ރަޝިޔާއިން އެގައުމުގެ އަވަށްޓެރި ޔޫކްރެއިނަށް ހަމަލާ ދީފިނަމަ އެމެރިކާއާއި އެމެރިކާއަށް ވާގިދޭ ގައުމުތަކުން އެކަމުގެ ރައްދުގައި ރަޝިޔާއަށް ހަމަލާދޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.
ރަޝިޔާއާއި އެމެރިކާއާ ދެމެދު ސުވިޒަލޭންޑުގެ ވެރިރަށް ޖެނީވާގައި ކުރިއަށްދިޔަ ވާހަކަތަކަށްފަހު އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ވިދާޅުވީ ރަޝިޔާއިން ބޭނުންވި ކަންކަން ކޮށްދިނުމަށް އެމެރިކާއިން އެއްބަސްވެފައިވާކަމަށެވެ. މިގޮތުން ރަޝިޔާއިން ޑިމާންޑް ކުރި ކަންކަމަށް ލިޔުމުން އެއްބަސްވާން އެމެރިކާއިން ވަނީ ނިންމާފައެވެ. ރަޝިޔާއިން ބޭނުންވާާ ކަންކަމުގެ ތެރޭގައި ޔޫކްރެއިން ދުވަހަކުވެސް ނޭޓޯއާ ގުޅުން މަނާކުރުންވެސް ހިމެނެއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު ވިދާޅުވީ މިކަމުގައި އެމެރިކާއިން އަމަލުކުރާނެ ގޮތް ވަރަށް ސާފުކަމަށެވެ. އެގޮތުން ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާ ދީފިނަމަ އެމެރިކާއާއި އެމެރިކާއަށް ވާގިދޭ ފަރާތްތަކުން ގުޅިގެން ލަސްނުކޮށް، އެއަށްވުރެ ވަރުގަދަ ހަމަލާއެއް ރަޝިޔާއަށް ދޭނެކަމުގެ އިންޒާރު އެމެރިކާގެ ހާރިޖީ ވަޒީރު ދެއްވިއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމުގައި ރަޝިޔާއިން މަޝްވަރާގެ އުސޫލު ހިޔާރުކުރޭތޯ ބެލިކަމަށެވެ. އަދި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށް މަޝްވަރާއަކީ މުހިއްމުކަމެއްގެ ގޮތުގައި ދެ ގައުމުންވެސް ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވީ މަޝްވަރާތަކާއެކު ޔޫކްރެއިނާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަަށް ހަމަޖެހުމެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ރަޝިޔާގެ ފަރާތުން އަވަށްޓެރި ގައުމުތަކަށް ނުރައްކަލެއް ނެތްކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރުކުރެއްވިއެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ މަސްރަހު ހޫނު ވެފައިވާއިރު، ހުޅަނގުގެ ގައުމުތައް ތުހުމަތުކުރަނީ ރަޝިޔާއިން އުޅެނީ ޔުކްރެއިން ހިފަންކަމަށެވެ. އެއީ މީގެކުރިން 2014 ވަނަ އަހަރު ޔޫކްރެއިންގެ ކްރައިމިއާ ސަރަހައްދު ރަޝިޔާގެ ކޮންޓްރޯލްގެދަށަށް ގެނައުމުންނެވެ.
ޔޫކްރެއިނަށް ހަމަލާދީ، އެ ގައުމު ހިފަން އުޅޭކަމަށް ދައްކާ ވާހަކަތައް ރަޝިޔާއިން ދޮގުކުރެއެވެ. ނަމަވެސް ރަޝިޔާއިން އެދޭ ޑިމާންޑްތައް ފުރިހަމަނުކޮށްފިނަމަ އަސްކަރީ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ރަޝިޔާއިން އޮތީ ދީފައެވެ.
ރަޝިޔާއާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާގެ އެތައް ސިފައިންނެއް ޖަމާކޮށްފައިވާއިރު، އެމެރިކާއާއި ރަޝިޔާއާ ދެމެެދު ބޭއްވުނު ވާހަކަތަކުގެ ސަބަބުން މިހާރު އުފެދިފައިވާ ނުތަނަވަސްކަމަށް ވަނީ ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު