ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު
ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު
ރައީސް މުޙައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ޓެގް އެޅުވި މީހުން މިހާރު ތިބީ މަތީ މަގާމުތަކުގައި ކަމަށް ވިދާޅުވެ، އަނގޮޅިތީމު މީހަކު މީގެ އެތައް އަހަރެއް ކުރިން ދެއްކި ވާހަކައަކާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާތީ ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފު އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ޓެގު އެޅުވި ސިޔާސީ ލީޑަރުންނަށް ދެއްވާފައިވަނީ މަތީ މަޤާމުތައް ކަމުގައެވެ. އާދަމް ޝަރީފުގެ މިޓުވީޓުގައި އިޝާރާތްކުރައްވާފައިވަނީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން އަބްދުﷲ އަށެވެ.

ރައީސް ނަޝީދަކީ ބޭރުގެ ލާދީނީ ޖަމްޢިއްޔާތަކުން އުފައްދާފައިވާ އިސްލަމް ދީނާ ދެކޮޅު އެޖެންޓެއް ކަމުގައި ވިދާޅުވެ ވަރަށް ބޮޑަށް ނަޝީދަށް ޢިމްރާނު މީގެ ކުރިން ފާޑުވިދާޅުވެފައިވެއެވެ. 

މީގެ ހަތްއަހަރު ކުރީގެ އެ ވީޑިޔޯ އާންމުކުރުމުގައި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ގެ ބައިވެރިވެ ވަޑައިގަތުމެއް އޮތްކަން ވަނީ ހާމަވެފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ ނިކަމެތި މީހާ ފުލުހަށް ގެންދާއިރު، ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ޓެގު އެޅުވި ސިޔާސީ ބޭފުޅުން ތިއްބެވީ މަތީ މަޤާމުތަކުގައި ރައްކާތެރިކަމާއެކު ސެކިއުރިޓީ ލިބިވަޑައިގެން ކަމަށެވެ. އަދި އޭގެ އިތުރަށް ރައީސް ނަޝީދާ ދެކޮޅަށް ލާދީނީ ތުހުމަތުކުރާ ކުރުން އެމްޑީޕީން ކުށްވެރިކުރި ނަމަވެސް މިހާތަނަށް ރައީސް ޞާލިޙުގެ ސަރުކާރުން އެކަމާ ގުޅިގެން ބަހެއް ވިދާޅުވެފައިނުވާ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ލާދީނީ ވާހަކަ އެންމެ ބޮޑަށް ދެއްކި މީހުން މިއަދު ތިބީ ރައީސް ސޯލިހުގެ ސަރުކާރުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް، މުހަންމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވި ކަމަށްބުނެ އެމައްސަލަ ބަލައިދިނުމަށް ފުލުހުންނަށް މަައްސަލަ ހުށައެޅީ ރައްޔިތުންގެ މަޖިލީހުންނެވެ.

މީގެ ހަތް އަހަރު ކުރިން ނަގާފައިވާ މި ވިޑއޯ ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ އާންމު ކުރެއްވީ ވެސް މިހާރުގެ ހޯމް މިނިސްޓަރ އިމްރާނެވެ. އަދި މި ވިޑިއޯ އަދާލަތު ޕާޓީގެ ޔޫޓިއުބް ޗެނަލުގެ ހިއްސާކޮށް ވިޑިއޯ އާންމު ކުރުމުގައި ވެސް އެންމެ މުހިންމު ރޯލެއް އަދާ ކުރީ މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީންނެވެ. ހޯމް މިނިސްޓަރުގެ އިތުރުން ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާއާއި އެންމެ އަރިސް އެއް މަގާމު ކަމަށްވާ ޗީފް އޮފް ސްޓާގްގެ މަގާމުގައި ހުންނެވީ ވެސް މިމަސައްކަތުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން