ސްޕެއިން ވިލާތުގައި ތާޅަފިލި ބޭނުން ކޮށްގެން އެޤައުމުގެ މިސްކިތްތަކުގައި ބަންގި ގޮވުން މަނާކޮށްފައި އޮންނަތާ 500 އަހަރު ފަހުން އިއްޔެ އެޤައުމުގައި ތާޅަފިލިބޭނުން ކޮށްގެން ބަންގި ގޮވައިފިއެވެ. މިއީ އަޑުގަދަ ކުރާ ނުވަތަ ތާޅަފިލި ބޭނުންކޮށްގެން އެޤައުމުގައި ބަންގި ގޮވުން ޤާނޫނަކުން މަނާކޮށްފައި އޮންނަތާ 500 އަހަރަށްފަހު އަޑުގަދަކޮށް ބަންގި ގޮވަން ހުއްދަ ކުރި ފުރަތަމަ ފަހަރެވެ.
އިއްޔެ ސްޕެއިންގެ ގްރަނެޑާގައި ހުންނަ އަލް ބައްޔާޒިން މިސްކިތުގައި ބަންގި ގޮވި ވަގުތު މުސްލިމުން އުފަލުން ބަންގީގެ އަޑުއަހާން ކުޑަދޮރުތަކުން ބޯދިއްކޮށްގެން ތިއްބެވެ. އަދި ބައެއް މީހުން އެވަގުތު އަޑުދަށުން ބަންގި ގޮވަމުންވެސް ގެންދިޔައެވެ. ކޮރޯނާ ވައިރަސްއާއި ގުޅިގެން މުޅި ޤައުމު ލޮކްޑައުން ކުރި ފަހުން މުސްލިމުން ގޭތެރޭގައި ތިބެގެން މަގުމައްޗަށް އިވޭ ގޮތަށާއި މަގު މައްޗަށް ނުކުމެ އަޑުހަރުކޮށް ބަނގި ގޮވަމުން ގެންދާ ކަމަށް ޓްވިޓަރގައި ވިޑިއޯތަކާއެކު މައުލޫމާތު ހިއްސާ ކޮށްފައިވާ ޕޯސްޓް ތަކުގައި ބުނެފައިވެއެވެ.
ސްޕެއިން ވިލާތުގައި އަޑުގަދަކޮށް ބަންގި ގޮވުން މަނާކޮށްފައިވަނީ އެތަނުގައި އޮތް އިސްލާމީ ވެރިކަން 1492 ވަނަ އަހަރު ނިމުމަކަށް އައިފަހުންނެވެ. ޤާނޫނު ބުނާގޮތުން އަޑުގަދަކުރާ ބޭނުން ކޮށްގެން ބަންގި ގޮވުމަކީ މަނާ ކަމެކެވެ. އަދި ފޯނުން ބަންގީގެ އަޑު ބާރަށް ޖެހުން ނުވަތަ އިއްވުމަކީވެސް މަނާކަމެވެ.
ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ މުސްލިމުނޫން ނުވަތަ މުސްލިމުންނަށް އެއްވެސް ޖާގައެއްނެތް، މުސްލިމުންނަށް ބޮޑެތި ދުއްތުރާތައް ކުރަމުން ގެންދާ ޤައުމުތަކުގެ އިސްވެރިން ދަނީ އިސްލާމުންގެ ކުރިމަތީގައި އެމީހުންގެ ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް އިސްދަށަށް ޖަހަމުންނެވެ.
ސްޕެއިން ވިލާތުގެ އިތުރުން ކޯވިޑް-19 ގެ ބަލިމަޑުކަން އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ އިޓަލީ ވިލާތުގައި ޣައިރު މުސްލިމުން މިހާރުވަނީ މުސްލިމުންގެ ފަހަތުގައި ނަމާދުކުރަން ވެސް ފަށާފައެވެ. މިފަދަ މަންޒަރުތައް ފެންނަ ވިޑިއޯތަކާއެކު މީހުންކޮށްފައިވާ ޓްވީޓް ތަކުގައި އިޓަލީ ވިލާތުގެ މިސްކިތްތައް ކައިރީގައި މުސްލިމުން ނަމާދު ކުރާއިރު އެމީހުންގެ ފަހަތުގައި ތިބެ ޣައިރު މުސްލިމު އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން ނަމާދުކުރާ މަންޒަރު ފެނެއެވެ.
އިޓަލީ ވިލާތުގެ ރައްޔިތުންގެ ތެރެއިން ޣައިރު މުސްލިމުން މުސްލިމުންގެ ފަހަތުގައި ނަމާދުކުރަން މިފެށީ ކޮރޯނާ ވައިރަސްގެ މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތް ކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތްﷲ ކަމުގައި އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވުމާއި ގުޅިގެންނެވެ.
ދުނިޔޭގައި ފެތުރެމުންދާ މި ނުރައްކާތެރި ރޯގާ ބަލިމަޑުކަމުގެ ވަބާއާއި ބެހޭ ގޮތުން ދީނީ ޢިލްމްވެރިން ވިދާޅުވެފައިވަނީ މިއީ ﷲ ގެ ކުރިފުޅުމަތީގައި އެއްވެސް ބޮޑު ބާރެއް ނުވަތަ ސުޕަރ ޕަވަރއެއް މިދުނިޔޭގައިވެސް ނޯންނާނެކަން ހާމަކޮށްދޭ އިބްރަތުން ފުރިގެންވާ ފިލާވަޅެއް ކަމަށެވެ.
މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މިބަލި ފެތުރޭ ބޮޑެތި ޤައުމުތަކުގެ ވެރީން ވަނީ ގޮތް ހުސްވެފައެވެ. މިހާތަނަށް ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ މިބަލި އަދިވެސް ކޮންޓްރޯން ނުވާނެ ކަމަށް ޞިއްޙީ މާހިރުން ލަފާދެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ މި ބަލީގެ ސަބަބުން މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއްޤައުމުން އަނެއްޤައުމަށް ދަތުރުފަތުރު ކުން މަނާކޮށްފައެވެ. ގިނަ ޤައުމުތައް ވަނީ މުޅިން ބަންދުކޮށްފައެވެ.

Muslims across Spain celebrate their victory...
— Amy Mek (@AmyMek) March 24, 2020
Al-Bayyazin Mosque in Granada made public Adhan after 500 years since the Islamic call to prayer was banned in Spain.
During the coronavirus lockdown, Muslims throughout Spain have been screaming the Adhan from windows & streets. pic.twitter.com/DOPxHkZCyc
ސްޕެއިން ވިލާތުގައި އަޑުގަދަކޮށް ބަންގި ގޮވުން މަނާކޮށްފައިވަނީ އެތަނުގައި އޮތް އިސްލާމީ ވެރިކަން 1492 ވަނަ އަހަރު ނިމުމަކަށް އައިފަހުންނެވެ. ޤާނޫނު ބުނާގޮތުން އަޑުގަދަކުރާ ބޭނުން ކޮށްގެން ބަންގި ގޮވުމަކީ މަނާ ކަމެކެވެ. އަދި ފޯނުން ބަންގީގެ އަޑު ބާރަށް ޖެހުން ނުވަތަ އިއްވުމަކީވެސް މަނާކަމެވެ.
ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ މުސްލިމުނޫން ނުވަތަ މުސްލިމުންނަށް އެއްވެސް ޖާގައެއްނެތް، މުސްލިމުންނަށް ބޮޑެތި ދުއްތުރާތައް ކުރަމުން ގެންދާ ޤައުމުތަކުގެ އިސްވެރިން ދަނީ އިސްލާމުންގެ ކުރިމަތީގައި އެމީހުންގެ ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް އިސްދަށަށް ޖަހަމުންނެވެ.
Al-Bayyazin Mosque in #Granada made public #Adhan yesterday after 500 years since the Islamic call to prayer was banned in #Spain.
— DOAM (@doamuslims) March 23, 2020
Some Muslims have been turned their neighbourhoods into places where the adhan is being said aloud through their windows.#Coronavirus #COVIDー19 pic.twitter.com/LwJE5bCJso
ސްޕެއިން ވިލާތުގެ އިތުރުން ކޯވިޑް-19 ގެ ބަލިމަޑުކަން އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ އިޓަލީ ވިލާތުގައި ޣައިރު މުސްލިމުން މިހާރުވަނީ މުސްލިމުންގެ ފަހަތުގައި ނަމާދުކުރަން ވެސް ފަށާފައެވެ. މިފަދަ މަންޒަރުތައް ފެންނަ ވިޑިއޯތަކާއެކު މީހުންކޮށްފައިވާ ޓްވީޓް ތަކުގައި އިޓަލީ ވިލާތުގެ މިސްކިތްތައް ކައިރީގައި މުސްލިމުން ނަމާދު ކުރާއިރު އެމީހުންގެ ފަހަތުގައި ތިބެ ޣައިރު މުސްލިމު އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން ނަމާދުކުރާ މަންޒަރު ފެނެއެވެ.
އިޓަލީ ވިލާތުގެ ރައްޔިތުންގެ ތެރެއިން ޣައިރު މުސްލިމުން މުސްލިމުންގެ ފަހަތުގައި ނަމާދުކުރަން މިފެށީ ކޮރޯނާ ވައިރަސްގެ މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތް ކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތްﷲ ކަމުގައި އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވުމާއި ގުޅިގެންނެވެ.
ދުނިޔޭގައި ފެތުރެމުންދާ މި ނުރައްކާތެރި ރޯގާ ބަލިމަޑުކަމުގެ ވަބާއާއި ބެހޭ ގޮތުން ދީނީ ޢިލްމްވެރިން ވިދާޅުވެފައިވަނީ މިއީ ﷲ ގެ ކުރިފުޅުމަތީގައި އެއްވެސް ބޮޑު ބާރެއް ނުވަތަ ސުޕަރ ޕަވަރއެއް މިދުނިޔޭގައިވެސް ނޯންނާނެކަން ހާމަކޮށްދޭ އިބްރަތުން ފުރިގެންވާ ފިލާވަޅެއް ކަމަށެވެ.
- In Italy , Praying with Muslims after the prime minister said that " it is up to the God " 🤲 🇮🇹 pic.twitter.com/skm45z0Fjj
— Malak Sami (@MalakSa84080127) March 23, 2020
މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މިބަލި ފެތުރޭ ބޮޑެތި ޤައުމުތަކުގެ ވެރީން ވަނީ ގޮތް ހުސްވެފައެވެ. މިހާތަނަށް ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ މިބަލި އަދިވެސް ކޮންޓްރޯން ނުވާނެ ކަމަށް ޞިއްޙީ މާހިރުން ލަފާދެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ މި ބަލީގެ ސަބަބުން މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއްޤައުމުން އަނެއްޤައުމަށް ދަތުރުފަތުރު ކުން މަނާކޮށްފައެވެ. ގިނަ ޤައުމުތައް ވަނީ މުޅިން ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު