ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޓްވިޓާ އެކައުންޓް ޓްވިޓާއިން ވެރިފައިކޮށްފިއެވެ.

ރައީސް ޔާމިން ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހު އެވެ. އޭގެފަހުން ރައީސް ޔާމިން ގެންދަވަނީ މި ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވަމުން ނެވެ. ޚާއްޞަކޮށް އެމަނިކުފާނުގެ ޓްވީޓް ތަކުގައި އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނާ ގުޅުވައިގެން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވައެވެ.

އެމަނިކުފާނު ޓްވިޓާއަށް ވަންނަވަން ފެއްޓެވުމާއިއެކު ސައުވީސް ގަޑިއިރު ނުވަނީސް 4500 މީހުންވަނީ އެ އެކައުންޓް ފޮލޯކޮށްފައެވެ. އަދި މިއަދާއި ހަމައަށް 7283 މީހުން ޓްވިޓާއިން އެމަނިކުފާނު ފޮލޯކުރެއެވެ.

ޓްވިޓާއިން ރައީސް ޔާމީންގެ އެކައުންޓު ވެރިފައިކޮށްފައިވާއިރު، އެމަނިކުފާނު މިހާތަނަށް ކުރައްވާ ޓްވީޓުތަކަށްވަނީ ބޮޑު މަގުބޫލު ކަމެއް ލިބިފައެވެ. ހާއްސަކޮށް އެމަނިކުފާނު ޓްވީޓުތަކުގައި ބޭނުންކުރައްވާފައިވާ އުނދަގޫ އިނގިރޭސި ބަސްތަކުގެ ވާހަކަ ގިނަބަޔަކުވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެފަހުން ޓްވިޓާއަށް ވެންނެވި ރައީސަކީ ރައީސް ޔާމީނެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ވެސް ޓުވިޓާ ބޭނުން ކުރައްވާފައެއް ނުވެއެވެ. ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ވެސް ފަހަކާޖެހެންދެން ޓްވިޓާ ބޭނުން ނުކުރައްވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން