އާމިރު ޚާނާއެކު ފިލްމް ގުލާމްގައި ކޯ ސްޓާރެއްގެ ގޮތުގައި މަސައްކަތްކުރި ޖާވިދް ހައިދަރު
އާމިރު ޚާނާއެކު ފިލްމް ގުލާމްގައި ކޯ ސްޓާރެއްގެ ގޮތުގައި މަސައްކަތްކުރި ޖާވިދް ހައިދަރު
އާމިރު ޚާނާއެކު ފިލްމް ގުލާމްގައި ކޯ ސްޓާރެއްގެ ގޮތުގައި މަސައްކަތްކުރި ޖާވިދް ހައިދަރު، އާމްދަނީ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ މަގުމަތީގައި ތަރުކާރީ ވިއްކުމެވެ.

ކޮރޯނާވައިރަހާއި ގުޅިގެން އާމްދަނީ ހުއްޓިފައިވާ މި ދަނޑިވަޅުގައި ދުވަހުގެ ޚަރަދުތައް ހަމަޖެއްސުމަށް އޭނާ ކުރަންފެށި މަސައްކަތަކީ މަގުމަތީގައި ގާޑިޔާއެއްގައި ތަރުކާރީ ވިއްކުމުގެ މަސައްކަތެވެ. އޭނާ މިމަސައްކަތް ކުރަނީ ފަޚުރުވެރި ކަމާއި އެކުގައެވެ. ޓިކް ޓޮކްގައި މަޝްހޫރު ޖާވިދް ގެންދަނީ އޭނާގެ މިމަސައްކަތާއި ގުޅޭ ހެއްވާ މަޖާ ވިޑިއޯއެއް ކޮންމެ ދުވަހަކުހެން ޓިކް ޓޮކްގައި ހިއްސާ ކުރަމުންނެވެ.

ޑޮލީ ބިންޑްރާ ޓްވިޓާގައި ހިއްސާ ކޮށްފައިވާ ޖާވިދް ހައިދަރުގެ ވިޑިއޯއެއްގައި އޭނާ ފެންނަނީ މަގު މަތީގައި އޭނާގެ ތަރުކާރީ ގާޑިއާގައި މީހަކަށް ޓޮމާޓޯ ވިއްކަނިކޮށެވެ. މި ވިޑިއޯގައި އޭނާ ފޭސް މާސްކެއްގެ ގޮތުގައި ގެންގުޅޭ ކުޑަ ރުމާ ވެސް ކަރުގައި އޮންނަތަން ފެނެއެވެ. ޑޮލީގެ ޓްވީޓްގައި ޖާވިދަކީ 2009 ވަނަ އަހަރު ފިލްމް ބާބަރުން ފެނިގެން ދިޔަ އަދި 2012 ގައި ޓީވީ ސީރީސް ޖެނީ އައުރް ޖޫޖޫއިން މަޝްހޫރުކަން ހޯދާފައިވާ ތަރިއެއްކަން ފާހަގަ ކޮށްފައި ވެއެވެ. މީގެއިތުރުން 2017 ގައި ރިލީސްކުރި ހިންދީ ޑްރާމާ ފިލްމް ލައިފް ކީ އައިސީ ކީ ތެއިސީ ގައި ޖާވިދު ކުޅެފައިވާ ރޯލުގެ މަތީން ޑޮލީ ހަނދާން ކޮށްދީފައި ވެއެވެ.

ކޯވިޑް-19 ގެ މި އުނދަގޫ ދަނޑިވަޅުގައި ޖާވިދުގެ މަޖުބޫރީ ހާލަތަށް ހަމުދަރުދީ ވުމަށް އޭނާގެ ވިޑިއޯއަށް ކޮމެންޓް ކޮށްފައިވާ އޭނާގެ ފޭނަކު ބުނެފައި ވެއެވެ.

ޖާވިދު ނޫނަސް ކޯވިޑާއި ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ކަމުގައި ބޮލީވުޑްގެ ބައެއް ތަރީން، އެމީހުންގެ އާންމު މަސައްކަތް ތަކުގެ ބޭރުން ތަފާތު އެހެން މަސައްކަތްތައް ކުރަން ފަށާފައިވާކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން