ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނަމަ ރަންނިން މޭޓެއްގެ ގޮތުގައި ހުންނަވާނީ އެމެރިކާގެ މިހާރުގެ ނާއިބު ރައީސް ކަމަލާ ހެރިސްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައިވަނީ މިހާރުގެ ނާއިބު ރައީސް ކަމަލާ ހެރިސްގެ މަސައްކަތާ ބެހޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމެރިކާގެ ފުރަތަމަ އަންހެން ނާއިބު ރައީސްގެ ގޮތުގައި މުޅިދުނިޔޭގެ މަގުބޫލުކަން ލިބިގެންދިޔަ ކަމަލާ ހެރިސްގެ މަސައްކަތާ ބެހޭގޮތުން މިފަހަކުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. ހާއްސަގޮތެެއްގައި ނާއިބު ރައީސް އޮފީހުގެ ގިނަ މުވައްޒަފުން ތަކެއް ވަޒީފާ ދޫކޮށް ދިއުމާއި، ހަވާލުވެވަޑައިގެންފައިވާ މަސައްކަތްތަކުގައި ފަރުވާ ކުޑަކަމަށް ތުހުމަތުކޮށް އެތައް މީޑިއާއަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ބައެއް ނޫސް ރިޕޯޓު ތަކުން ވަނީ ކަމަލާ ހެރިސް އަދި ޖޯ ބައިޑެން ގެ ގުޅުމަށް ބުރޫއަރާފައިވާކަމަށްވެސް ހާމަކޮށްފައެވެ.

ނަމަވެސް މިކަން ދޮގުކޮށް ބައިޑެން ވަނީ ކަމަލާ ހެރިސްގެ މަސައްކަތާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާކަމަށާއި، އަދި 2024 ގައި އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާނަމަ، ރަނިން މޭޓެއްގެ ގޮތުގައި ހުންނަވާނީ ކަމަލާ ހެރިސްކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

"ކަމަލާ ހުންނާނީ އަހަރެންގެ ރަނިންމޭޓެއްގެ ގޮތުގައި. ކަމަލާއަށް މަސައްކަތް ހަވާލު ކުރީވެސް އަހަރެން. އަހަރެން ދެކޭގޮތުގައި ކަމަލާގެ މަސައްކަތް ދަނީ ވަރަށް ރަނގަޅަށް." ޖޯ ބައިޑެން ވިދާޅުވިއެވެ.

2020 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑެން އާއެކު ރަނިންގް މޭޓުގެ ގޮތުގައި ވާދަކުރެއްވި ކަމަލާ ހެރިސް މަގާމަށް ހޮވިވަޑައިގަތުމާއެކު ކަމަލާ ވެގެންގޮސްފައިވަނީ އެމެރިކާގެ ފުރަތަމަ އަންހެން ނާއިބު ރައީސާ އަށެވެ. އަދި މިއީ އޭޝިޔާ އަށް ނިސްބަތްވާ ކަޅުނަސްލުގެ އަންހެނަކު އެމެރިކާގެ ނާއިބު ރައީސަކަށް ވެގެންދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން