ކުރީގެ ބަޔާން މިޔުނިކް ކޯޗް ހަންސީ ފްލިކް ޖަރުމަނުގެ ކޯޗްކަމުން ވަކިކޮށްފިއެވެ.
އޭނާ މި މަގާމުން ވަކިކޮށްފައިވަނީ ހޮނިހިރު ދުވަހުގައި ޖަޕާނާއި ޖަރުމަނާއި ބައްދަލުކުރި މެޗްގައި 4-1 ގެ ނަތީޖާއަކުން ޖަރުމަން ބަލިވުމަށްފަހުގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި 1926 ވަނަ އަހަރަށްފަހު، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ފްލިކް ވެގެންދިޔައީ މި މަގާމުން ވަކިކުރި ފުރަތަަމަ ކޯޗަށެވެ.
ފްލިކްގެ ކޯޗްކަމުގެ ދަށުން ޖަރުމަނުން ކުޅުނު އެންމެ ފަހު 5 މެޗްގެ ތެރެއިން 2 މެޗުން ވަނީ ބަލިވެފައެވެ. ފްލިކް ޖަރުމަނުގެ ގައުމީ ޓީމާއި ހަވާލުވީ އޮގަސްޓް 2021 ގައެވެ. އޭގެ ފަހުން އޭނާ އިރުޝާދު ދިން 25 މެޗްގެ ތެރެއިން ޖަރުމަނަށް ކާމިޔާބު ކުރެވުނީ އެންމެ 12 މެޗެވެ.
ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބާންޑް ނޮއިއެންޑޯރފް ވިދާޅުވީ ޖަރުމަންގެ ގައުމީ ޓީމުން ކުރިމަތިލަމުންދާ ނާކާމިޔާބީގެ ސަބަބުން އެ އެސޯސިއޭޝަންގެ ކޮމިޓީއަށް މިނިންމުން ނިންމަން މަޖުބޫރުވީ ކަމަށެވެ.
"މި މަގާމުގައި ހޭދަކުރި ދުވަސްވަރު އަހަރެން ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުމަކަން މިކަން ވެގެން ދިޔައީ ޕްރޮފެޝަނަލް އަދި ޕާސަނަލް ފެންވަރުގައި ވެސް ހާންސީ ފްލިކް އާއި އޭނާގެ އެހީތެރިންނަށް ވަރަށް އިހުތިރާމް ކުރާތީ. ކުޅިވަރު ކާމިޔާބީއަކީ ޑީއެފްބީއަށް ވަރަށް މުހިންމު ކަމެއް، އެހެންވެ މި ނިންމުން ނިންމަން ޖެހުނީ." ނޮއިއެންޑޯރފް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު