ ގުޅިގެން ޝާއިއުކޮށްފައިވާ ލިޔުންތަކާ ހަވާލާދީ ލިއުމުގައި ބުނެފައިވަނީ، މި ވައިރަސްގެ ނަމަކީ ވަކި ގައުމަކަށް ނިސްބަތްކުރެވޭނެ ނަމެއް ނޫންކަމަށެވެ.

މިހާތަނަށް ދުނިޔެއިން 4.1 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ މި ވައިރަހުގެ ސަބަބުން 281،174 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން