މަލަކުން ކޮވިޑަށް ފަރުވާއެއް ހޯދުމަށް އިންްޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އައިއައިޓީން ތަހުލީލުތަކެއް ކުރަން ފަށައިފިއެވެ.

އައިއައިޓީގެ މިތަހުލީލުތަކުގައި ބައިވެރިވާ ސައިންސްވެރިން ހާމަކޮށްފައިވާގޮތުގައި މިތަހުލީލުތައް ކުރުމަށް ބޭނުން ކުރަނީ "ހިމާލަޔަން ބުރާންޝް" ކިޔާ ގަހެއްގައި އަޅާ މަލެކެވެ. އެގޮތުން މިމާ ބޭނުންކޮށް މިހާތަނަށް ކުރެވުނު ތަހުލީލުތަކުން، ކޮވިޑުގެ ރެޕްލިކޭޝަނަކުން ރައްކާތެރިވުމަށް މަސައްކަތް ކުރާ ޕްރޮޕަރޓީސްތަކެއް އެކުލެވިގެންވެއެވެ.

އެގޮތުން މިމަލުން އިތުރު ތަހުލީލުތަކެއް ފުރިހަމަކުރުމަށްފަހު ކޮވިޑަށް ފަރުވާއެއް ހޯދިދާނެ ކަމުގެ އުއްމީދެއް އޮތްކަމަށް އައިއައިޓީގެ މިތަހުލީލުތަކުގައި ބައިވެރިވާ ސައިންސްވެރިން ހާމަކޮށްފައިވެއެވެ.

އައިއައިޓީން ދަނީ 2019 ވަނަ އަހަރު ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމާއިއެކު ފަތްޕިލާވެލީގެ އެކި ބާވަތްތަކުން ސިއްހަތަށް ގެއްލުން ނުވާނެ ފަދަ ކޮވިޑް ފަރުވާއެއް އުފެއްދުމަށް ތަހުލީލުތައް ކުރަމުންނެވެ. މިގޮތުން ބޭހުގެ ގޮތުގައި ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތްތަކުގެ އިތުރުން އެކިކަހަލަ މާ ވެސް މިތަހުލީލުތަކުގައި ބޭނުންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން