މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ
މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ ކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބެލުމަށް ނިއްމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ސަރުކާރަށް ފާޑުކިޔުން ފަދަ ކަމެއްގައި ވަޒީފާއިން ވަކިކޮށްފައިވާނަމަ ޓްރައިބިއުނަލް ޒިންމާވާ ގޮތަށް ޖުޑީޝަރީ ކޮމިޓީން ފާރަވެރިވާނެ ކަމަށެވެ.



"މިހާތަނަށް ހުރީ ހަމަ ގައިމު ވެސް ކުރީ ރިޔާސީ އިންތިހާބުގައި ވެސް، މަޖިލިސް އިންތިހާބުގައި ވެސް ދެކޮޅަށް އުޅުނު މީހުނަށް ހެސްކިޔާފައި ވަޒީފާ ދީފައި،" މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

އެޗްޕީއެލްގެ އެ މުވައްޒަފު ވަޒީފާއިން ވަކި ކުރި ކަމަށް ބުނެ އެ ކުންފުނިން ފޮނުވި ސިޓީގައި ބުނެފައިވަނީ ވަޒީފާއިން ވަކި ކުރި ސަބަބަކީ ރައީސް ސޯލިހަށާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދެއްކުން ކަމަށެވެ. އެކަން ނުކުރުމަށް މީގެ ކުރިން ތަކުރާރުކޮށް އެންގުމުން ވެސް ހުއްޓާލާފައި ނުވާކަމަށް ސިޓީގައި ބުނެފައިވެއެވެ.

ރައީސް ސޯލިހަށާއި ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނެ އެޗްޕީއެލްގެ މުވައްޒަފަކު ވަކިކޮށްފައިވާއިރު އެފަދަ ކަންކަމުގައި މި ސަރުކާރުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. ސިޔާސީ ފިކުރު ތަފާތުވިޔަސް ވަޒީފާއިން ވަކި ނުކުރުމަކީ ރިޔާސީ ވައުދެއް ކަމަށް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ތެރޭގައި ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން