ވަގުތަކީ ޙަޔާތެވެ. އެހެނީ އިންސާނާގެ ޙަޔާތް ދެމިގެން ދަނީ ވަގުތުގެ ކޯރުތެރޭގަ އެވެ. އެއާ ނުލައި އެއްވެސް މަޚްލޫޤަކަށް ވުޖޫދުވެ ނުއުޅެވޭނެ އެވެ. އެހެންކަމުން ވަގުތަކީ އިންސާނާގެ ދުނިޔަވީ ޙަޔާތުގައި ވަރަށް މުހިންމު ބަހާއެކެވެ.
އިސްލާމް ދީނުގައި ވަރަށް ބޮޑަށް ހެޔޮގޮތުގައި ވަގުތުގެ ބޭނުން ހިފުމަށް އިރުޝާދު ދެއްވާފައި ވެއެވެ. އަދި ވަގުތުގެ ވާހަކަ ކީރިތި ޤުރްއާނުގައި އެކި ސިފަސިފައިގައި އެކި ނަންނަމުގައި އައިސްފައި ވެއެވެ. އޭގެ ތެރޭގައި އަންނަނިވި ނަންތައް ހިމެނެ އެވެ. الدَّهرُ، اَلْحِينُ، الآنَ، اليَومُ، الأجَلُ، الأَمَدُ، السَّرْمَدُ، الأَبَدُ، الخُلْدُ، العَصْرُ މިއީ މުޅިން ވެސް ވަގުތަށް ކިޔާ ޢާންމު ނަންނަމެވެ. މީގެ އިތުރުން ވަގުތުގެ އެކި ބަހާއަށް ކިޔާ ނަންތައް ވެސް ޤުރްއާނުގައި އައިސްފައި ވެއެވެ. އޭގެ ތެރޭގައި اللَّيْلُ، النَّهَارُ، الضُّحَى، الْفَجْر ފަދަ ނަންތައް ހިމެނެ އެވެ. ކީރިތ ޤުރްއާނުގައި ވަގުތު ގަންދެއްވައި ހުވާ ވަޙީކުރައްވާފައި ވުމުން ވެސް ދީނުގައި ވަގުތުގެ މުހިންމުކަން ދޭހަވެ އެވެ.
މީހުންނަށް އަގުކުރަން ފަސޭހައީ ލޮލަށް ފެންނަ އަތުން ހިފޭ ތަކެއްޗެވެ. އެހެންވެ ވަރަށް ގިނަ ފަހަރަށް ވަގުތަކީ އެ ފަދަ މާއްދީ އެއްޗަކަށް ނުވާތީ އެއީ އަގުހުރި އެއްޗެއްކަން ދޭހަނުވެ، އޭގެ ބޭނުން ނުހިފި ފާއިތުވެގެންދެ އެވެ. ޙަޔާތުގައި ދެރަ ކަމެއް ދިމާވުމުން މެނުވީ ގިނަ ފަހަރަށް ވަގުތަކީ އަހަރެމެންގެ ޙަޔާތުގައި އެއާ ދޭތެރޭގައި ވިސްނަންވީ އެއްޗެއްކަމެއް ވެސް ނޭނގޭ ކަހަލަ އެވެ. މިހާ ހިސާބުން ވަގުތުގެ މުހިންމުކަން އަންގައިދޭ ބައެއް ޙަދީސަށް ބަލާލާނަމެވެ. ﷲ ރުއްސުންލެއްވި އިބުނު ޢައްބާސްގެ އަރިހުން ބުޚާރީ ތަޚްރީޖު ކުރެއްވި ޙަދީޘެއްގައި ވަނީ: نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيْرٌ مِنَ النَّاسِ: أَلصِّحَّةُ وَالْفَرَاغُ "ގިނަ ބަޔަކު އެއާ ދޭތެރޭގައި ފަރުވާކުޑަކޮށްލާ ދެ ނިއުމަތެއް ވެ އެވެ. އެއީ ޞިއްޙަތާއި ހުސް ވަގުތެވެ." ([1]) މާނަ އަކީ އިންސާނާ ފުރިހަމަ ޞިއްޙަތުގައި ހުންނަ ވަގުތު އޭނާއަށް ވަރަށް ގިނަ ކަންތައް ވަރަށް ފުރިހަމައަށް ކުރެވޭނެ އެވެ. އެހެނަސް ބަލިވުމުން އެ ގޮތަށް އެހާ ފުރިހަމައަކަށް އެ ކަންކަމެއް ނުކުރެވޭނެ އެވެ. އެހެން ކަމުން ޞިއްޙަތު ސަލާމަތުން ހުންނަ އިރު އެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިންމު ކަމެކެވެ. ހަމައެފަދައިން ކަމެއް ނުކޮށް ބޭކާރު ގޮތުގައި ދޫކޮށްލާ ހުސް ވަގުތަކީ ކުރެވޭ ވަރަށް ބޮޑު އިސްރާފެކެވެ. އެއާ މެދު އޭނާއާ ސުވާލު ކުރެވޭނެ އެވެ.
ކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް ބަލާއިރު އެކި ކަންކަމުގައި ވަރަށް ހީވާގިވެވަޑައިގެން ވަގުތުގެ ބޭނުން ހިއްޕަވާފައި ހުރިތަން ފެނެ އެވެ. މިސާލަކަށް ﷲ އެ ކަމަނާއަށް ރުއްސުންލެއްވި އުއްމުލް މުއުމިނީނަ ޢާއިޝަތުގެފާނުންގެ އަރިހުން އަލްބުޚާރީ އާއި މުސްލިމު ރިވާކުރެއްވި އަންނަނިވި ޙަދީޘަށް ބަލާލަމާ ހިނގާށެވެ.{كَانَ رَسُولُ اللهِ ރ إِذَا دَخَلَ الْعَشْرُ (أي: عَشْرُ رَمَضَانَ) أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَرَ} "ކީރިތި ރަސޫލާ 10 ވަނުމުން (ރޯދަމަހުގެ ފަހު ދިހަ ދުވަހަށް އެޅުމުން) ރޭގަނޑު ދިރުއްވަ އެވެ. (ރޭއަޅުކަމުގައި މަޝްޣޫލުވެވަޑައިގަންނަވަ އެވެ.) އަހުލުވެރިން ހޭލައްވަ އެވެ. އަދި ގަދައަޅައި ރޭއަޅުކަން ކުރައްވަ އެވެ" ([2])
ވަގުތަކީ އެއާ މެދު ޤިޔާމަތްދުވަހުން އަހުރެމެންނާ ސުވާލުކުރެވޭނެ އެއްޗެއްކަން އަންނަނިވި ޙަދީޘުން އެނގެ އެވެ. އިބްނު މަސްޢޫދުގެ އަރިހުން އައްތިރްމިޛީ ރިވާކުރެއްވި ޙަދީސެއްގައި ވެއެވެ. "ފަސް ކަމެއްގެ ވާހަކައިން ސުވާލުކުރެވުމުގެ ކުރިން ޤިޔާމަތް ދުވަހު އަޅާއަށް ހުރިތަނުން ގުޑައިވެސް ނުލެވޭ ހުއްޓެވެ. لاَ تَزُولُ قَدَمُ ابْنُ آدَمَ يَوْمَ الْقِيَامَةِ مِنْ عِنْدِ رَبِّهِ حَتىَّ يُسْأَلَ عَنْ خَمْسٍ: عَنْ عُمُرِهِ فِيمَ أَفْنَاهُ وَعَنْ شَبَابِهِ فِيمَ أَبْلاَهُ وَمَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ وَمَاذَا عَمِلَ فِيمَا عَلِمَ؟} އެއީ އޭނާ ޢުމުރު ހޭދަކުރީ ކޮން ގޮތަކަށް ތޯ އާއި އޭނާގެ ޒުވާނަކަން ހޭދަކުރި ގޮތާ ބެހޭގޮތުންނާއި، އޭނާގެ މުދާ ހޯދީ ކިހިނަކުންތާ އާއި އަދި އެ މުދާ ހޭދަކުރީ ކޮން ގޮތަކަށް ތޯ އާއި އޭނާ އުނގެނުނު ޢިލްމު އޭނާ ބޭނުން ހިފީ ކިހިނެއްތޯ އެވެ. ([3]) މި ޙަދީޘްތަކަށް ނަޒަރު ހިންގާލާއިރު އިންސާނާގެ ޙަޔާތުގައި ވަގުތުގެ މުހިންމުކަން ވަރަށް ބޮޑަށް ދޭހަވެ އެވެ. މުސްލިމަކަށް އޭނާގެ އާޚިރަތް ބާއްޖަވެރި ކުރެވޭނީ ވެސް ދުނިޔޭގައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ކަން އެނގެ އެވެ. އެހެން ނޫން ނަމަ ދެ ދުނިޔޭގައި ވެސް ހުރީ ގެއްލުމާއި ހަލާކެވެ. ހަމަ އެހެންމެ މުސްލިމުންނަށް ވަގުތުގެ ބޭނުން ހެޔޮގޮތުގައިވަގުތުގެ ބޭނުން ހިފުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމާއި ވަގުތަކީ ބޮޑުވެގެންވާ ނިޢުމަތެއް ކަމާއި ފައިސާ އާއި ޞިއްޙަތު ފަދައިން އެއާ މެދު ވެސް އޭނާއާ ސުވާލު ކުރެވޭނެ ކަން އެނގެ އެވެ. ދެވަނަ ފުރްޞަތެއް ނުލިބޭ ތަކެތީގެ ތެރޭގައި ފާއިތުވާ ވަގުތާއި، ބުނެފަ ދޫކޮށްލާ ބަހާއި ދުނީގައި ރުވާފަ ދޫކޮށްލާ ތީރު ހިމެނެ އެވެ.
([1]) خ 11 / 229 (6412) .
([2]) خ4 / 269 (2024) ، م 1174.
([3]) ت 2416 وحسنه الألباني في صحيح الجامع 7299.

ކިޔުންތެރިންގެ ހިޔާލު