ދިވެހިންނަކީ އެންމެ އިހުޒަމާނުގައި ދިވެހިރާއްޖޭގައި ހެދުނު ކާބޯތަކެތީން ބަނޑުފުރާނަ މުއްތިކޮށްގެން އުޅުނު ބައެކެވެ. އޭގެ ފަހުން އައި ޒަމާނުގައި، ފެނިގެން ދިޔައީ ބޭރު ގައުމުތަކުގައި ހައްދާ ކާބޯތަކެއްޗާއި ބޭރު މީހުން އުފައްދާ ތަކެތި، އަމިއްލަ އުޅަނދުތަކުގައި ގެނެސްގެން އެތަކެތި ކައިބޮއި ބޭނުންކުރަމުން އައި ތަނެވެ. ދިވެހިރާއްޖެ ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑުކަމާއި ކުރިމަތިލާން ޖެހުނީ މިދުވަސްވަރުގައްޔެވެ.
ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ދިވެހީން ބަރޯސާވެފައި އޮތްލެއް ބޮޑުކަމުން، ތަކެތީގެ އަގު ބޮޑުވެ ލިބުން ދަތިވުމާއި ވިދިގެން ހާއްސަ ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށެއްގައި ކާއެއްޗެތި އަޅާ ގަސް އިންދައި ހެއްދުމަށާއި ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ބާރުއެޅިއެވެ. މިގޮތުން މާލޭގެ އަވަށްއަވަށާއި ރާއްޖޭގެ މީހުންއުޅޭ ހުރިހައި ރަށަކަށް މީހުން ފޮނުވައިގެން އެކަމަށްޓަކައި ރައްޔިތުންނަށް ނަސޭހަތްތެރިވެ އަދި އެ ނަސޭހަތްތައް ޗާޕުކޮށްގެން ބަހައިހެއްޖެވެ.
ދިވެހިރާއްޖޭގެ އުތުރުގެ މީހުން އުޅޭ ރަށްތަކަށް ނަސޭހަތް ދިނުމަށް 1942 ވަނަ އަހަރުގެ ޖަނަވަރީ 3 ވަނަ ދުވަހު އެއްގަމުގޭ އިބްރާހީމް އަލިދީދީ އާއި މާދޫގޭ އަހުމަދު ކަލޭގެފާނު ފޮނުވިއެވެ. މި ޕްރޮގުރާމުގެ ދަށުން އުތުރުގެ ހުރިހައި ރަށަކަށް ނަސޭހަތްދީ ނިމުނީ 1942 ވަނަ އަހަރުގެ ފެބުރުއަރީ 26 ވަނަ ދުވަހުގައްޔެވެ.
ހަމަ މިހެންމެ، ދެކުނުގެ ރަށްތަކަށް ނަސޭހަތް ދިނުމަށް 1942 ވަނަ އަހަރުގެ މާޗު 9 ވަނަ ދުވަހު ކަކާގޭ އިބްރާހީމް ހިލްމީ ދީދީ އާއި މާދޫގޭ އަހުމަދު ކަލޭގެފާނު ފޮނުވިއެވެ. މި ޕްރޮގުރާމުގެ ދަށުން ދެކުނުގެ ހުރިހައި ރަށަކަށް ނަސޭހަތްދީ ނިމުނީ 1942 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގައްޔެވެ.
ދިވެހިރާއްޖޭގެ މީހުންއުޅޭ ހުރިހައި ރަށަކަށް ދެވުނު މި ނަސޭހަތުގެ ނަތީޖާއެއްގެ ގޮތުން މުޅި ދިވެހިރާއްޖޭގާއި ނުހަނު ފޯރިޔާއެކު ގަސް އިންދުމުގެ ހަރަކާތްތައް ފެއްޓުނެވެ. މާލޭގެ ހަތަރު އަވަށުގައި ހުރި މީހުން ދިރިއުޅޭ ގޯތިތަކުގައި ހުރި ހުސް ބިންތަކުގައްޔާއި ހުސްކޮށް ހުރި ބަންޑާރަ ގޯތިތަކުގައްޔާއި ދެންވެސް ހުރި ހުސް ބިންތަކުގައި ގަސް އިންދައި ހައްދަން ފެށުނެވެ. އަދި ގަނޑުވަރުގެ ވަށައިގެން އޮތް ހުސް ބިމުގައި އެ އަވަށަކަށް ވީ ފަޅިއެއްގައި އެ އަވަށަކުން ގަސް އިންދިއެވެ.
އެ ދުވަސްވަރު ކާބޯތަކެތި އުފެއްދުމުގެ މި ޕްރޮގުރާމުގެ ދަށުން ހެންވޭރު މީހުންނަށް ދަނޑުގޮވާން ކުރަން ހުޅެލޭގެ ބިން ދޫކުރުމުން ހުޅުލޭގައި ބިންބި އިންދިއެވެ. އަދި ހަމަ މިގޮތަށް މާފަންނު މީހުންނަށް ވިލިގިނލި ދޫކުރުމުން އެރަށުގައިވެސް ބިންބި އިންދިއެވެ.
1942 ގައި ގަސް އިންދުމުގެ މި ޕްރޮގުރާމު ހިންގި ދުވަސްވަރު ހަނޑޫ ލިބުން ދަތިވެގެން ހަނޑޫ ކޮންޓްރޯލުކޮށް މީހަކަށް އިރަކަށް ބައި ލާހީގެ މަގުން ދޫކުރާ ގޮތަށް ހަމަޖެެއްސިއެވެ. މިގޮތް މަތީން މާލޭގެ ކޮންމެ ގެއަކަށް ހަނޑޫ ގަތުމުގެ ކާޑު ދެވުނެވެ. ހަނޑޫ ކޮންޓްރޯލުކުރުމުގެ ތަންކޮޅެއް ކުރީން، މަހުކަމަތުއްތިޖާރާއިން ވަނީ ޒަރޫރީ ގޮތުން ބޭނުންވާ ތަކެތީގެ އަގުތައްވެސް ކޮންޓްރޯލުކޮށްފައެވެ.
އެ ދުވަސްވަރު ދިވެހިރާއްޖޭގެ ތަޚުތުގައި ވޮޑިގެން އިންނެވީ އައްސުލްތާން ހަސަން ނޫރައްދީން (2) އެވެ. އަދި ބޮޑުވަޒީރެއްގެ ގޮތުގައި ހުންނެވީ އަލްއަމީރު މުހައްމަދު ފަރީދު ދީދީއެވެ. މި ދެ މަގާމަކީ ވެސް އެ ދުވަސްވަރު ރަމްޒީ ދެ މަގާމެވެ. ސަރުކާރު ހިންގުމުގެ މާ ބޮޑު ބާރެއް އެ ދެބޭފުޅުންނަކަށްވެސް ނޯވެއެވެ.
ދައުލަތް ހިންގަން ނުވަތަ ސަރުކާރުގެ ވެރިކަން ހިންގަން އޭރު ވަކީން މަޖިލީހެއް އޮތެވެ. މި މަޖިލީހުގައި ހިމެނުނު އެންމެ އިސް ފަރާތަކީ ވަޒީރުއްދާޚިލިއްޔާ، އާދެ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަލްއަމީރު ހަސަން ފަރީދު ދީދީއެވެ. ސަރުކާރު ހިންގަވާ އެންމެ އިސްވެރިޔަކީ އެއީއެވެ. އޭގެ އިތުރުން މި މަޖިލީހުގައި ތިއްބެވީ މުހައްމަދު އަމީން ދީދީއާއި އަލްއަމީރު އަލީ ކުޑަ ރަންނަބަނޑޭރި ކިލަގެފާނާއި ހުސައިން ސަލާހުއްދީން ފަނޑިޔާރު މަނިކުފާނާއި ވެލާނާގޭ މުހައްމަދު ދީދީއާއި ކަޅުގުރާގޭ ތުއްތު ސީދީއެވެ.
1942 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ވަޒީރުއްދާޚިލިއްޔާ ހަސަން ފަރީދު ދީދީ ޗުއްޓީއަކަށް އެދިވަޑައިގެންނެވުމުން ބޮޑުވަޒީރު މުހައްމަދު ފަރީދު ދީދީ، ދައުލަތް ހިންގާ މަޖިލީހުގެ ލަފާގެ ދަށުން އެމަނިކުފާނަށް ޗުއްޓީދެއްވައި، ވަޒީރުއްދާޚިލިއްޔާގެ ގާއިމު މަގާމެއްގެ ގޮތުގައި ސަރުކާރު ހިންގެވުމުގެ އެންމެހައި ކަމެއް މަޙުކަމަތުއްދާޚިލިއްޔާ ނުވަތަ ޑިޕާޓްމަންޓް އޮފް ހޯމްއެފެއާޒްގެ ވެރިޔާގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން ދީދީއާ ހަވާލުކުރެއްވިއެވެ. އަދި އެ ދުވަހުން ފެށިގެން ހަސަން ފަރީދު ދީދީ ދައުލަތް ހިންގާ މަޖިލީހުން ކެނޑުނެވެ.
އެދުވަސްވަރު މަޙްކަމަތުލްމާލިއްޔާ ނުވަތަ ފައިނޭންސް ޑިޕާޓްމެންޓާއި މަޙްކަމަތުލްއަމްނުޢާމް ނުވަތަ ޕަބްލިކް ސޭފްޓީ ޑިޕާޓްމެންޓްގެ ވެރިޔަކީވެސް ހަސަން ފަރީދު ދީދީއެވެ. އޭނާ ޗުއްޓީ ނެންގެވުމުން އެ ދެ ޑިޕާޓްމެންޓުގެ ވެރިޔާގެ ގާއިމު މަގާމުގެ ގޮތުގައި އެ ދެތަން ހިންގެވުމާ ހަވާލުކުރެއްވީވެސް މުހައްމަދު އަމީން ދީދީއާއެވެ. އޭރު މަޙްކަމަތުއްތިޖާރާ ނުވަތަ ޓްރޭޑް ޑިޕާޓްމެންޓާއި މަޙްކަމަތުއްޞިއްޙާ ނުވަތަ ހެލްތު ޑިޕާޓްމެންޓުގެ ވެރިޔަކީވެސް މުހައްމަދު އަމީން ދީދީއެވެ. މަޙްކަމާތަކަކީ މިހާރުގެ ގޮތުންނަމަ މިނިސްޓްރީތަކެވެ.
ހަސަން ފަރީދު ދީދީ ޗުއްޓީ ނެންގުމާ ގުޅިގެން މަޙްކަމަތުލްމާލިއްޔާގެ ވެރިކަން، ގާއިމު މަގާމުގެ ގޮތުގައި މުހައްމަދު އަމީން ދީދީއާ ހަވާލުކުރެއްވީ އެ މަޙްކަމާގެ ދަށުގައި ހުރި އެންމެހައި ތަނަކާއި ތަކެތީގެ ހިސާބު ބަލައި އޭގެ ތަފްސީލާއެކުގައެވެ. މިކަން ކުރެވުނީ ހަސަން ފަރީދު ދީދީއާއި މުހައްމަދު އަމީން ދީދީއާއި އަލީ ކުޑަ ރަންނަބަނޑޭރި ކިލަގެފާނާއި ވެލާނާގޭ އިބްރާހީމް ދީދީއާ ހަތަރު ބޭފުޅުން ތިއްބަވައިގެންނެވެ. މި ހިސާބުތައް ބަލައި ނިމުނީ 1942 ވަނަ އަހަރުގެ އޭޕްރިލް 3 ވަނަ ދުވަހުއެވެ. މިތަންތަނުގައި ހުރި ފައިސާ ފޮށިތަކުގެ ތަޅުދަނޑިތައް ބެހެއްޓުނީ މުހައްމަދު އަމީން ދީދީއާއި އަލީ ކުޑަ ރަންނަބަނޑޭރި ކިލަގެފާނާއި ވެލާނާގޭ އިބްރާހީމް ދީދީއާ ތިން ބޭފުޅުންގެ ހަވާލުގައި މުލީއާގޭގައެވެ.
1942 ގެ ޖަނަވަރީ 31 ވަނަ ދުވަހު ސަރުކާ ހިންގާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ބަންޑާރަ ނާއިބު އަދި މަޙްކަމަތުލްމަޢާރިފް ނުވަތަ އެޑިއުކޭޝަން ޑިޕާޓްމެންޓުގެ ވެރިޔަކަށް ހުންނެވި ހެންވޭރުގޭ އަހުމަދު ކާމިލް ދީދީ އައްޔަނުކުރެވުނެވެ. އަދި ހަމަ އެހެންމެ އެއްގަމުގޭ އިބްރާހީމް އަލިދީދީ އާއި ކަކާގޭ އިބްރާހީމް ހިލްމީ ދީދީ ވެސް އެ މަޖިލީހުގެ މެންބަރު ކަމަށް އައްޔަނުކުރެވުނެވެ.
ސަރުކާރުގެ ކަރަދު ކުޑަކުރުމަށްޓަކައި 1942 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ދެވޭ ވަޒީފާތަކާއި މުސާރައިން، ޖެހިގެން އަންނަ މަހުން (ހިޖުރައިން 1361 ގެ ޖުމާދަލްއައްވަލް މަހުން) ފެށިގެން ފަސްބައިކުޅަ އެއްބައި ކެނޑުމަށް، މަޖިލީހުން ނިންމިއެވެ.
މިއީ އެދުވަސްވަރު އެޅުނު ބައެއް ފިޔަވަޅުތަކެވެ. އޭގެ ފަހުން ވެސް ތަފާތު ފިޔަވަޅުތައް އެޅުނެވެ. އަދި ދައުލަތުގެ އެކިއެކި މަގާމުތަކަށް ތަފާތު ބަދަލުތައް ގެނެވުނެވެ. އެ ވާހަކަތައް އެހެން ދުވަހެއްގައި، އިރާދަކުރެއްވިޔާ ހިއްސާކުރެވޭތޯ ބަލާނަމެވެ.
ލިޔުނީ: މުހައްމަދު ނާޖިހު
މައުލޫމާތު ނެގީ: ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް، ސަރުކާރުގެ ޚަބަރު

ކިޔުންތެރިންގެ ހިޔާލު