ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ނެރެފައިވާ ވައިޓް އެލަރޓުގެ ވަގުތު އިތުރު ކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ދެންމެ ބުނީ، މިއަދުގެ ހަވީރު 5:30 އިން މިރޭގެ 10:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.



އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ވިލާގަނޑުގައި ވައިގަދަވާނެތީ އެކަމަށް ވެސް ސަމާލުވުމަށް ކަމާއިބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓު އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން