މުނީރް އަކްރަމް
މުނީރް އަކްރަމް
ރާއްޖެއަކީ އިންޑިޔާގެ "ޕަޕެޓެއް" ކަމަށް އަވައްޓެރި ޕާކިސްތާނުން އޯއައިސީގައި ސިފަކޮށްފިއެވެ.

ރާއްޖެއަކީ އިންޑިޔާގެ ޕަޕެޓެެއް ކަމަށް ސިފަކޮށް ޕާކިސްތާނުން ވާހަކަ ދައްކާފައިވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ) ގެ އޮންލައިން ބައްދަލުވުމުގައި އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް އިންޑިއާއިން ހިންގާ އަނިޔަވެރި އަމަލުތަކާއި ދެކޮޅަށް ޕާކިސްތާނުން ދެއްކި ވާހަކަތަކާއި ހުށައެޅި ކަންތައްތަކަށް ދެކޮޅު ހަދައި އިންޑިއާ ދިފާޢުކޮށް ރާއްޖެއިން ވާހަކަ ދައްކާފައިވާތީ އެކަމަށް ރައްދު ދެމުންނެވެ.

އިންޑިއާއިން، އެގައުމުގެ މުސްލިމުންނާ ދެކޮޅުވެރި އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމަށް ވާދަވެރި ޕާކިސްތާނުން އެ ބައްދަލުވުމުގައި ބުނުމުން ރާއްޖެ އިން ވަނީ އެކަމަށް ރައްދުދީފައެވެ. ރާއްޖެ އިން ބުނެފައިވަނީ އިންޑިއާ އަކީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅު ގައުމެއް ނޫން ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް ކުރުން ރަނގަޅު ނޫން ކަމަށާއި އޭގެ ސަބަބުން ދެކުނު އޭޝިއާގައި ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށް ރާއްޖެއިން ބުނި ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް އޯއައިސީން ޚާއްޞަ މަސައްކަތް ތަކެއް ކުރަން ހުށައަޅުއްވައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ހައްދު ފަހަަނައަޅާފައިވާ އިންޑިޔާގެ ހިންދޫން އިންޑިޔާގެ ބައިމަދު މުސްލިމުންނާއި ދެކޮަޅަށް ހިންގާ އަނިޔާވެރިކަމާއި އަދި މުސްލިމުންނާއި ދެކޮޅަށް ހިންގާ އަމަލުތަކާއި ދެކޮޅަށް އަަޑުއުފުލަމުންދާ ގައުމުތަކުގެ އަޑު ރާއްޖެ ފަދަ އިންޑިޔާގެ "ޕަޕެޓަކަށް" ކަނޑުވާނުލެވޭނެ ކަމަށެވެ. އަދި އެކަމަަށް އޯއައިސީން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ދެކޮޅު ހެދި ނަމަވެސް އިންޑިއާއަކީ އޯއައިސީގައި ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމެއް ނޫން ކަމަށް ވެސް ޕާކިސްތާނުގެ ސަފީރު ފާހަގަކުރެއްވިއެވެ.

އޯއައިސީގެ މި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވެސް ވަނީ ޕާކިސްތާނުގެ މި ހުށައެޅުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި މުސްލިމުންނާއި ދެކޮޅަށް ގައުމުތަކުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ އޭނާގެ މަސައްކަތުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތް ކަން ހާމަކުރައްވަމުން ޕާކިސްތާނު ސަފީރުގެ ވާހަކަތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ. އަދި މުސްލިމުންނާއި ދެކޮޅަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ދުނިޔޭގެ ހަމަޖެހުމަށް ވެސް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމުގައި ގުޓެރެސް ފާހަގަ ކުރެއްވިއެވެ.

"ކޯވިޑް-19 ސޮލިޑަރިޓީ: ޕްރޮމޯޓިންގ ކޯއެކްސިސްޓެންސް އެންޑް ޝެއަރޑް ރެސްޕޮންސިބްލް" ގެނަމުގައި އޯއައިސީން ބޭއްވި މި ބައްދަލު ވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކައިގައި އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލު ތަކާއި ދެކޮޅަށް، ޕާކިސްތާނުން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނީރް އަކްރަމްގެ ވާހަކަތަކާއި ހުށައެޅުމަށް ތާއީދު ކުރައްވައި އެމަސައްކަތް އިތުރަށް ހަރުދަނާ ކޮށް ކުރިއަށް ގެންދިއުމަށް ވަނީ ތާއީދު ކުރައްވާފައެވެ.

ޕާކިސްތާނު ސަފީރުގެ ހުށައެޅުމުގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާއިން މުސްލިމުންނަށް ތަފާތު ކުރުންތައް ގެންގުޅޭކަން ފާހަގަ ކުރައްވައި އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައި ވެއެވެ.

ޕާކިސްތާނުން ވަނީ އިސްލާމުންނާއި ދެކޮޅަށް ހިންގާ އަމަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވޯކިންގ ގްރޫޕެއް އެކުލަވާ ލުމަށް ވެސް އޯއައިސީއަށް ހުށައަޅާފައެވެ. މި ހުށައެޅުމަށް އިސްލާމީ ގިނަ ގައުމުތަކުން ވަނީ ތާއީދުކޮށްފައެވެ. އޭގެތެރޭގައި ސަޢޫދީ ޢަރަބިއްޔާ، ތުރުކީ، އީރާން، އަޒަރްބައިޖާން، ޤަތަރު، މެލޭޝިއާ އަދި މިސްރު ހިމެނެއެވެ.

ޕާކިސްތާނުގެ މި ހުށައެޅުމާ ދެކޮޅު ހަދައި، އިންޑިއާގެ ދިފާޢުގައި ވަކާލާތު ކުރާ ދިވެހިރާއްޖެ ތަމްސީލުކުރެއްވި ސަފީރަށް ރައްދުދެއްވައި ވާހަކަ ދައްކަމުން ޕާކިސްތާނު ސަފީރު ވިދާޅުވީ އިންޑިއާއަކީ އޯއައިސީގައި ވީޓޯ ކުރުމުގެ ބާރު އޮތް ގައުމެއްވެސް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


9

މާލްދީފް

19-Mar-2021

آپ نے بالکل سچ کہا ہے


20

ފާމުލަދޭރި ކިލެގެފާނު

19-Mar-2021

އިންޑިއާގެ ޕަޕެޓަކީ ރާއްޖޭގައި މިހާރުއޮތް ލާދީނީ ސަރުކާރު. ދިވެހި ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިފިއްޔާ އިންޑިއާއަށް ވުރެން ޕާކިސްތާނަށް ތާއީދު ކުރާ މީހުން ގިނަވާނެ


4

ކެކެކެ

12-Aug-2020

ކީރިތިސްޓު ކީރިތި ކުރަމުން ޕާކިސްތާނަށް ގުޅި ވާހަކަ ބުނި ހަމަ ގުޅާއިރަށް ތިހެން ކިޔައިގެން އިތުރަށް ކީރިތި ކޮށްލީނު.


-1

ޒ.ޒ ހުސެއިން

26-May-2020

އިންޑި އަކީ ޒަމާނުއްސުރެ ތިޔަފާޑަން އުޅޭގައުމެއް ނަސްލީއިންތިއާޒު ހައްދުން ނެއްޓިފަވާ ގައުމެއް ބޮޑުތަނުން ބަލިކުރަންޖެހޭ


18

ޏ.ފުވަމްމުލަށް ޒ.ޒ.ހުސެއިން

26-May-2020

މިސަރުކާރުގެ ނާގާބިލުކަން އިތުރައް ސާބިތުވެ ބަލިކަށިކަން އެގިގެން ގޮސްފިތާ ބީީީީީީބީސީން ނެގިއެންޓަވިއު ނުދެކެން ދޯ


20

ދދދދ

26-May-2020

މިއިން ޒަމާނެއްގަ ޕާކިސްތާނުން ބުނި އެންމެ ސައްހަ ވާހަކަ.


8

ޙަރާމްޖާތާ

26-May-2020

ޥެރިކަމުގެ ދަހިވަތުކަމުގަ ނޫނީ ދެން ކޮންކަމެއް


-2

ޙަރާމްޖާތާ

26-May-2020

ޥެރިކަމުގެ ދަހިވަތުކަމުގަ ނޫނީ ދެން ކޮންކަމެއް


0

ޢަހުމަދު

26-May-2020

މިސަރުކާރު އައި ފަހުން އަބަދުވެސް ރައްޔަތުން ތިބެން ޖެހެނީ ކަރަން ޓީނުގަ އަބަދުވެސް ކޮންމެވެސް އެލާޓެއްގަ


23

އަބުދﷲ

26-May-2020

އިންޑިއާއިން އެ ގައުމުގެ މުސްލިމް ރައްޔިތުންނާމެދު ކަންތައް ކުރާގޮތުގެވާހަކަ މިފަދަ ޖަލްސާތަކުގައި ޕާކިސްތާނުގެ ފަރާރާތުން ދެއްކުމައްވުރެ ޕާކިސްތާނުގެ މުސްލިމުންނާމެދު ޕާކިސްތާނުގެ ސަރުކާރުންނާއި ގުރޫޕުތަކުންނާއި ނަންނަމުގައި އުފައްދައި އަދި އެބަޔަކައް ސީދާ ޕާކިސްތާނުގެ ސަރުކާރުގެ މަދަދު ލިބޭ ޖަމާއައްތަކުން ޕާކިސްތާނުގެ މުސްލިމުންނާއި މެދު ކަން ކުރަމުން ދާގޮތުގެ ވާހަކަ ދެއްކުން މާ އައުލާކަން ބޮޑު. ތިމާމެން ހާވާ ހަޑި ފޮރުވަން އެހެންމީހުންގެ ވާހަކަ ނުދައްކާ. ޗައިނާއީ ޕާކިސްތާނައް އެއްމެ ގިނައިން އެހީފޯރުކޮއްދޭ ގައުމު ކަމައްވީމާ ޗައިނާއިން ޗައިނާގެ މުސްލިމުންނައް ކުރާ އަނިޔާގެ ވާހަކަ ޕަކިސްތޏަކުން ނުދައްކާނެ.


2

ޥާނުވާދޮންބެ

26-May-2020

÷ޕަޕެޓަކީ ރާއްޖެއެްނޫން ރާއްޖޭެގެ ނަމުގައި ވެރިކަންކުރަން އަރާތިބި މީހުން.


10

ޥާނުވާދޮންބެ

26-May-2020

÷ޕަޕެޓަކީ ރާއްޖެއެްނޫން ރާއްޖޭެގެ ނަމުގައި ވެރިކަންކުރަން އަރާތިބި މީހުން.


11

ސަކުވާ

26-May-2020

ކޮންމެމީހަކަށް ހީވާކަހަލަ އަހަރެމެންނަކީމާބާރުގަދަބައެކޭ


10

ނައިންޓީ

26-May-2020

އިންޑިއާ އަކީ މި ދެކުނު އޭސިއާގައި އިޒްރޭލް އެއްވެސް ޝައްކެއް ނެތް ކަމެއްމީ. އިންޑިއާ އަށް ވިކިގެން އަޅުވެތިވެގެން ހިންދޫން މުސްލިމުންނަށް ދޭ އަނިޔާ ނުފެން އެކަމާ އަޅާނުލާ ސަރުކާރަކީ ދިވެހި ގައުމަށް ހެޔޮ ސަރުކާރެއް ނޫން.


10

ސަހަރޯ

26-May-2020

މިސަރުކާރު އޮތީ މުސްލިމުން ކަތިލަމުން ގެންދާ ގައްދާރުން އެކުގައިކަން މިއަދު އެންމެހާ ރައްޔިތުންނަށް ކަށަވަރު ކޮށްދީފަ. މާތް الله މި މުނާފިގުންގެ ނިމުން އަވަސް ކޮށް ދެއްވުން އެދި ދުޢާކުރުން ގިނަ ކުރައްވާ.


17

މުޖައްމަދު

26-May-2020

މިވެރިކަމުގައި އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ސަލާމަތް ނުވެވޭނެ އެތަކެއް ބޮޑެތި މުސީބާތްތަކާއި ކުރިމަތިލާންޖެހޭނެ ދުވަސްތަކެއް,


18

ޙުއްތު

26-May-2020

ޙަކުރު ދެންޏާ ބޮޑުބޭބެ އުސޫލު ނޫންތޯ


4

މާކަނާ

26-May-2020

އެހެން ގައުމުތަކުން ކަންކަން ކުރަގޮތް ހުނިންމެއް ނުން.އެކަމަކު ރާއްޖެ ވަރަށް ރަނގަޅަށް އިންޑިޔާގެ އަތްމަތީގަ މިއޮތީ. އަހީގަތަކީ ރާއްޖެއަށް އިންޑިޔާާބޭނުން ވާ ވަރަށްވުރެ އިޑިޔާއަށްރާއްޖެ ބެނުންވޭ. އެކަން އޮޅޭ ބަޔަކު އެބައުޅޭ. މިކަމުގެ ހެއްކަކީ އިންޑިޔާގެ 30000މިހުން ނާ އެތައްވިޔަފާރިއެއްމިގައުމުގަ އެބަހުރި އެކަމަކު އިންޑިޔާގަ ރާއްޖޭގެ ކިތަން މީހުން ވަޒީފާއަދާކުރޭބާ އަދި ކިތައް ވިޔަފާރީ ހުރޭބަ.


25

އެދުރު

26-May-2020

ދިވެހި ސަރުކާރުގެ މަތިފަޑީގަ ތިބި މޯދީގެ އަޅުން ލަދުގަނެބަލަ ލަދު


5

އެދުރު

26-May-2020

ދިވެހި ސަރުކާރުގެ މަތިފަޑީގަ ތިބި މޯދީގެ އަޅުން ލަދުގަނެބަލަ ލަދު


33

ޔޫސުފް

25-May-2020

އަދުގެސަރުކާރުން ހާމަކުރާނީ ސަރުކާރުގެ ސިޔާސަތު އެއީ އިސްލާމް ދީނާ ބީރައްޓެހި ސިޔާސަތެއް މޯޑީޖީ ވިދާޅުވިގޮތެއް އެއީ މިސްކިތު ހުޅުޖެހި ޖީ


-3

ފަތުފުﷲ

25-May-2020

އެހެން ޤައުމަކާއި ދިމާލަށް ބައެއްގެ ޕަޕެޓެކޭ ކިޔަން ތިޔަ ޕާކިސްތާން ލަދެއް ނުގަނޭތަ? ޗައިނާގައި މުސްލިމުން މަރަނުން ގަދަކަމުން ދީނުން ބޭރުކުރަނުން ދާއިރު ޗައިނާ އާއި ދެކޮޅަށް މިފަދަ ޤަރާރުތައް ހުށަހަޅަން ނުކެރިގެން އުޅެނީ ޕަޕެޓުކަން ކުޑަވީމަތަ? ރޯދައަށް ތިއްބާ ދުލުގަ ހިފާދަމާ އަހަރެމެންގެ ޤައުމާ ކުޅެން ނޫޅޭތި ޓެރަރިސްޓް ޕާކިސްތާން.


9

ޕަޕެޓު

25-May-2020

ދިވެހިރާއްޖެ މިހާރު ދަތުރުކުރަމުން މިދަނީ ދުނިޔޭގެބައެއް އިސްލާމީ ގައުމުތައް (އަންދުލުސް،ތޫނިސް،)ފަދައިން ޝަރުޢީ ނިޒާމް ލާދީނޖއްޔަތަށް ބަދަލުކޮށްއާންމު އުސޫލުތަކާ ހަމަތައް އެމަގަށް ބަދަލުކޮށް ޤާނޫނު އަސާސީގައި ތަފާތުދީންތަކަށްއުޅެވޭނެ މަގުފަހިކުރުމަށް. ްްްްްްްްްްްްީްްްްްްްްްްްްްްްްްްްްްްްީްްްްްްްްީްްް


3

ޢެގަންޖާ 19

25-May-2020

މިލެވެލަށް ގައުމު ވެއްޓުނީމާ ލަދުން ހަލާކު..ކަލޭމެން ވެރިކަމުން ފައިބާނީތަ ނޫނީ ގަދަކަމުން ބޭރު ކުރަންވީތަ


13

ރާޒީ

25-May-2020

އެއްވެސް ޕާޓީ އަކަށް އޮވެގެން ނުވާނެ ހައްގެއް މުޅި ގައުމުގެ ނަމުގައި އެމީހުންގެ އަމިއްލަ މަސްލަހަތު އިސްކުރުން.


33

ސައްތާރު

25-May-2020

އިންޑިއާ އަކީ މުސްލިމުންގެ ސީދާ ޒާތީ ދުޝްމިނެއް



ޓްރެންޑިން