ރަޝިޔާގެ އަޒުރު އެއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށް ރަޝިއާގެ ވެރިރަށް މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދަތުރުތައް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.


ބޮއިން 767 މަރުކާގެ 336 މީހުންގެ ޖާގައިގެ ބޯޓުތަކެއް ބޭނުންކޮށްގެން ކުރާ މިދަތުރުތައް ހަފްތާގެ ހަތް ދުވަހުވެސް ކުރާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މަޢުލޫމާތުދެއެވެ. އަޒުރު އެއާއިން މީގެ ކުރިންވެސް ފިނި މޫސުމަށް ރާއްޖެ އަށް ދަތުރުތައް ބާއްވައެވެ.



ރާއްޖެއަށް މިހާރު ބައިނަލްއަޤުވާމީ 28 އެއަރލައިނަކުން އުދުހުންތައް ބާއްވައެވެ.

ރަޝިޔާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓެވެ.

ކިޔުންތެރިންގެ ހިޔާލު