ޙަސަދަވެރިކަމަކީ، ނުބައި ސިފަތަކުގެ ތެރެއިން ނުބައިކަން ބޮޑު ސިފައެކެވެ. ޙަސަދަ އަކީ، ﷲ އެހެން މީހުންނަށްް ދެއްވާފައިވާ ނިޢުމަތްތަކާ މެދު ހިތްހަމަނުޖެހުމާއި، އެ ނިޢުމަތްތައް ތިމާއަށް ލިބުމަށް އެދުމާއި އެ ނިޢުމަތްތަކުން އެހެން މީހުން މަޙްރޫމްވާން އެދުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވި އެވެ. {أَمْ يَحْسُدُونَ النَّاسَ عَلَي مَاآتاَهُمْ مِن فَضْلِهِ}[1] " ނުވަތަ ﷲ ގެ ފަޟްލުވަންތަވެރިކަމުގެ ތެރެއިން އެ ކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާ މެދު އެއުރެން (ޔަހޫދީން) މީސްތަކުންނަށް ޙަސަދަވެރިވަނީ ހެއްޔެވެ؟ މި އާޔަތުގެ މާނައަށް ވިސްނާލާއިރު އެއްވެސް މީހަކު ﷲ އަނެކުންނަށް ދެއްވި ނިޢުމަތެއްގެ މައްޗަށް ޙަސަދަވެރިވުމަކީ، ކޮށްގެން ވާނެ ކަމެއްނޫނެވެ. އަދި އެއީ ﷲ ނުހަނު ބޮޑަށް ކޯފާވެ ވޮޑިގެންވާ ކަމެއްކަން އެނގެ އެވެ. ފަހެ ކީރިތި ރަސޫލާ، މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަސޫލުކަމައިގެން ވަޑައިގެންނެވި ހިނދު މައްކާ އާއި މަދީނާގައި ތިބި ޔަހޫދިންނާއި މުޝްރިކުން އެ ކަލޭގެފާނުގެ މައްޗަށް ޙަސަދަވެރިވި އެވެ.
އެކަލޭގެފާނަށް ޔަހޫދީން ޙަސަދަވެރިވީ ސަބަބަކީ، އެންމެ ފަހުގެ ރަސޫލާ ސަލާމްލެއްވި އިސްޙާޤު ގެފާނުންގެ ދަރިކޮޅުން ވަޑައިނުގެންނެވީތީ އެވެ. ޔަހޫދީން ހީކޮށްގެން ތިބީ އެންމެ ފަހުގެ ރަސޫލާ ވަޑައިގަންނަވާނީ، ސަލާމްލެއްވި އިސްޙާޤުގެފާނުންގެ ދަރިކޮޅުންކަމަށެވެ. މައްކާގެ ބޮޑުން ކީރިތި ރަސޫލާ ރ ގެ މައްޗަށް ޙަސަދަވެރިވީ ސަބަބަކީ، އެންމެ ފަހުގެ ރަސޫލާ އެ މީހުން އެދޭ ގޮތަށް، އެ މީހުންގެ ތެރެއިން އާދެ! މައްކާ އާއިި މަދީނާގެ ފައިސާވެރި ތަނަވަސް މީހުންގެ ތެރެއިން މީހަކަށް ނުވީތީ އެވެ.
އެ މީހުން މި ކަންކަން ހިތުގައި ފޮރުވައިގެން ތިބީ އަކީ ނޫނެވެ. އެކަމަކު ޢަމަލީގޮތުން އެކަން އެމީހުންގެ ބަހުންނާއި ޢަމަލުން ގެންދިޔައީ ދައްކަމުންނެވެ. މި މީހުންގެ ޙަސަދައިގެ ނަތީޖާއެއްގެ ގޮތުން ކީރިތި ރަސޫލާ އަށް ކުރަމުން ގެންދިޔަ ފުރައްސާރަ އާއި ދުއްތުރާ އެ ކަލޭގެފާނުގެ ސީރަތުން އެނގިވަޑައިގަންނަވާނެ އެވެ. އެހެންކަމުން މީސްތަކުންގެ ޙަސަދައިން ރައްކައުތެރިވުމަށް ﷲ ގެ ޙަޟްރަތުގައި ދަންނަވާނެ ދުޢާއެއްގެ ގޮތުން سورة الفلق ގައި އެ ކަލާނގެ އުނގަންނައިދެއްވާފައި ވަނީ މި ފަދައިންނެވެ. (وَمِنْ شَرِّ حَاسِدٍ إذَا حَسَدَ)[2] " އަދި ޙަސަދަވެރިވާ މީހާ ޙަސަދަވެރިވެއްޖެ ހިނދު އޭނާގެ ނުބައިކަމުން (މިއަޅާ ﷲ ގެ ޙަޟްރަތުން) ރައްކައުތެރިކަންއެދެމެވެ."
ޙަސަދަވެރިކަމުގެ ނުބައިކަން އުއްމަތަށްް ހާމަކުރެއްވުމުގެ ގޮތުން ކީރިތި ރަސޫލާ، މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި އެވެ. "إِيَّاكُمْ وَالْحَسَدَ فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ" " މާނަ އަކީ، ތިޔަބައިމީހުން ޙަސަދައާ ދުރުހެލިވާށެވެ. ހަމަ ކަށަވަރުން އަލިފާން ދަރު ކާ ފަދައިން ހަސަދަވެރިކަން ޙަސަދަވެރިޔާގެ ހެއު ޢަމަލުތައް ކައި ހުސްކުރެ އެވެ. މި ޙަދީޘުގައި ކީރިތި ރަސޫލާ އެ އިޝާރާތް ކުރައްވަނީ، ޙަސަދައިގެ ނުރައްކައުތެރިކަން އެންމެ ބޮޑީ ޙަސަދަވެރިޔާ އަށް ކަމަށެވެ.
ﷲ ރުއްސުންލެއްވި އަނަސުބިން މާލިކުގެ އަރިހުން ދެ އިމާމުންގެ އިއްތިފާޤުން ރިވާވެފައިވާ ޙަދީޘެއްގައި ވަނީ، "لاَ تَبَاغَضُوا وَلاَتَحَاسَدُوا وَلاَتَدَابَرُوا وَلاَ تَقَاطَعُوا وَكُونُوا عِبَادَاللهِ إِخْوَانًا وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ" [3] މާނަ އަކީ، "ތިޔަބައިމީހުން އެކަކު އަނެކަކާ ރުޅިވެރި ނުވާށެވެ. އެކަކު އަނކަކާ ޙަސަދަވެރި ނުވާށެވެ. އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ. އެކަކަ އަނެކަކާ ގުޅުން ކަނޑައިނުލާށެވެ. ﷲ ގެ އަޅުންތަކެއްގެ ގޮތުގައި އެއްބަނޑު އެއްބަފައި އަޚުންތަކެއް ފަދައިން އުޅޭށެވެ. މުސްލިމަކަށް އޭނާގެ އަޚާއާ ރުޅިވެ، ވާހަކަ ނުދައްކައި ތިން ދުވަހަށްވުރެ އިތުރަށް ހުރުން ހުއްދަވެގެންނެއް ނުވެ އެވެ."
ޙަސަދަވެރިވެދިދާނެ ދެ ކަމެއް
ކީރިތި ރަސޫލާ، މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. لاَحَسَدَ إلاَّفِي اِثْنَـيْنِ :رَجُلٌ آتاهُ اللهُ مَالاً فَسَلَّطَهُ عَلَي هَلَكَتِهِ ، وَرَجُلٌ آتَاهُ الله حِكْمَةً فَهُوَ يَقْضِي بِهَا ويُعَلِّمُهَا [4] މާނަ އަކީ ދެ މީހެއްގެ މައްޗަށް މެނުވީ ޙަސަދަވެރިވުމެއް ނުވެ އެވެ. އެތަނުން އެކަކީ، މާތް ﷲ އޭނާއަށް ދެއްވި މުދަލުން އެ ކަލާނގެ އެންގެވި މަގުގައި ހޭދަކުރާ މީހާ އެވެ. އަނެކަކީ، ﷲ އޭނާއަށް ދެއްވި ޙިކްމަތުގެ ބޭނުންކޮށް އެ ޙިކްމަތް އެހެން މީހުންނަށް އުނގަންނައިދޭ މީހާ އެވެ. މި ޙަދީޘުގައި ޙަސަދަވެރިވުމޭ ބުނެވިފައި އެ ވަނީ ޙަސަދައިގެ ނުބައި މާނައެއްގައެއް ނޫން އެކަމަކު އެއީ އެހެންމީހަކަށް ﷲ ދެއްވި ފަދަ ހެއު ކަމެއް ތިމާއަށްވެސް ލިބުމަށް އެދުމުގެމާނައިގައެވެ.
އަޅުގަނޑުމެން އެންމެންނަކީ ނުބައިވެގެންވާ ޙަސަދަވެރިކަމުން މުޅިން ދުރުވެގެންވާ ބަޔަކު ކަމުގައި ލެއްވެވުން އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ﷲ ސުބަޙާނަހޫ ވަތަޢާލާ އަޅަމެންނަށް އެ ކަލާނގެ ރުއްސަވާ މަގަށްް ތައުފީޤު ދެއްވާށި އެވެ. އާމީން!
[1] . النِّسَاء: 54
[2] . الفلق: 5
[3] . متفق عليه
[4] . متفق عليه

ކިޔުންތެރިންގެ ހިޔާލު