ރައީސް ޔާމީންގެ ވެރިކަން އެކި ފަރާތްތަކުން ސިފަ ކުރަނީ އެކި ގޮތަށެވެ. ރައީސް ޔާމީނަށް ރައްޔިތުން ދެވަނަ ދައުރެއް ނުދިނުން ވެސް އެކި ފަރާތްތަކުން ސިފަ ކުރަނީ އެކި ގޮތަށެވެ. ނަމަވެސް މިކަމުގައި އެންމެން އެއްބަސްވާ އެއް ސަބަބެއް އެބައޮތެވެ. އެއީ އެމަނިކުފާނާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް އަނިޔާވެރި ވުމެވެ.
ރައީސް ޔާމީނަށް ރައްޔިތުން ދެވަނަ ދައުރެއް ނުދީ ވަރަށް ބޮޑު ނޫނެކޭ ބުނި މައިގަނޑު ސަބަބަކީވެސް މިއީ ކަމަށްވެއެވެ. ޔާމީންގެ އެބުނާ ތަރައްޤީއަކީ "ކޮރަޕްޝަން" ގެ ރޮކެޓް ސްޕީޑްގެ ތަރައްޤީ ކަމުގައި ގަބޫލުކުރާ ފަރާތްތަކުން މިއަދު ކޮރަޕްޝަންގެބައި ދޫކޮށްލާފައި ތަރައްޤީ ބަލައިގަނެއެވެ. އެކަމަކު އެމަނިކުފާނަށް "ބޭބޭފުޅުގެ ކިބައިން ވާރުތަވެފައިވާ" ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އަނިޔާވެރިކަމުގެ ބަޔަށް ވަރަށް ރަނގަޅަށް، ވެރިކަމުގައި އަމަލު ކުރެއްވިކަން މިދެންނެވި ފަރާތްތަކުން ގަބޫލުކުރެއެވެ.
މިއަދު އެމަނިކުފާނާއި ދެކޮޅަށް ނުކުމެ ވަޑައިގެން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންނަކީ މިދެންނެވި އަނިޔާވެރިކަމުގެ ރަހަ ދެކެވަޑައިގެންފައިވާ ބޭފުޅުންނެވެ. އަދި މިއަދު މަދުން ނަމަވެސް މިދެންނެވި ފަދަ ބޭފުޅުން އެމަނިކުފާނާއެކު ވެސް އެބަ ތިއްބެވިއެވެ.
މިދެންނެވި ފަރާތްތަކުގެ ތެރެއިން މިއަދު ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ ރައީސް ޔާމީންގެ ކަންކަން ބެލެހެއްޓެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި އެންމެ އިސް ފަރާތަމީ މިދެންނެވި އަނިޔާގެ ޝިކާރައަކަށްވެ މިހާރުގެ ވެރިކަން ފެށެންދެން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ގޮޅީގައި އޮންނެވި ޝައިޚް އިމްރާނެވެ.
ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ހިންގެވި އިދިކޮޅު ހަރަކާތްތަކުގެ ތެރެއިން މޭޑޭގައި އިދިކޮޅުން ހިންގި ބިޔަ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ޖަޑިބަކީ އިމްރާނެވެ. އެ ހަރަކާތަށް ފަހު އިމްރާނަށް ޖެހިވަޑައިގެންނެވީ ހުރަގެއަށް ވެދެ ވަޑައިގަންނަވާށެވެ. އެދުވަހު ޕިކަޕެއް ނެރެ ސަލާމަތީ ބާރުތަކާއި ދިމާއަށް ބާރު ދުވެލީގައި ދުއްވާލީ ސީދާ އިދިކޮޅުން ރޭވި ރޭވުމެއްގެ ތެރެއިން ނޫން ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރި ނަމަވެސް އެމަޅީގައި އެންމެ ފުރަތަމަ ޖެހިވަޑައިގެންނެވީ ޝައިޚް އިމްރާނެވެ. އޭރު ހިނގާދިޔަ ގިނަ ނުބައި ކަންކަމާއި ސީދާ ރައީސް ޔާމީނާއި ގުޅުވަމުން ގޮސް މަރުހޫމް ޑޮކްޓަރ އަފްރާޝީމްގެ ޤާތިލަކީވެސް ޔާމިން ކަމުގައި ޝައިޚް ކަށަވަރުކޮށްދެއްވިއެވެ. ގިނަ މީހުން ކިޔާގޮތުންނަމަ އެދުވަހު ޝައިޚް މަޅިފަތީގައި ޖެއްސުމުގައި އޭރުގެ ބައެއް އިދިކޮޅު ފަރާތްތަކުން ވެސް ބައިވެރިވިއެވެ. އެކަމަކު ފަހުން ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ދިގުވެގެންވާ ހުކުމެއް ޝައިޚްގެ މައްޗަށް ޖަހައިލުމުގެ ފަހަތުގައި ރައީސް ޔާމީންގެ ބަދަލު ހިއްޕެވުން އެބައޮތް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިއަދު އެދުވަސް މާޒީވެ ރާއްޖޭގެ މުޅި ސިޔާސީ މަސްރަޙު އެފުށް މިފުށަށް ޖެހުނުއިރު ރައީސް ޔާމީނަށް ހުންނަވަން ޖެހިވަޑައިގެންފައި އެވަނީ ހުރަގޭގައެވެ. އަދުގެ އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތަށް އެއީ ބަދަލު ހިފުމަކަށް ވިޔަސް އަދި އިއްތިފާގަކަށް ވިޔަސް ރައީސް ޔާމީން ޖަލުގައި ހުންނެވި އިރު އެމަނިކުފާނާއި ހަވާލުވެ އެމަނިކުފާނު ބަލަހައްޓަވާން އެންމެ އިސްކޮށް ހުންނެވި އާރްކާޓީއަކީ ޝައިޚެވެ. ޔާމިންގެ ވެރިކަން ނިމެންދެން ހައްޔަރުގައި ހުންނެވުމަށްފަހު މިނިވަންވެ ވަޑައިގެން މިހާރު ޔާމީނަށް ހޭހަން ކުރަން ވިޔަސް އަނިޔާ ކުރަން ވިޔަސް، އެމަގާމުގައި އެބާރުގައި އެހުންނެވީ ޝައިޚް އިމްރާނެވެ.
މިއަދު ކިރިޔާ "ފުރާނަ ހުންނަވަރު" ބަލައިގެން ކޮއްތު ދެއްވާށޭ ނުވަތަ ކިރިޔާ ކަރުހިއްކުން ފިލާވަރަށް ކަރަށް ފެންފޮދު، ފަނިފޮދު އަޅަމުން ގެންދާށޭ އެންގެވުމުގެ ބާރު އޮތީ ސީދާ އިމްރާނަށެވެ. ދެން ޝައިޚްގެ ދަށުން އެކަންކަން ތަންފީޒު ކުރައްވަން އިސްކޮށް އެތިއްބެވީވެސް ޔާމީންގެ ހަތުރުންނެވެ.
ޝައިޚް މިއަދު ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރައްވައި ހާލުއަހުވާލު ބައްލަވާ ވާހަކަ އަޑުއިވުމުން އެއީ ރަނގަޅު، ސަހަލަ ކަމެއް ނޫނޭ ގިނަ ބަޔަކު ބުނާތީ އަޑު އިވުނެވެ. އިމްރާނުގެ ދުލުން އެވާހަކަ ރަނގަޅަށް ވިދާޅުވެ ދެއްވިއިރު ކަންވީ ހަމަ ގިނަ ބަޔަކު ހީކުރި ގޮތަށެވެ. ޝައިޚް ޖަލަށް ވަޑައިގެން ރައީސް ޔާމީނަށް ހަނދުމަ ކޮށްދެއްވައި ތަމުސީލު ކޮށްދެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަން ކުރައްވާފައި ހުރި ގޮތެވެ. ނުބައި މީހަކަށް "ޚާލިދު ބުނު ވަލީދު"ގެ ލަގަބު ދެއްވި ހިތި ހަނދާން ތަކެވެ.
އެހެން ނޫނަސް ދެ ހަތުރުން އެއްތާކުން ބައްދަލުވެ ހަތަރުކަޅި ހަމަކުރާއިރު އެތަނުގައި ހުންނާނެ އަސަރުތައް މީހަކު ކިޔައި ނުދިނަސް ތަސައްވަރު ކުރެވެއެވެ. "އެވަގުތު ރައީސް ޔާމީން ލަދުފުޅުން އިސް ދަށަށް ޖައްސަވާނީއެވެ. ޝައިޚް ނުބައި ފާޑަކަށް ހިނިވަޑުވައިގެން ހުންނަވައި، "ކޮބާ ކިހިނެއްތޯ" އޭ އައްސަވާނީއެވެ." މިއީ ހަމަ އެވަގުތު އެތަނުގައި، އެމަންޒަރު ބަލާން ހުރި މީހަކަށް ސިފަ ކުރެވޭނެ ގޮތެވެ.
ހަޤީގަތުގައިވެސް ޝައިޚް އިމްރާން ރައީސް ޔާމީނާ ބައްދަލު ކުރައްވައި ވަރަށް ރަނގަޅަށް ހާލު ބައްލަވައިފިއެވެ. އަދި ވަރަށް ރަނގަޅަށް ބަދަލު ހިއްޕަވަމުން ގެންދަވާކަމާއި ރައީސް ޔާމީނަށް ލިބެމުން އެދަނީ އެމަނިކުފާނުގެ ވެރިކަމުގައި ކަންކަން ކުރެއްވި ނުބައި ކަމުގެ ބަދަލުކަން ވެސް ވިދާޅުވެ ދެއްވައިފިއެވެ. އަދި އިމްރާން އެމަގާމުގައި ހުންނެވި ހާ ހިނދަކު ރައީސް ޔާމީން ހުންނަވާނީ ހުރަގޭގައިކަން ސިފަކޮށްދެއްވީ ވަރަށް ވެސް ފުރިހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު