ޢީދު ނަމާދުގެ ޖަމާޢަތް - (ފޮޓޯ: ސޯޝަލް މީޑިއާ)
ޢީދު ނަމާދުގެ ޖަމާޢަތް - (ފޮޓޯ: ސޯޝަލް މީޑިއާ)
އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުން ފަދަ ވިޔާނުދާ ޢަމަލުތަކުން ދުރުހެލިވުމަށާއި އަޚްވަންތަ ކަމުގެ ގުޅުން ބަދަހި ކުރުމަށް ޢީދު ޚުތުބާގައި ގޮވާލައިފިއެވެ.

އަޞްޙާ ޢީދު ނަމާދުގެ ޚުތުބާގައި އިސްލާމީ މިފަދަ ބަރަކާތްތެރި އުފާވެރި ދުވަހެއްގައި، އަޅުގަނޑުމެންނަށް މާތް ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތުގެ މަތިން ހަނދާން ކުރަން ޖެހޭކަން ފާހަގަކޮށްފައި ވެއެވެ. އެއީ މަތިވެރިވެގެންވާ އިސްލާމް ދީނުގެ ނިޢުމަތްކަމަށާއި މި ދީނަކީ ޤައުމުގެ މިނިވަންކަމާއި، ވަޙުދަތުގެ ކަމުން ދިވެހިންގެ ޢަޤީދާ ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ޤައުމުގެ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ އިސްލާމް ދީން ޙިމާޔަތް ކޮށް ދެމެހެއްޓުމަށް ދިވެހި ދައުލަތުގެ ވެރިންނާއި، ރައްޔިތުންގެ ޢަޒުމް އާކުރުމަށްވެސް ޚުތުބާގައި ގޮވާލެއްވިއެވެ.

ޚުތުބާގައި ވަނީ ޢީދު ފާހަގަކުރުމުގައި މީހުން އެކަހެރި ނުކުރުމަށާއި އިސްލާމްދީނާ ފުށު ނާރާ ގޮތަކަށް އީދު ފާހަގަކުރުމަށް ގޮވާލާފައެވެ. މިގޮތުން ޢީދަކީ ޝަޙުވަތްތަކުގެ ފަހަތުން ދުއްވައި ގަންނަ ޢީދަކަށް ނުހެދުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. އަދި ޢީދުގައިވެސް އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އުފާ ފާޅު ކުރުމަށް ހަނދާންކޮށްދެއްވައި ޚުތުބާގައި ބުނީ، ޢީދަކީ ތަފާތު ކުރުމެއްނެތި، ހުރިހާ މުސްލިމުންނަށްވެސް އަންނަ އުފާވެރި މުނާސަބަތެއް ކަމަށެވެ. އަދި އިސްލާމީ ޢީދުގައި އޮންނާނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އުފާ ފާޅުކޮށް މުނިފޫހި ފިލުވުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މިއަހަރުގެ އަޟުޙާ ޢީދު ޚުތުބާގައި ވެސް ވަނީ އިބްރާޙިމް ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްމާޢިލް ޢަލައިހިއްސަލާމް ޤުރުބާނަށް ހުށައެޅިގެން ދިޔަ ވަގުތު ކަންހިނގަދިޔަ ގޮތް ހަނދާން ކޮށްދެއްވާފައެވެ. މިގޮތުން ކަންކަމުގައި ކެތްތެރިވުމާށާއި އެ ޙާދިޘާގެ މަތިން ހަނދާންކޮށް މި މަތިވެރި ދުވަހުގައި މާތް ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން ޤުރުބާން ކުރުމުގެ ދުވަހެއްގެ ގޮތުގައި ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހަކުވެސް މި މަތިވެރި ސުންނަތް އަދާކުރުމަށް ގޮވާލެއްވިއެވެ.

ޚުތުބާގައި ވަނީ މިއަދުން ފެށިގެން ޙަޔާތަށް އައު ޞަފްޙާއެއް ހުޅުވައިލުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ކިލަނބުވެފައިވާ އިޖްތިމާޢީ ޙާލަތު ބަދަލުކޮށް، އުފާވެރި ޠާހިރު ޙަޔާތެއް ބިނާ ކުރުމަށްވަނީ ގޮވާލައްވާފައެވެ. އަދި އެކަން އަޅުގަނޑުމެންނަށް ޙާޞިލްކުރެވޭނީ އަޅުގަނޑުމެންގެ މުޅި ޙަޔާތުގެ މަންހަޖަކީ އިސްލާމްދީން ކަމުގައި ހަދައިގެންނާއި ބައިބައި ނުވެ، އުއްމަތުގެ މަޞްލަޙަތުތައް ޙާޞިލުކުރުމަށްޓަ އެކުވެރިވެ، އެއްގަލަކަށް އަރައިގެންކަން ފާހަގަކޮށްފައެވެ.

އަދި މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައި ވަނީ، އެއްބައިވަންތަ ކަމުގެ ސަބަބުންކަމަށާއި ނާކާމިޔާބު ލިބިފައިވަނީ ބައިބައިވުމުގެ ސަބަބުންކަންވެސް ޚުތުބާގައި ހަނދާންކޮށްދެއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން