ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޑު މެންބަރުންގެ މުސާރައިން 20 އިންސައްތަ ކުޑަކުރުމަށް ނިންމާފައިވާކަން އެކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ނިންމުމަކީ ކުންފުނީގެ ޚަރަދު ކުޑަކުރުމަށް މެނޭޖްމެންޓާއި ބޯޑު މެންބަރުން އެއްބަސްވެގެން ނިންމި ނިންމުމެއްކަމަށެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތުން ހުރިހާ އިންތިޚާބީ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ވަނީ 20 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އަދި ކެބިނެޓް މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ވެސް ވަނީ އެ އަދަދަށް ކުޑަކޮށްފަ އެވެ.
މީގެ ކުރިން އެމްޕީއެލްގެ ބޯޑު މެންބަރުންގެ މުސާރަ ވެސް އެ ކުންފުނިން ވަނީ ކުޑަކޮށްފަ އެވެ. އެހެންނަމަވެސް ސިވިލް ސާވިސް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު