7 މާރިޗު 2020 - 0:24
އިރުގެ އަލިކަން ދުނިޔެ އަށް ވެރިވެގަތުމާއި އެކު ދަތުރުގެ ބައިވެރިން ތައް ކޮޅުކޮޅު މައްޗަށް ދުވަންފަށައިފިއެވެ އެއްބަޔަކު ފުރޯ އާއި ކަތިވަޅިތައް ހިފައިގެން ވަލުތެރެ އާއި ދިމާއައް މިސްރާބުޖަހައިފިއެވެ. ބައެއަންހެންވެރިން ހެދުނުގެ ނާސްތާ ތައްޔާރު ކުރުމައްޓަކައި އަވަސްވެގަތެވެ.

ދަތުރަކީ ރޯދަޔަށް ދަރުހޯދަން އައި ދަތުރެއްކަމައް ވިޔަސް ބައެއް ކުދިން (ދަތުރުގައި ބައިވެރިވި އަހެން ކުދިން ނާއި ފިިރިހެން ކުދިން) އެދަތުރު ނެގީ އިޝްގީ ދަތުރެއްގެ ގޮތުގައެވެ.ދަތުރުގައި ގިނައިން ބައިވެރިވެފައި ވަނީ ވެސް ކުރިން ގުޅި އެކަތިގަނޑަކަށް ވުމަށް މަސައްކަތް ކުރަމުންދާ ޖޯޑުތަކެވެ. އެހެންކަމުން މިފަދަ ބައެއް ޖޯޑުތައް އަތް ގަތާލައިގެން ގޮނޑުދޮށުގައި ހިނގާލަ ހިނގާލާތިއްބެވެ. ގަސްތަކުގެ ބުޑުގައާއި ރުއްރުކުގެ ހިޔަލުގައި ޖޯޑުތައް ތުނބު ގުޅާލައިގެން ތިއްބާވެސްފެނޭމެއެވެ.

ހެނދުނުގެ ނާސްތާ ތަތްޔާރުކުރުމުގައި ބައިވެރިވަމުން ދަނީ މިއިންއެއްވެސް ކަމެއްނެތް އެކަނި ވެރިކަމެއް ޚިއްސާ ކުރާކުދިންނެވެ. ނޫނީ މިފަދަ މަންޒިލަކައް މުޅިންޔާ ނުދަންނަ މީސްމީހުންގެ ކުރިމަރީގައި އިންތިހައުލަދުވެތިކަން ހިއްސާ ނުރާ ކުދިންނެވެ.

ގީތާ އަކީ ފެށުނީސުރެންވެސް ފިސާރި އެކަނިވެރިކަމައް ލޯބިކުރާ ކުއްޖެކެވެ. އެއުމެރުގެ ގިނަ އަންހެންކުދިންނާއި ފިރިހެން ކުދިން ތަފާތުމާނައިގައި އުފަލާއި ހިރްހަމަޖެހުން ހިއްސާކުރަމުން ދާއިރުވެސް އޭނާ އެހުންނަނީ އޭނާގެ އުމުރާއިވެސް ނުވެސް ގުޅޭ ބައެއްގެތެރޭ އެކަނިވެރިވެފައެވެ. އެއީ އެނާގެ ތޮބީއަތެވެ. އޭނާގެ މަންމަ ޝަޒާދާ އާއި ބައްޕަ ޒާހިރު އަބަދުވެސް އެކަމަކާއި މެދު މަޝްވަރާ ކުރެއެވެ. އެމީހުން މިފަދަ ދަތުރުތަކުގައި ގިތާ ބައިވެރިކުރަނީވެސް އެއެކަނިވެރިކަމުގެ އާދައޭނާގެ ކިބައިން ފިލައި ހިނިތުން ވެމުގެ އަސަރު އެމޫނެމައްޗައް ގެނުވޭތޯއެވެ. ތެދެކެވެ. މަދެފަހަރެއްގައި ނޫނީ އޭނާގެ މޫނުމަތިން ހިނިތުން ވުމުގެއަސަރެއްނުފެނެމެއެވެ. ހީވާކަހަލައެވެ. އޭނާގެ އެއެކަނި ވެރިކަމާއި ހިމޭކަމުގެ ނިވަލުގައި ކޮންމެވެސް ސިއްރެއް ވަނީއެވެ. އޭނާ އެކުރާ ފިކުރާއި ޚިޔާލު ތަކަކީ އެސިއްރާއި ގުޅިފައިވާ ޚިޔާލު ތަކެއް ކަމައް ގަބޫލުކުރެވެއެވެ.

" ގީތާ ތިޔަހެން އެކަނިވެރިވެފައި ނުހުރެއާދޭ އަހަރެމެނާ އެކުމޫދައް އެރިލަން..." މޫދާއި ދާދިކައިރީގައި ހުރި ގަހެއްގެ ހިޔާދަސުގައި ގަބުވެފައި ކަހަލަގޮތަކަށް އިން ގިތާ ސިހުނީ އޭނާގެ ރަހުމައިތެރިޔާ ލީނާގެ އަޑުންނެވެ. ލީނާ އައިސް ގިތާގެ އަތުގައި ހިފެހެއްޓެވެ. ގީތާ ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރަލިނަމަވެސް ލީނާ ގީތާގެ އަތުގައި ހިފައިތެދުކުރުވިއެވެ.

" ނޫން...ލީނޫ... އަހަރެން ގެންދަންނޫޅޭ ލީނުދޭ އެމީހުންނާ އެކުމޫދަށް އެރިލާފަ އަންނަން.." ގީތާ ލީނާގެ އަތުން ވީއްލިގަތުމަށްފަހު އަނެއްކާވެސް ދޮންވެލިގަނޑުމަތީގައި އިށީންދެއްޖެެވެ. ދެންއިވުނީ އެދަތުރުގެ އަރިސް މީހަކައް އިސްހުރިއޭނާގެ މަންމަގެ ރަހުމަތްތެރިޔާ އުމޭދާ އޭނަ އަށް ގޮވާއަޑެވެ. "ގީތާ ތިހެން ނުހުރެ އެކުދިން މަޖަލުގައި ބައިވެރިވާން ދޭބަލަ." އުމޭދާ މިހެން ބުނަމުން އައިސް ގީތާ އާއި ދާދި ގާތަށް ހެއްޓުނެވެ. އެއިރުވެސް ގީތާ އިނީ އިހުހެން މޮޅި ސާލުލައިގެނެވެ.

" ނޫން އުމޭއްތާ އަހަރެން އެއްވެސް ކަމެއް ކުރާހިތެއްނުވޭ...މަންމަ ކިޔާވަރުން ނޫންނަމަ މިދަތުރުގައިވެސް ބައިވެރިމުވީމުސް" ގީތާގެ އެއްވެސް ޝައުގެއްނެތެވެ. ބައެއް ފަހަރު އޭނާ ކޮމެވެސް ކަމަކާއި ބިރުގެން ފައިހުންނަހެން ހީވެއެވެ. ނަމަވެސް އެކަކުވެސް އެކަމަކާ ޝައްކުކޮށް އެކަމަކާއި ސުވާލެއް ނުކުރެއެވެ.

" ގީތާގެ މަންމަ އަހަރެންނާއިއެކެ ގީތާފޮނުވީވެސް ތިމޮޅިވެރިކަން ފިލުވޭތޯ" އުމޭދާ ގީތާ ގާތުގައި އިށީނެވެ.

" މިހާރަކަސް އައިސް މަންމައައް ހީވެެގެން އުޅޭހީއެއް އެއީ- އަހަރެން ކޮންމެވެސް ކަމަކާ ވިސްނަނީޔޯ... އަހަރެން ވިސްނިޔަސް ވިސްނަނީ އަހަރެންގެ ކިޔެވުމާދޭތެރޭ." ގީތާ ގަދަކަމުން ހިނިތުންވުމުގެ އަސަރު މޫނުމައްޗަށް ގެނެވޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.

" ދޮގެއްތީ، ގީތާ ކޮންމެވެސް ކަމެއް އެބަސިއްރުކުރޭ އުމޭއްތަ ގާތު ބުނަން ވީނު.." އުމޭދާ ނިކަން އޯގާތެރިކަމާއިއެކު ގީތާގެ ބޮލުގައި އައިކާތަލިއެވެ.

" އުމޭއްތަވެސް މަންމަ ގޮތަށް އަހަންނަށް ޝައްކެ ކުރަނީިއޭދޯ؟ އަހަރެން ކޮންކަމަކާތަ ވިސްނަންވީ... އަހަރެންގެ މަންމަ އަހަރެންދެކެ އެހާ ލޯބިވޭ" ގީތާ ވާހަކަ ދެއްކިރާގުންވެސް ކަމަކައި ފިކުރުކޮށް ވިސްނާކަން ދޭހަވެއެވެ، ނަމަވެސް އޭނާގެ ހިތުގައި ފޮރުވޮފައި އެވާސިއްރު ހާމަކުރާކަށް އޭނާބޭނުން ނުވަނީއެވެ.

އެންމެފަހުން އުމޭދާވެސް ގީތާގެ ގާތުން ދުރަށްދިޔައީ ގިތާގެ އަގައިން ހަޤީގަތެއް ނޭގުނީމައެވެ. އުމޭދާ ދިއުމުން އަނެއްކާވެސް އިހުހެން ގީތާގެ މޫނުމައްޗަށް މޮޅިވެރިކަމާއި ބިރުވެރިކަންވެރިވެގަތެވެ. ދިމާއަކުން ކިތަންމެ ކުޑަައަޑެއް އިވުނަސް އޭނާހުންނަނީ ބިރުން ސިހިސިހިއެވެ.

" އައްސަލާމް އަލައިކުމް " އާންމުކޮށް ނީއިވޭ އަޑެއް ކަންފަތުގައި ޖެހުމާއެކު ގީތާ ސިއްސައިގެން ދާފަދަގޮތަކަށް އެއަޑު އިވުނު ދިމާއައް އެނބުރިއްޖެއެވެ.

" ވައަލައިކުމުއްސަލާމް " ސަލާމްބަލައިގަތުމަށްފަހު ގީތާ އައް އިސްޖެހުނީ ކުރިމަތީގައި ހުއްޓިހުރި ޒުވާނާއަކީ އޭނާ ރައްޓެހިމީހަކަށް ނުވީމައެވެ.

" މިއީ އަހަރެންނަށް ގީތާ ފެނުނު ފުރަތަމަ ފަހަރެއް ނޫން... އެހެން ނަމަވެސް މިގޮތަށް ބައްދަލުވެ ޚިޔާލު ބަދަލުކުރާކަށް މިނޫނިއްޔާ ދަނދިވަޅެއްނުލިބޭ... ދަނަން ދޯ އަހަރެންގެ ނަންވެސް " އެޒުވާނާ އިށީނީ ގީތާގެ ކުރިމަތީގަި އޮތް ރުއްގުދިއެއްގެ މަތީގައެވެ.

" އާނ އިޔާދުދޯ؟" ގީތާގެ ތުންފަތުގައި ފަހަކަށް އައިސް ނުފެންނަ ފަދަ ލުއިހިނިތުން ވުމެއް ކުޅެލިއެވެ.

" މަހީކުރީ ރަށުގަނުއުޅޭ މީހަކަށް އަހަރެން ވީމަ މިރަށު ކުދިންނަށް އަހަރެން ނުވެސް އެގޭނެ ކަމަށް" އިޔާދު މައުނައިން ފުރިގެން ވާފަދަ ގޮތަކަށް ގީތާގެ ލޮލަށް ބަލައިލިއެވެ. މީގެ ކުރިން ހިލޭފިރިހެނަކު އެފަދަނަޒަރަކުން އޭނާއާއި ދިމާއަށް ބަލައިފައި ނުވާތީވެ އޭނާ ވަރަށް ފަސޭހައިން ލަދުގަންނަ ގޮތްވިއެވެ. އޭނާ އިސްއޮބާލީ ރަކިހިނިތުންވުމަކާ އެކީގަ އެވެ.

" ހުރިހާކުދިން ކުޅިވަރެ ފޯރީގި އުޅޭ އިރު ގީތާ މާއެކަނިވެރިވެފައި ތިހުންނަނީ ކީވެގެންތަ؟" އިޔާދުވެސް އޭނާގެ މޫނަށް ބަލައިފައި އޭނާގެ ހާލަތު ދެނެގަތެވެ. އޭނާ ވާހަކަ ދެއްކިގޮތެން ހީވަނީ މާކުރީއްސުރެންވެސް ދަންނަ ރަހުމަރްތެރިޔަކާއި ވާހަކަ ދައްކާހެނެވެ. އެހެންވެ އިޔާދު ބެހެއްޓިގާތް ކަމެއްގެ ސަބަބުން ގީތާއައް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. އެދަތުރައްފަހު ގީތާ އިޔާދާދެމެދު ކޮންމެވެސް ވަރެއްގެ ގާތްކަމެއް އުފެދުނެވެ. ދަތުރުނިންމާފައި ރަށަށް ދިޔަމަގުމަތީގައި އިޔާދު ފަހުންވެސް ގީތާ އާއި ބައްދަލުކުރާނެ ވާހަކަ ބުންޏެވެ.

ދަތުރަށް ފަހުގެއައް އައިސް ވަނުމުން އޭނާއައް މަރުހަބާކީ އޭނާގެ މަންމަ ޝަޒާދާއެވެ. އެއިރު ޒާހިރު ގެއަކު ނުއުޅެއެވެ.

" ދަތުރު ހިތް ހަމަޖެހޭތަ ދަރިފުޅާ " އާދައުގެ މަތިން ގީތާގެ އުނަގަނޑުގައި ހިފައިގާތަށް ގައްސައިލަމުން ނުހަނު ލޯތްބާއިއެކު ޝަޒާދާ އެއްސެވެ.

" ގޯހެއްނޫން...އެކަމަކު އެހާ ފޫއްސެއްވެސް ނޫން" ގީތާ މަންމަގެ ކޮދުގައި ބޯއަޅާލިއެވެ.

" ދަރިފުޅާ ދަރިފުޅު ކަންތައްތަކާ ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކާލަން މަންމައަކީ ދުރުމީހެއްނޫނޭ ދަރިފުޅައް އައިސްފައިތިވާ ކުއްލިބަދަލު ތިވިސްނާ ވިސްނުން ނޭގޭތީ މަންމަ ވަރަށް ހިތާމަކުރަން... ދަރިފުޅުގެ ބައްޕަވެސް ހުންނަނީ ތިކަމާ ވަރަށް ފިކުރު ބޮޑުވެފައި.." ޝަޒާދާ ގީތާގެ އަތުގައި ހިފައިގެން މެދުގޭތެރޭ އުނދޯލީގައި އިށީނެވެ. އެންމެންގެ ހިތުގައި އުފެދިގެން އެއުޅެނީ ހަމަރަނގަޅުސުވާލެކެވެ. ގީތާ ކޮންމެދުވަހަކުވެސް ކަމެއް އެބަސިއްރުކުރެއެވެ. ބައެއް ފަހަރު އެސިއްރުހާމަ ކޮށް ފާނެހެން ހީވާފަހަރުވެސް ދެއެވެ.

ދަންވަރުގެ ވަގުތެވެ. ދަންވަރުގެހިންހަމަޖެހުމާއި އެކުގޭގެ ހުރިހާމީހުންހެން ނިދީގެ އަރާމް ހޯދަމުންދާއިރު ގީތާ އައް އޮތްނަން ޖެހިފައިވަނީ ނިންޖާއި ހަނގުރާމަ ކޮށްކޮށެވެ. ލޮލަކަށް ޖެހޭއިރަށް ސިފަވަނީ އެބިރުވެރިމަންޒަރެވެ. އިރުއޮއްސުމާއެކުހެން އޭނާ ކޮންމެރެޔަކުވެސް ކޮޓަރިޔަަށް ވަދެއެވެ. އޭނާރޮނީ ކޮޓަަރިއަށް ވަދެ އެހެން މީހުންނާއި އެކަހެރިވެހުރެއެވެ. މިރޭވެސް އޭނާ ރޮއިރޮއި އެއޮތީ އެފަދަ ނައަމާން ރެއަކަށް މިރޭވެދާނެތީ ބިރުންނެވެ. ދޭއް ޖަހައި ބޮޑުބިއިރުވެސް އޭނާ އަށް ނިދޭގޮތެއް ނުވިއެވެ. ބިރުވެރި އިހުސާސް ތަކެއްކުރެވޭތީ ވަށައިގެން ހޯދާލަހޯދާލާ އޮވެވުނީއެވެ. އެއްމެފަހުން އޭނާތެދުވެ ހޮޅިގަނދުވެސްދިއްލިއެވެ. އެއަށް ފަހު އަލަމާރި ހުޅުވާފައި މެގަޒިން އެއް ހިފައިގެން އައިސް އެނދުގައި އޮށޯވެ އެފޮތުގެ ގަަނޑުތައް އެއްލަަން ފަށައިފިއެވެ. މިހެން އޮންނައިރުވެސް އޭނާއަށް ދޭޭތެރެ ދޭތެރެއިން ދޮރާއި ދިމާއަށް ބަލައި ލެވެއެވެ. އޭނާ އެގޮތަށް އޮންނަތާ މާގިނައިރެއްނުވެ ކުއްލިއަކަށް ކޮޓަރި އަދިރިވެއްޖެއެވެ. ފުރަތަމަ އޭނާ ހީކުރިއެވެ. މުޅިގެއިން ކަރަންޓު ދިޔައީއެވެ. ނަމަވެސް ގޭގެއެހެން ދިމާދިމާގައި ދިއްލާފައިވާ އަލިތަކުން ފޫދިގެންއައިސް އިސާހިތަކު އެކޮޓަރިއައް ވެސް ފަނޑުއަލިކަމެއް ފެތުރިއްޖެއެވެ. މިވާން އުޅެނީ ކީއްކަމެން އެނގޭތީ ގީތާއަށް ބާރަށް ރޮއެގަނެވިއްޖެއެވެ. އެހިނދު ކޮޓަރިދޮރު މަޑުމަޑުން ފޭވަމުން ދިޔަތަން ގީތާއަށް ފެނުނެވެ. ފޭވަމުންދާވަރަކަށް މީހެއްގެ އަތްތިލަ ކަޅުހިޔަންޏައްގެ ސިފައިގައި އެތެރެވާތަން ފެނުމުން ގީތާގެ ގިލަން ވެރިކަން ކުތިއައް ވުތެރެންވެސް އިތުރުވެއްޖެއެވެ. ބާރުބާރަށް ރޮމުން ބެޑުޝީޓުނަގައި ގައިގައި އޮޅާލައި ބޮނޑިވެލިއިރު ހީވަނީ ހީކަރުވައިފައިގެން ތެޅިފޮޅޭ މީހެއްހެނެވެ. ނަމަވެސް އޭނާ ހިއެއް ނުކަރުވައެވެ. ހިތަށް ވެރިވެފައި ބިރުވެރިކަމާއި އެކު އޭނާ އެއޮތީ ދާހިއްލާފޯވެފައެވެ.

" ނޫން...ނޫން...މިތަނަށް ނުވަދޭ ހެޔޮނުވާނެ މިތަނަށްނުވަދޭ." ގީތާ ތުރުތުރު އަޅަން ފަށައިފިއެވެ. އެއިރު ހިޅުވެމުން އައިދޮރުން ކަޅު ހިޔަންޏެއް އެތެރެޔަށް ދެމިގެންފިއެވެ. ދެންއިވުނީ ދޮރު ތަޅުލެވުނު އަޑާއިއެކު އެމީހަކު ގީތާ އޮތްއެދާއި ދިމާއަށް ހިގައިގަތްއަޑެވެ. ގީތާގެ ބިރުވެރިކަން އިންތިހާއަށް ދިއައެވެ.

އެމީހެއްގެ ކިބައިން ސަލާމަތްވޭތޯ ކޮންމެ ދެރެއިން އެއްރޭ އޭނާ ރޮއިއާދޭސް ކުރެއެވެ. ނަމަވެސް އޭނާގެ ރުއިމާއި ގިސްލުމުގެ އަޑުއިވޭވަރަށްވުރެން އެމީހާގެ ރަހުމް ކުޑައެވެ. ކޮންމެރެއަކުވެސް އެރަހުމްކުޑަމީހާ އޭނާގެ އުފާތައްހާސިލްކުރެއެވެ. ގީތާއާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު ދިނުމަށްފަހުގައެވެ.

އެރޭވެސް އެމީހަކު ނިކަމެތި އަންހެންކުއްޖާގެ ކިބައިން އުފާތައްހާސިލްކުރެއެވެ. ގީތާގެ ނުރުހުމުގައި ގަދަކަމުންނެވެ. އޭނާ މަންމަ މެންނަށް އެވާހަކަ ކިޔައިދެވޭތޯވެސް ފިސާރި މަސައްކަތް ކޮށްފިއެވެ. ނަމަވެސް އެފަދަ ކޮންމެ ވަގުތަކުވެސް އެނާމާން އިންޒާރު އޭނާގެ ލޯމައްޗަށް ސިފަވެ ދޫބަންދުވަނީއެވެ. މިހާތަނާ ޖެހެންދެން އެކަން ސިއްރުކުރެވިފައިވަނީ އެސަބަބާހުރެއެވެ. ގީތާ ހެނދުނު ނާސްތާކުރަން އިންދާ ޒާހިރުވެސް އެމަޝްވަރާކުރިއެވެ.

" ދަރިފުޅާ ތިގޮތަށް އަބަދު މޮޅިވެފައިނުހުރެބަލަ..... ބައްޕަމެންގެ ފަރާތުން ދަރިފުޅަށް ނުލިބެނީ ކޮންއުފަލެއްތަ؟ " އެއީ ޒާހިރު އަބަދުވެސް ދައްކާ ވާހަކައެކެވެ. ޝަޒާދާ އާއިއެކު އޭނާވެސް ކޮންމެދުވަހަކުހެން ގީތާއަށް ނަސޭހަތް ތެރިވެ ގީތާ ފޮރުވައިގެން އުޅޭ ސިއްރު ހާމަކުރޭތޯ މަސައްކަތް ކުރެއެވެ.

" އަބަދުވެސް ތިޝަކުވާ.... އަހަންނަކަށް ނޭނގޭ އުފާވާކަށް...." ގީތާ މަންމަ ގިރައިދީފައިހުރި ކިރުސައިތަށިން ކޯވރެއް އެތެރެ ކުރެވޭތޯ މަސައްކަތް ކުރަމުންބުންޏެވެ.

" ދަރިފުޅު ކިބައިން މަންމަ މެނަށް އެއްކަމެއްވެސް އެނގޭވަރެއްނުވޭ.... އެކަމަކުވެސް ދަރިފުޅުވާނެ ރަނގަޅަށް ނާސްތާކުރަން، މިހާރަކަށްއައިސް ތިސައިތަށިވެސް ތިބޮނީ ފަކުރުންހުރެ. ތަންކޮޅެއް ގަޔާވެއިނދެ ސައިބޮއިބަލަ " ޝަޒާދާ ގީތާގެ ބޮލުގައި ފިރުމައިލިއެވެ، ގީތާ އަނެއްކާވެސް ކޯވަރެއް ބޮއެލިއެވެ.

" މަންމާ.... އަހަރެންގެ ގަލަން ހުސްވެއްޖެ ...." ސީދާ މަޢުޟޫޢު ބަދަލުކޮށްލުމުގެ ގަސްދުގައި ގީތާ ބުންޏެވެ.

" އެންމެ ފަހުން ގަނެދިން ބާރަގަލަންވެސް ހުސްވީ މައްސަލައެއްވެތް މަންމަ މިއުޅެނީ ބޭރަށްދާން ...... އަންނަމުން ގެނެސްދޭނަން. " ގީތާގެ މަގުސަދު ހާސިލްވިއެވެ. ވަގުތުން މަޢުޟޫޢު ބަދަލުވެއްޖެއެވެ. ފޯންވެސް ރިންގްވާން ފެށީއެވަގުތުވެ. ގީތާ ނާސްތާ ކޮށްނިމި އަވަދިވެފައިވުމުން ފޯނުނެގީ އޭނާއެވެ.

" އައް ސަލާމް އަލައިކުމް " އެކޮޅުން އައީ ކުރިން ދުވަހަކުވެސް އޭނާ ފޯނުން އަހާފައިވާ އަޑެއް ނޫނެވެ، ނަމަވެސް ފޯނުން ނޫންގޮތަކަށް އިވިފައިވާ އަޑަކާއި ވައްތަރުގެ އަޑެކެވެ.

" ގީތާ އާއި ގުޅިދާނެތޯ؟ " އެފިރިހެން ކުއްޖާ އެއްސެވެ. އެހައި ހިސާބުން ގީތާއަށް އެއީކާކުކަން ސިފަކުރެވުނެވެ.

" ވާހަކަ ދައްކަނީ ގީތާ ! ކާކުތީ؟ " ތަޢާރަފާއި އެކު ގީތާ އެއްސެވެ.

" އިޔާދުކަމަށް ހީކޮށްލިޔަސް ވަރިހަމަ.... ދޮގެއް އިޔާދުކަން ޔަޤީންކުރޭ . " އިޔާދު ވާހަކަދެއްކީ ވައިއަޑުން ކަހަލަގޮތަކަަށެވެ.

" ދަތުރު ހިތްހަމަޖެހުނުތަ؟ " ދައްކާނެ ވާހަކައެއްނޭގިފައި އިރުކޮޅެއްވަންދެން ހުރުމަށްފަހު ގީތާ އިސްނެގިއެވެ.

" ދަތުރު ކުރީކޮޅު މާބޮޑު ހިތްހަމަޖެހުމެއް ނުލިބޭ ނަމަވެސް ފަހުން ގީތާއާއި ބައްދަލުވުމުން ވަރަށް ... ވަރަށް ހިތްހަމަޖެހުނު. " އިޔާދުބުންޏެވެ.

" އަހަންނަށްވެސް ވީތިވަރޭ.... އިޔާދާއި ދިމާނުވިނަމަ ވަރަށްފޫހި ދަތުރަކަށްވީސް ... " އިޔާދު ބުނިރާގުގައި ގީތާވެސް ބުންޏެވެ. ގީތާގެ އެޖުމްލައިން އިޔާދުގެ ހިތްއުފަލުން ބަންޑުން ވާންއުޅުނުކަހަލައެވެ. ގީތާއާއި ވާހަކަދެއްކުމުގައި ކުރިންހުރި ލަދުވެތިކަމާއި ފަސްޖެހުމުގެ އާދަ ކެނޑި ގީތާއާއި ބޭނުން މަޢުޟޫއަކަށް ވާހަކަދެއްކުމުގެ މަގުހުޅުވުނު ކަހަލައެވެ.

" އަނެއްކާ އަހަރެން މިގޮތަށް ގުޅީމާ ގީތާގެ މަންމަ މެން ރުޅިއެއް ނައަންނާނެތަ؟ " އިޔާދު އިތުރަށް މަގުފުޅާކޮށް ކޮށަން ބޭނުންވިއެވެ.

" ނޭނގެދޯ؟ އަހަންނަކީ ފިރިހެން ކުދިންނާ އާންމުކޮށް ވާހަކަދައްކާ މީހެއްނަމަތާ މަންމަ މެންގެ ހަޤީގަތްވެސް އެނގޭނީ ... ވަރަށް ހިއެއްނުވޭ މަންމަ ރުޅިއަތުވެދާނެހެނެއް " ގީތާ އޭނާގެ މަންމަ އަށް ކުރާއިތުބާރު ބޮޑެވެ.

" މަންމަގެ މައްސަލައެއް ނެތަސް ބައްޕަޔޯ؟ " އިޔާދު އެއްސެވެ. ގީތާގެ ބޮލުގައި ވަގުތުން ރިއްސާލިއެވެ. އެއީ ޔަޤީންކަމެކެވެ. މަންމަ އަޅާނުލިޔަސް ބައްޕައެއް ނުހުންނާނެއެވެ. އެކަން ޔަގީންވާތީ ގީތާއަށް ހުއްޓުން އަރައިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ.

" ކިހިނެއްވީ؟ އަނގަައިން ނުބުނެ ތިހުންނަނީ ގީތާގެ ބައްޕައަކީ މާރުޅިގަދަ މީހަކީތަ؟ "

" ހޫން ... ދެން އެވާހަކަ ހުއްޓާލާ .... މައްސަލައަކަށް ވަންދެން ވާހަކަދެއްކިދާނެއްނު ... " ގީތާ ބޭނުންވީ އެވާހަކަ ކުރުކޮށްލާށެވެ. އެހެންކަމުން އިޔާދުވެސް އިތުރަކަށް އެމަޢުޟޫ އަކަށް ވާހަކައެއް ނުދައްކައެވެ.

" ތިހެންވީއިރު އަހަރެން ދޭތެރެ ދޭތެރެއިން ގުޅާނަން ... ދުވަހަކު އެއްފަހަރު ނޫނީ ދެފަހަރުނަމަވެސް " އިޔާދު ބުންޏެވެ.

" އެންމެ ރަނގަޅު މަންމަވެސް ވަރަށްގާތުގައި އެބައިން، ދެންބާއްވަނީ ... " ގީތާ ފޯންބޭއްވިއެވެ. އެހިނދު އޭނާގެ ހިތަށް އެރިއެވެ. އޭނާ އެގުޅީ ކޮންބޭނުމެއް އޮވެގެންހެއްޔެވެ؟ އޭނާގެ މަގުސަދުއަކީ ކޮބައިހެއްޔެވެ؟ ހިތުގެ އެސުވާލުތަކަށް ޖަވާބުހޯދަންޖެހޭނީވެސް ހުދު އޭނާގެ އަތުންނެވެ.

އެދުވަހު އެގެއަށް ލީނާ އައުމުން އިޔާދު ގުޅިވާހަކަ ގީތާ ލީނާގެ ގާތުގައި ބުންޏެވެ.

" އަސްލު ސީރިއަސްކޮށްތަ؟ ، ތިހެން ވެއްޖެއްޔާ ގީތާ ތީވަރަށް ނަސީބު ގަދަމީހެއް" ދިމާކުރާ ރާގުގައި ލީނާ ބުންޏެވެ.

" ކޮންގޮތަކުން އަހަންނަށް ލިބިފައިވާ ނަސީބެއް މިދުނިޔެމައިން އެހެން އަންހެން ކުއްޖަކަށް ނުދައްކަވައި ފިއްޔާރަނގަޅީ ..." ލީނާ ނަސީބުގެ ވާހަކަ ބުނުމުން ގީތާއަށް އިހްސާސް ކުރެވުނީ ލީނާ އޭނާއަށް މަލާމާތް ކުރީކަމަށެވެ.

" މިރަށުގެ ހުރިހާ ޒުވާން އަންހެން ކުދިން ލޯއަޅަމުންދާ އެރީތި ޒުވާނާ ގީތާ އަށް ގުޅުން.... އަސްލުވެސް ހާދަ ގިނަ އަންހެންކުދިން ދައްކައޭ އޭނާގެ ރީތިކަމާއި ފިޓް ވާހަކަ ... " ހަޤީގަތުގައި އިޔާދުގެ ރީތިކަމަށް އޭނާވެސް ވަނީ ދަހިވެފައެވެ.

" އަހަންނަކަށް ލީނުމެން ތިބުނާ ގޮތަކަށް ފިރިހެނުންގެ ރީތި ހުތުރު ވަކިކުރާކަށް ނޭނގެ . " ގީތާގެ މާބޮޑު ޝައުގެއް ހުރިހެންނެއް އޭނާގެ ވާހަކަޔަކުން ހީއެއް ނުވެއެވެ.

" ތިޔައީ އަދި ގީތުއަށް އޭނާގެ ނަލަކަމާއި ޗާލުކަން ނުފެންނަނީ ... އޭނާއާއި ދިމާއަށް ރަނގަޅަށް ބަލައި ލެވިއްޖެއްޔާ ގީތު ސީދާ މޮޔަވާނެ " ލީނާ ގީތާއާއި ދިމާކުރިއެވެ.

" ދެންދިމާވި ދުވަހަކުން ރަނގަޅަށް ބަލާނަމޭ ... އެކަމަކު ލީނު ތިބުނިހެންވެ މޮޔަވެއްޖެއްޔާ މާދެރައެއްނު .. " ގީތާ ލުއިގޮތަކަށް ހީނލިއެވެ.

އަނެއްކާވެސް ޖެހިގެން އައިރެޔަކު ގީތާއަށް ކުރީރޭ ތަޖުރިބާކުރި ބިރުވެރިކަމެއް ކުރިމައްޗެއް ނުވެއެވެ. އެހެންކަމުން އެރޭ ގީތާ އަށް ކޮންމެވެސް ވަރަކަށް ނިދީގެ އަރާމް ލިބުނެވެ.

ގީތާގެ ހަޔާތުގައި ނައާމަން ރޭތައް ފާއިތުވަމުންގޮސް މަސްދުވަސް ފާއިތުވެ ދިޔައިރުވެސް އަމިއްލަ ނަފްސާއި އާއިލާގެ އުފަލަށްޓަކައި އޭނާއައީ އެކަން ސިއްރުކުރަމުންނެވެ. އޭނާއާއި އާއިލާގެ ފުރާނައަށް ޓަކައިއެވެ.

" މިކަން ސިއްރެއްގެގޮތުގައި ނުބާއްވައިފިއްޔާ ކަލެއާއި ކަލޭގެ އާއިލާގެވެސް ދުވްސް ދުއްވާލާނަން " މިނާމާން އިންޒާރު އަބަދުވެސް އޭނާގެ ސިކުނޑީގައި ޓަކިޖަހަމުން ދެއެވެ.

" އަހަންނަކީ ކިހާބޮޑު ބަދުނަސީބު ވެރިއެއް ... " ކޮޓަރީގައި އެކަނިވާ ކޮންމެ ވަގުތަކުވެސް ގީތާ ރޮއި ހިތާމަކުރެއެވެ. އެހެން މީހުންނަށް ނުފެންނަތާ ހިތްފުރޭވަރަށް ރއިން އެއީ މިހާރު އޭނާގެ އާދައެކެވެ. ކަރުނަޔަކީ މިހާރު އޭނާގެ އެންމެ ގާތް ބައިވެރިޔާއެވެ.

" ބައިވެރިއެއްގެ މަގާމް އަހަންނަށް ދެވިދާނެތަ؟ " އިޔާދާއި ގީތާ ވާހަކަދެއްކީ ރަށުގެ އެންމެ ގިނަމީހުން ހަވީރގަނޑީގައި ޖަމާވާތަން، އޮފީސް ކުރިމަތީ ކުޅިވަރުކުޅޭ ސަރަހައްދުގައި ތިބެއެވެ.

" ތިބުނީ ކޮންކަހަލަ ބައިވެރިއެއް ވާހަކަތަ؟ " ގީތާއަކަށް ނުވިސްނުނެވެ.

" ހަޔާތުގައި ދިމާވާ ކަންތައްތަކުގައި " ޝެއަރ " ކުރާ ގީތާއަށް ހެޔޮއެދޭ ބައިވެރިއަކަށް ... " އިޔާދު ތަފްސީލް ދިނެވެ. ގީތާއަސް އިސްޖަހައިލެވުމާއިއެކު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ. އިޔާދު އެބުނި އެއްޗެއް ރަނގަޅަށް ދޭހަވުމުން އޭނާލަދުގަތީއެވެ. އޭނާ އެހުރީ އެފަދަ ބައިވެރިއަކަށް ބޭނުން ވެފައެވެ. ކުރިން އެތައް ކުދިންނެއް އޭނާއާއި ދިމާއަށް އެފަދައިން އަތްދިއްކުރިނަމަވެސް އެއަތް ތަކުގައި އޭނާއަށް ނުހިފުނީ ސަބަބެއް ނެތިއެއް ނޫނެވެ. ނަމަވެސް އިޔާދާއި ދޭތެރޭ ވިސްނެން ފަށައިފިއެވެ. ނަމަވެސް އިޔާދު އެދިއްކުރި އަތުގައި ހިފުމުގެ ކުރިން އޭނާގެ މަގުސަދާއި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ކޮބައިތޯ ގީތާ ފިސާރި ރަނގަޅަށް ބެއްޔެވެ.

" އަހަރެން ބޭނުންވަނީ ދިރިއުޅުމުގައި ދެވެން އޮތް އެންމެ ކުރިއަކަށް ގީތާއާއި އެކު ދަތުރު ކުރަން، ގީތާ އަށް އަހަންނާއި ދޭތެރޭ ޝައްކުކުރެވެންޏާ އަދިވެސް ވިސްނާ އެކަމަކު އަހަންނަށް ގީތާދެކެ ވަރަށް .... ލޯބި ވެވިއްޖެ. " އިޔާދުގެ ވާހަކަ ލަސްލަހުން ބަދަލުވަމުން އައިސް އިޝްޤީ އޮއިވަރުގައި ޖެހުނެވެ.

" އަހަރެން ވިސްނައިފިން މިހާރު، ފުރަތަމަ އަހަރެން އިޔާ ގާތު ވާހަކައެއް އަހާލަންތަ؟ " ގީތާ އިސްއުފުލައި އިޔާދު މޫނަށް ބަލައިލިއެވެ. އެއިރު މިޔާދު ހުރީ ކަޅިވެސް ޖަހައިނުލާ ގީތާއާއި ދިމާއަށް ބަލާށެވެ.

" އާނ، އަހާބަލަ ...." އިޔާދު ގީތާއާއި ތަންކޮޅެއް ގާތަށް ޖެހިލިއެވެ.

" އިޔާދު އަހަރެންގެ ދިރިއުޅުމުގައި ދިމާވާ ހުރިހާކަމަކަށްވެސް އަހަންނަށް އެހީވާނަންތަ؟ " ގީތާ އަނެއްކާވެސް އިސްއޮބައިލިއެވެ. އިޔާދު ކުރިއަށް ވުރެންވެސް ގީތާއާއި ގާތަށްޖެހި ގީތާގެ އަތުގައި ހިފައި އެއަތަށް މަޑުމަޑުން ފިތައިލިއެވެ. އެވަގުތު އެމީހުންނަށް ތިބެވުނީ ގަހެއްގެ ހިޔަލުގައި ގަހާއި ނިވާވެގެން ކަމުން އެމީހުންގެ ހަރަކާތްތަކެއް ފެންނަ ހިސާބުގައި އެހެންބަޔަކުނެތެވެ.

" އާނ ... މުޅިއުމުރަށްވެސް އަހަރެން ގީތާއަށް އެހީވާނަން ..." އިޔާދު ގީތާގެ ލޮލާއި ލޯދިމާކުރިއެވެ. ގީތާ ލަދުގެންފިއެވެ. އެހެންކަމުން އޭނާދަނީއޭ ބުނފައި ހިނގައިގަތެވެ.

އެދުވަސް ނިމިގެންދިޔައީ ގީތާގެ ހަޔާތަށް ވަގުތީ، ނަމަވެސް އުފާތަކެއް ލިއްބައިދިނުމަށް ފަހުގައެވެ. ނަސީބުދިމާކުރިގޮތުން އޭނާއަށް އެރޭ ބިރުވެރި އިމްތިހާނާއި ކުރިމައްޗެއް ނުވެއެވެ.

" ރެއަކީ ހުރިހާގޮތަކުންވެސް އަހަރެންގެ ހަޔާތަށްއައި އުފާވެރިރެއެއް" ގީތާ ވާހަކަދެއްކީ އޭނާގެ ރަހުމަތްތެރިޔާ ލިއާއިއެވެ. އެދެރަހުމަތްތެރިން ވާހަކަ ދައްކަންތިބީ ސުކޫލް ކައިރީމަގުމަތީގައެވެ.

" ތިބުނީ ކޮންތާކުން؟ " ލީނާ އޮޅުން ފިލުވަން ބޭނުންވިއެވެ. ގީތާ ހިނިއައިސްފައިހުރެ އިޔާދުގެ ވާހަކަ ރަހުމަތްތެރިޔާއަށް ފުރަތަމަ ކިޔައިދިނެވެ. " ހަމަތެދެއް؟ ތިހެންވީއިރު ގުރޫޕުން އަހަރެންއެކަނިތާ މިބާކީވީ" ލީނާކަރު އެލުވައިލިއެވެ.

" އަދި ފިސާނާވެސް އެހުރީނުހުހަށް ..." ގީތާ ބުންޏެވެ.

" އޭނާވެސް މިރޭނޫން ކަންނޭނގެ އެބުނާ ނިޔާޒަކާ ރައްޓެހިވާނީ، އަހަރެން ހުތުރުވީމާ އަނގައިން ބުނެލާނެ ކުއްޖަކުނުވޭ ވިއްޔާ .. " އަމިއްލަ ނަފްސަށް މަލާމަތް ކުރުން އެއީ އަބަދުވެސް ލީނާގެ އާދައެކެވެ.

" ތިވަރުން ލީނު އެކަނިވެރިވެގެން އުޅެންޏާ އަހަރެން ހުއްޓާލަފާނަމޭ " ގީތާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއީ ފަހަކަށްއައިސް ގީތާގެ ކިބައިން ފެންނަމަންޒަރެއް ނޫނެވެ. ލީނާގެ މަގުސަދަކީވެސް އެއީއެވެ. އޭނާއެކުރި ސަމާސާގެ ހަޤީޤަތަކީވެސް އެއީއެވެ.

" އާން ... އަދި ކިރިޔާއޭ އަހަރެން ދެކެންބޭނުންވާ ގީތު ފެނުނީ ... އަބަދުވެސް ތިގޮތަސް އުފާވެރި މޫޑެއްގައިހުރެ އަހަންނާއި ކުރިމަތިލާތި . " ލީނާ ގިތާގެ އަތުގައި ހިފަހައްޓައިލިއެވެ.

އެއީ އަބަދުވެސް ލީނާ ކުރާ އާދޭހެކެވެ. އޭނާ އަބަދުވެސް ގީތާގެ ފުށުން ދެކެންބޭނުންވަނީ ހިނިތުންވުމާއިއެކު އުފަލާއި ހިތްހަމަޖެހުން ހިއްސާ ކުރާތަނެވެ.

" އަހަރެން އަބަދުވެސް އުޅެނީ މިހާހިތްހަމަޖެހިގަނޭ... ތިޔައީ އަބަދުވެސް ލީނުމެނަށް ހީވެގެންއުޅޭ ކުށްހީއެއް." ގީތާ ލީނާގެ ބޮލަށް އަތްގަންބާލިއެވެ.

" އެއަންނަނީ ބަސްއަވަހަށް ހިނގާދާން" ލީނާ ގީތާގެ އަތުގައި ހިފައިގެން ބަސް ސްޓޮޕާއި (ބަސް މަޑުކުރާތަން) ދިމާއަށް ހިނގައިގެންފިއެވެ. އެއިރުއެކި ކްލާސްތަކުގެ ކުދިން ބަހަށް އެރުމަށްޓަކައި ހޭލަމޭލަވެއެވެ. އެއްބައިކުދިން ދުވެފައި ދާއިރު ހީވަނީ ބަހުން ޖާގަނުލިބިދާނެތީ އުޅޭހެނެވެ. އެއީ އާންމުކަމެކެވެ. ބަހުން ޖާގަނުލިބިގެން ބައެއްކުދިން ހިނގާފައިނޫނީ ސައިކަލެއްގެ ފަހަތުޝީޓަށް އަރައިގެންވެސް ރަށަށްދެއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން