ޕްރިންސް ޗާލްސް
ޕްރިންސް ޗާލްސް
އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

71 އަހަރުގެ ޗާލްސް ޕޮޒިޓިވްވީއިރު އަނބިކަނބަލުން ނެގެޓިވްކަމަށް އިނގިރޭސި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ބަކިންހަމް ޕެލެސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕްރިންސް ޗާލްސްގެ ޙާލުކޮޅު ރަނގަޅުކަމަށެވެ. ޗާލްސް ގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ލީޑަރުންވެސް ވަނީ މި ބައްޔަށް ޝައްކު ކުރެވޭ ޢަލާމާތްތައް ފެނިގެން ޓެސްޓް ކޮށްފައެވެ.

އޭގެތެރޭގައި ޖަރުމަންގެ ޗާންސެލަރ މާކެލް އާއި، މޮނާކޯގެ ޕްރިންސް އަލްބަޓް އާއި، ބްރެޒިލްގެ ރައީސް ސޮނާރޯ އާއި، ނޯވޭގެ ރަސްގެފާނު ހެރަލްޑް އާއި، ކެނެޑާގެ ބޮޑުވަޒީ ރު ޓްރޫޑޯ އަދި އެމެރިކާގެ ނައިބުރައީސް ޕެންސް ހިމެނެއެވެ.

މިހާތަނަށް މުޅިދުނިޔޭން 435366 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މަރުވި މީހުންގެ ޢަދަދު އުޅެނީ 19618 ގައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ ޢަދަދަކީ 111870 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން