މަޝްހޫރު އިނގިރޭސި ހަރުބަސް "އޮޕޮޒިޓްސް އެޓްރެކްޓް" ނުވަތަ ތިމާއަށް ގަޔާވެވޭނީ ތިމާއާއި މުޅިން ތަފާތު މީހަކާއި އޭ ބުނާ ވާހަކަތައް އެއީ ދޮގެކެވެ. ޔުނިވާސިޓީއަކުން ހެދި ދިރާސާއެއްގެ އަލީގައި މިހާރު މިވާހަކަތައް ދޮގުކުރެވިދާނެއެވެ.

އެމެރިކާގެ ޔުނިވާސިޓީއަކުން ހެދި ދިރާސާއެއް ދެއްކި ގޮތުގައި ދެމަފިރިން ނުވަތަ ލޯބިވެރިންނަކީ ގިނަފަހަރަށް އެތެރެފުށުން ހުރިހާ ގޮތަކުންވެސް އެއްގޮތް ދެމީހުންނަށްވެއެވެ. މިސާލަކަށް ބޭސްގުޅަ ކައިއުޅޭ ގޮތް ފަދަ ކުދިކުދި ކަންތައްތަކުން ފެށިގެން އައިކިއުގެ މިންގަނޑު ހުންނަ ގޮތަށް ބަލާލިޔަސް އެއްގޮތްވާކަން ފާހަގަކުރެވިފައި ވެއެވެ.

މި ޔުނިވާސިޓީގެ ދިރާސާގައި ހިމެނި ބައިވެރިންގެ ތެރެއިން 94 އިންސައްތަ ކަޕްލްސް އަކީ ދިރިއުޅުމުގެ އެކިއެކި ކަންތައްތައް ކުރާ ގޮތާއި މިޒާޖުތައް އެކަކު އަނެކަކާއި އެއްގޮތް ދެމީހުން ކަމަށް ސާބިތުވެފައިވެއެވެ. ޔުނިވާސިޓީން ކުރިއަށްގެންދިޔަ އެކްސްޕެރިމަންޓްގައި ވަނީ ތަފާތު އެކި މިޒާޖުތަކަށް ބަލާފައެވެ. ދިރާސާ ކުރެވުނު 133 ކަންތައްތަކުގެ ތެރެއިން 89 އިންސައްތަ ސިފަތައް ދިމާވެފައި ވާކަމަށް ދައްކާފައިވެއެވެ. މި ސްޓަޑީގައި 80،000 ކަޕްލްސްގެ ޑޭޓާއަށް ބަލާފައި ވެއެވެ.



ދިރާސާ ކުރި ފަރާތަށް ފާހަގަވިގޮތުގައި އާންމުކޮށް މީހުންނަށް ގަޔާވެވެނީ އެމީހަކާއި އެއްގޮތް ސިޔާސީ އަދި ދީނީ ފިކުރާއި ކިޔެވުމުގެ ފެންވަރާއި މުނިފޫހިފިލުވުމަށް ކުރާ ކަންތައްތައް އެއްގޮތް މީހުންނާއިއެވެ. އެހެން ކަންތައްތަކަށް ބަލާއިރު އުފަން އަހަރާއި ލޯބީގެ ގޮތުން ގުޅުނު މީހުންގެ އަދަދުވެސް ބައެއް މީހުންގެ ދިމާވެފައި އެބަހުއްޓެވެ.

"އަހަރެމެންނަށް ނޭނގިތިބެވެސް އަހަރެމެންނާއި އެންމެ އެއްގޮތް މީހާއާއި އެއްކޮށް ހަޔާތެއް ބިނާކުރެވެނީ. އެކަންތައްތަކަށް ނުބެލުނަސް" މިކަން ދިރާސާކުރި ފަރާތުން ބުނެފަވެއެވެ.

މި ސްޓަޑީން ވަނީ އެހެން ކަމެއްވެސް ފާހަގަކޮށްފައެވެ. ސްޓަޑީއިން ފާހަގަކުރިގޮތުގައި މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް އުޅެވޭނީ ހަމަ އެފަދަ ބައިވެރިޔަކާއި އެއްކޮށެވެ.

މީގެ އިތުރަށްވެސް، މި ސްޓަޑީއިން ފާހަގަކުރިގޮތުންނަމަ ވަކި މީހަކާއި އެއްކޮށް ގިނަ ވަގުތު ހޭދަކުރަންޏާވެސް އެމީހެއްގެ ބައެއް ކަންތައްތައް އަނެކާ އާއި އެއްގޮތްވާން ފަށާނެއެވެ.

ކަން މިހެން ހުއްޓަސް، ބޭރުފުށުން އެއްގޮތް ނުވިޔަސް، ކާމިޔާބު ގުޅުމެއްގައި ގިނަފަހަރަށް ފިރިހެންމީހާއާއި އަންހެން މީހާއަކީ އެއްގޮތް ދެމީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން