ރަޝިއާގައި ހުރި އެންމެ މުއްސަނދި މީހާ ނުވަތަ އެންމެ ބޮޑު މަހުޖަނު އެލެކްސިއާ މޮރްދަޝޯވް އޭނާގެ އަގުބޮޑު ސުޕަޔޮޓް 'ނޯޑް'ގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އައިސްފިއެވެ.

ރަޝިއާގައި ހުރި އެންމެ މުއްސަނދި މީހާކަމަށްވާ އެލެކްސިއާ މޮރްދަޝޯވްގެ އަގުބޮޑު ސުޕަޔޮޓް 'ނޯޑް'ގައި ބ. އަތޮޅުގެ ރިސޯޓެއް ކައިރިން ފެނިފައިވާއިރު، ބެލެވޭ ގޮތުގައި މޮރްދަޝޯވް ޗުއްޓީ ހޭދަކުރަމުންދަނީ ބ. އަތޮޅުގެ ރިސޯޓެއްގައެވެ.

ބ. އަތޮޅަކީ ރާއްޖޭގައި ހިމެނޭ އެންމެ އަގުބޮޑު ރިސޯޓްތައް ހިންގާ އަތޮޅެވެ.

މާލީ ކަންކަމާއި ގުޅޭ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުން ބުނާގޮތުން އިންޑަސްޓްރިއަލް އެކިއެކި ވިޔަފާރިތައް ކުރާ އެލެކްސިއާ މޮރްދަޝޯވަކީ ރަޝިޔާގެ އެންމެ މުއްސަނދި މީހާގެ އިތުރުން، ދުނިޔޭގައި 56 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 29 ބިލިއަން ޑޮލަރަށް އަރައެވެ.



އެލެކްސިއާ މޮރްދަޝޯވްގެ މިލްކިއްޔާތުގައި މިވަގުތު އޮތް "ނޯޑް" ސުޕަރ ޔޮޓަކީ 2020 ގައި މަސައްކަތް ފަށައި، އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާފައިވާ ޔޮޓެކެވެ. މި ޔޮޓުގައި 142 މީޓަރު ހުންނައިރު މި ޔޮޓު ބަނދެފައި ވަނީ ޖަރުމަނުގެ މަޝްހޫރު ބޯޓުޔާޑެއްގައެވެ.

ހަ ބުރިއަށް ހަދާފައިވާ މި ޔޮޓުގައި ރިސޯޓަކުން ލިބޭ ހިދުމަތްތަކަށް ވުރެ ގިނަ ހިދުމަތްތައް ލިބެން ހުރެއެވެ.

މި ޔޮޓުގެ އަގު 400 މިލިއަން ޑޮލަރަށް އަރާއިރު، މި ޔޮޓު ބެލެހެއްޓުމަށް އަހަރު 40 ވަރަކަށް މިލިއަން ޑޮލަރު ހޭދަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ވަސަންތީ

18-Jan-2022

މި އައްޑޫގަ އޮތް މީގެ ކުރިން . މައުލޫމާތުރަނގަޅުކޮއްލާ



ޓްރެންޑިން