ޓެލިކިލާސް ޓައިމްޓޭބަލް
ޓެލިކިލާސް ޓައިމްޓޭބަލް
ކޯވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި ފުރަބަންދު އިއުލާނުކުރުމުން މެދުކަނޑާލި ޓެލިކިލާސްތައް މިއަދު އަލުން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޓެލިކިލާސްތައް މިއަދު ހެނދުނު 10:00 އިން ހަވީރު 05:30 އަށް ކުރިއަށްދާނެ ކަމަށެވެ. އެއީ ފައުންޑޭޝަން، ގްރޭޑް 3، ގްރޭޑް 5، ގްރޭޑް 7، ގްރޭޑް 8، ގްރޭޑް 9، ގްރޭޑް 10 އަދި ގްރޭޑް 11ގެ ދަރިވަރުންނަށެވެ. މި ކްލާސްތައް ކުރިއަށްގެންދަނީ ޔެސް ޓީވީ އަދި ދިވެހި ޗެނަލްގައެވެ.

ކޮއްކޮމެންގެ ޓެލެކިލާސްތައް ޝެޑިއުލްކޮށްފައިވަނީ ހަވީރު 05:00 އިން 05:30 އަށެވެ. މި ކްލާސްތައް ކުރިއަށްގެންދަން ނިންމާފައިވަނީ ދިވެހި ޗެނަލްގައެވެ.

ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނުމުގައި 350 ޓީޗަރުން ބައިވެރިވެއެވެ. އަދި މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި 50 އަށްވުރެ ގިނަ ސްކޫލް ބައިވެރިވެއެވެ. އިންޓަރނެޓް މެދުވެރިކޮށް ކުރިޔަށް ގެންދާ މި ކްލާސްތަކުގެ ކޮންމެ ޓީޗަރަކަށް 10 ޖީބީގެ ޑާޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިނިސްޓްރީން ބުނީ ގޭގައި ފިލާވަޅުތައް ތައްޔާރުކުރުމަށް ދަތިވާ ޓީޗަރުންނަށް ސްކޫލަށް ގޮސް އެކަން ކުރުމުގެ އިންތިޒާމްތައްވެސް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

ޓެލިކިލާހުގެ ފިލާވަޅުތައް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ފިލާ" ޕޯޓަލްއިން ފަހުން ބަލާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަން ކުރަން ނިންމަނީ މަރުހަލާ ތަކަކަށް ބަހާލައިގެންނެވެ. އެ މަރުހަލާތުގައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމާއި، މީހުން ބޭރަށް ނިކުމެ އުޅުމަށް ހުއްދަ ދިނުމާއި، ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓްތައް ހުޅުވަން ހުއްދަ ދިނުމާއި، ސްކޫލު، އޮފީސްތައް ހުޅުވަން ހުއްދަ ދިނުން ހިމެނެއެވެ.

މި މަރުހަލާތަކުގެ ތެރެއިން، ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ މިހާރުވަނީ ދީފައެވެ. ޓެލެކިލާސްތައްވެސް މި ފަށަނީ ދޭ ލުއިތަކުގެ ތެރެއިންނެވެ. ނަމަވެސް އެންމެ އަވަހަށްވެސް ސްކޫލްތައް ހުޅުވޭނީ އަންނަމަހުގެ 14 ވަނަދުވަހުކަމަށް ނޭޝަނަލް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާއިރު މި އަހަރުގެ ތެރޭގައި ސިލަބަސް ކަވަރ ކުރެވޭނެ ގޮތަކަށް ސިލަބަހަށް ބަދަލުތައް ގެނެސް ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ފިލާވަޅުތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ޓެލެކިލާސްތައް މިއަދު ފެށިނަމަވެސް ސްކޫލްތައް ހުޅުވާނީ ސްކޫލުތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަމުގައި ކަށަވަރުކުރުމަށްފަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައިވެއެވެ.

ތަޢުލީމީ ވުޒާރާއިން ވަނީ ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވައިދިނުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނަސް އަންނަ އަހަރުން ފެށިގެން ދިރާސީ އާއަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއިން ފެށުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން