ކީރިތި ޤުރްޢާން: ޤިޔާމަތްވާނެކަން އެކި ގޮތްގޮތަށް ބަޔާންކެވިފައިވޭ
ކީރިތި ޤުރްޢާން: ޤިޔާމަތްވާނެކަން އެކި ގޮތްގޮތަށް ބަޔާންކެވިފައިވޭ
މިއުމަތަށް މާތް ﷲ ފޮނުއްވާފައިވާ ބޮޑު ވެގެންވާ މުޢުޖިޒާއެއް ކަމަށްވާ އެކަލާނގެ ކަލާމްފުޅު، ކީރިތި ޤުރްޢާނަކީ މިދުނިޔެގައި އަދި އަންނައޮތް ދުނިޔޭގައި (ދެމިއޮތުމުގެ ޢާލަމުގައި) ހިނގާނޭ އެންމެހައި ކަންކަން ބަޔާންކޮށްދެއްވާއި މީސްތަކުން އުޅެންވީގޮތާއި ނޫޅެންވީގޮތް ބަޔާންކޮށްދެއްވާފައި ފޮތެކެވެ. އެގޮތުން ކީރިތި ޤުރްޢާނުގައި ޤިޔާމަތް ދުވަހާއި އެދުވަހުގެ ބުޑުކަމާއި ބިރުވެރިކަން ވަނީ ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ.

ޤިޔާމަތް ދުވަހަށް، އެދުވަހުގައި އިލާހީ ކަށަކުޅަދުންވަންތަ ކަމުން ހިނގާނެ ކަންކަމަށް ނިސްބަތްކޮށް، ކީރިތި ޤުރުޢާނުގައިވަނީ ތަފާތު ނަންތަކެއް ދެވިފައެވެ. އެގޮތުން ތިރީގައި މިވަނީ ކީރިތި ޤުރުޢާނުގައި ބަޔާންވެގެންވާ ޤިޔާމަތް ދުވަހަށް ދެވިވެފައިވާ ތަފާތު ނަންތަކެވެ.

1. ޔަޥްމުއްދީން (ޖަޒާގެ ދުވަސް)

2. ޔަޥްމުލް ޤިޔާމަތް (ކޮޅަށް ތިބުމުގެ ދުވަސް)

3. ޔަޥްމުން ޢަޟީމް (ބޮޑު ދުވަސް)

4. ޔަޥްމުލް ޙިސާބު (ޙިސާބުގެ ދުވަސް)

5. ޔަޥްމުލް މަވްޢޫދު (ވަޢުދުކުރެވިފައިވާ ދުވަސް)

6. ޔަޥްމުލް ޙައްޤު (ކަނޑައެޅިގެންވާ ދުވަސް)

7. ޔަޥްމުލް އާޚިރު (ފަހު ދުވަސް)

8. ޔަޥްމުއް ތަނާދު (ގޮވުމުގެ ދުވަސް)

9. ޔަޥްމުލް ޖަމްޢަ (އެއްވުމުގެ ދުވަސް)

10. ޔަޥްމުލް ބައްޘަ (ދިރިގެން ތެދުވުމުގެ ދުވަސް)

11. ޔަޥްމުއް ތަޣާބުން (މޮޅިވެރިކަމުގެ ދުވަސް)

12. ޔަޥްމުން ޢަޞީބް (ހަރުކަށި ދުވަސް)

13. ޔަޥްމުއް ލާޛިފާ (ކައިރިވެގެން އަންނަ މުޞީބާތުގެ ދުވަސް)

14. ޔަޥްމުލް ޙަސްރަތު (ހިތާމައިގެ ދުވަސް)

15. ޔަޥްމުލް ޢަސީރު ( ދަތިދުވަސް)

16. ޔަޥްމުލް ފަޞްލު (ނިޔާގެ ދުވަސް)

17. އައްސާޢަތު (ޚާއްސަ ވަގުތު)

18. އަމުރު ﷲ ( ﷲ ގެ އަމްރު)

19. އައްޞަބާޚާ (ކަންފަތް ބީރުކޮށްފަނިވި ގަޑި)

20. އަލް ޙާއްޤާ (ނައިސް ނުދާނެ ގަޑި)

21. އަލް ޣާޝިޔާ (ފެތުރިގެންފަނިވި ގަޑި)

22. އަލް ޤާރިޢާ (ހަލުވައިފަނިވި)

23. އައްޠާމަތުލް ކުބްރާ ( ބޮޑު މުޞީބާތް)

24. އައްނަބައުލް ޢަޟީމް (ބޮޑު ޚަބަރު)

* މިލިޔުމަކީ ރިސާލާ ބުކްޝޮޕުން ނެރެމުން އަންނަ ދީނީ ސިލްސިލާ "ތަރިކަ" ފޮތްތަކުގެ ތެރެއިން، ޝެއިޚް އިދްރީސް ހުސައިން ލިޔުއްވާފައި ނެރުއްވި ފޮތް "ޤިޔާމަތް ކައިރިވެއްޖެ" އިން ނަކަލުކޮށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން