އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް މާދަމާ ބާއްވާ އިންތިހާބުން ފެންނަ ފެނުމަށް މޮޅުވާނެކަމަށް ލަފާކުރެއްވެނީ "ހިންގާލާ ފެކްޝަން" ކަމަށް ދީނީ އަދި ސިޔާސީ ކަންކަމުގައި ވާހަކަދައްކަވާ ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ޝައިހް ޒައިދު ވިދާޅުވީ ‏ފެނުނު މަންޒަރުތަކާ، އިވުނު އަޑުތަކާއި، ކަންކަން ވަމުންދާ ގޮތަށް ބަލާއިރު، ކުޅިބަލަން ހުރި މީހެއްގެ ޙައިސިއްޔަތުން ލަފާކުރެވެނީ މިފަހަރު މޮޅުވާނީ "ހިންގާލާ ފެކްޝަން" ކަމަށެވެ.

ޒައިދުގެ ވާހަކައިގައި އެ އިޝާރާތްކުރެއްވީ އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީއާ ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް މޮޅުވާނެކަމަށް ލަފާކުރެއްވޭ ވާހަކައެވެ.

ޒައިދު ވިދާޅުވީ އޭނާ ފާޅުކުރެއްވި ހިޔާލަކީ ކުޅިބަލާ މީހެއްގެ ޙައިސިއްޔަތުން ފާޅު ކުރެއްވި ހިޔާލެއްްކަމަށާއި، އެކަމާއި އެއްވެސް ބޭފުޅަކު ރުޅި ނައުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ.



ފޯރިގަދަ ކެމްޕެއިންނަކަށްފަހު މާދަމާ ހެނދުނު 9:00 ޖަހާއިރު އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓްލުން ފަށާނެއެވެ. އަދި 4:00 ޖެހުމާއި ހަމައަށް ވޯޓްލުން ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން