އުމުރުން 22 އަހަރުގެ މަހްސާ އަމީނީ.
އުމުރުން 22 އަހަރުގެ މަހްސާ އަމީނީ.
ބުރުގާ އެޅުމުގެ ގަވާއިދާ ހިލާފުވި ކަމަށްބުނެ ޒުވާން އަންހެނަކު ރަހުމުކުޑަގޮތަކަށް މަރާލުމުން އީރާނުގެ އަންހެނުން ނިކުމެ އެކަމާދެކޮޅަށް އަޑުއުފުލައި ބުރުގާ ނަގައިގެން މުޒާހަރާކޮށްފިއެވެ.

މިމުޒާހަރާތައް ފެށިގެންއައީ، އަންގާރަ ދުވަހުގެ ހަވީރު އީރާނުގެ ކުރުދީސްތާނުން ވެރިރަށް ތެހެރާނުގައި ތިބި ގާތްތިމާގެ މީހުންނާ ބައްދަލު ކުރުމަށް ދަތުރުކުރި އުމުރުން 22 އަހަރުގެ މަހްސާ އަމީނީ އާއި އޭނާގެ އާއިލާ ފުލުހުންގެ ހާއްސަ ޓީމަކުން ހުއްޓުވައި، އަމީނީ ހައްޔަރުކޮށް ފުލުހަށް ހާޒިރުކޮށްފައި ހުއްޓައި އޭނާ ކުއްލިގޮތަކަށް މަރުވުމުންނެވެ. މިއީ އެގައުމުގެ އަންހެނުން ބުރުގާ އަޅާފައިތިބެނީ ގަވާއިދަށްތޯ ބަލައި، ނުގަވައިދުން ބުރުގާ އަޅާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި އަދަބުދީހަދާ ހާއްސަ ފުލުހުންގެ ޓީމެކެވެ.

މިހާދިސާ އާއި ގުޅިގެން ވަކިގޮތަކަށް ބުރުގާ އަޅަން މަޖުބޫރު ކުރާ ފުލުހުންގެ ހަރުކަށި އަމަލުތަކާ ދެކޮޅަށް، އިރާނުގެ މަގުތައް މަތީގެ އިތުރުން، މީސްމީޑިއާ މެދުވެރިކޮަށް އީރާނުގެ އަންހެނުން ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި މިމުޒާރަހަރާތަކުގައި، އީރާނުގެ އަންހެނުން، އެމީހުންގެ ބުރުގާ ބާލައި، އިސްތަށިގަނޑު ކޮށާ، ބުރުގާ އަންދާ ހަދާތައް ފެނިގެންދެއެވެ.

އީރާނުގެ މީޑިއާތަކުން ހާމަކޮށްފައިވާގޮތުގައި، މަހްސާ އަމީނީ އާއި އޭނާގެ އާއިލާ މަގުމަތިން ހުއްޓުވުމަށްފަހު، އާއިލާއާއި އެކަހެރިކޮށް ގަދަކަމުން އަމީނީ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ފުލުހުން ގެންދިޔައެވެ. އަދި އާއިލާއިން މިކަމަށް ހުރަސްއެޅުމުން، ދީނީ ކަންތައް ދަސްކޮށްދޭން ރީއެޑިއުކޭޝަން ސެންޓަރަށް ގެންގޮސް އެއްގަޑިއިރު ފަހުން ދޫކުރާނެކަމަށް ފުލުހުން ބުނިކަމަށްވެއެވެ.

ނަމަވެސް ފުލުސް އޮފީސް ބޭރުގައި އާއިލާއިން އަމީނީއަށް މަޑުކޮށްގެން ތިބި އިރު، ދެން ފެނުނީ އަމީނީގެ ހަށިގަނޑު، ފުލުސް އޮފީހުން ނެރިގެން އެމްބިއުލެންސަކަށް އެރުވިތަންކަމަށް އަމީނީގެ އާއިލާއިން ހާމަކޮށްފައިވެއެވެ. މިހާދިސާއަށްފަހު އާންމުންނާއި ނޫސްވެރިންނަށް މައުލޫމާތު ދެމުން އީރާނުގެ ފުލުހުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ހުއްޓައި އަމީނީ އަށް ހާޓް އެޓޭކެއް ޖެހުނީކަމަށް ބުނެ ނިންމާލައިފައެވެ.

ސިއްހީ ގޮތުން އެއްވެސް މައްސަލައެއްނެތި، ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހި، ކޯމާއެއްގައި އޮވެ އަމީނީ މަރުވުމާއިއެކު، އޭނާގެ އާއިލާއިންނާއި، ރައްޓެހިންގެ އިތުރުން، އާންމުންގެ ގިނަބަޔަކު ދަނީ ފުލުސް އޮފީހުގައި ހިނގާދިޔަ ކަންކަން ތަހުގީގުކުރުމަށް ގޮވާލަމުންނެވެ.

އަމީނީގެ މަރާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ކުރެއްވި ޓްވީޓެއްގައި އިރާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަމީނީއަށް އަނިޔާކޮށް މަރާލިކަމަށް ތުހުމަތުކުރައްވާފައިވެއެވެ. އަދި މިހާދިސާއާއި ގުޅިގެން އެމެރިކާއިން ކަންބޮޑުވާކަމަށާއި، މިއަނިޔާވެރި އަމަލު ކުއްވެރި ކުރާކަމަށްވެސް ޖޭކް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން