ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖޭގައި ތާށިވެފައިތިބި އެކި ގައުމުތަކަށް ނިސްބަތްވާ މީހުން އެ ގައުމުތަކަށް ފުރުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޗައިނާގެ 274 މީހަކު ރޭ ފުރުވާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ ޗައިނާގެ އީސްޓަން އެއާއިލަންގެ ދެ ފްލައިޓެއްގައި ޗައިނާގެ ރައްޔިތުން ރޭ ފުރާފައިވާކަމަށެވެ.
އެގޮތުން އެއް ފުލައިޓުގައި ފުރީ 138 މީހުން ކަމަށާއި އަނެއް ފްލައިޓުގައި 136 މީހަކު ފުރިކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
ޗައިނާގެ ބަޔަކު ރޭގައި ފުރާފައިވާއިރު މިހާރު ހަމަ ކޮންމެ ދުވަހަކުހެން އެކި ގައުމުތަކަށް ނިސްބަތްވާ މީހުން އަންނަނީ ރާއްޖެ ދޫކޮށް އެމީހުންގެ ޤައުމުތަކަށް އެނބުރި ދަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތްތަކެއްވެސް މިހާރު ވަނީ ފަށާފައެވެ.
އެ މަސައްކަތުގައި މިހާތަނަށް، ބަންގްލަދޭޝަށް ނިސްބަތްވާ ހާހެއްހާ މީހުން ފޮނުވާލެވިފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރޭގެވަގުތެއްގައި ވަނީ ރާއްޖޭގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ތައިލެންޑްގެ ރައްޔިތުންވެސް އެމީހުންގެ ޤައުމަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު