ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖެހުނު ހަތަރު މަޝްރޫއެއް ރައީސް ސާލިޙުގެ ސަރުކާރުން ފަރުވާ ކުޑަކޮށް ލަސްކުރުމުން އެ ފަންޑު އަނބުރާ ގެންގޮސްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.

ހދ. ހަނިމާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް ސާލިޙުގެ ސަރުކާރުގައި ހަތަރު ރަށެއްގައި ހޮސްޕިޓަލު ތަރައްގީ ކުރުމަށް ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖެހުނު ކަމަށެެވެ. އެހެން ނަމަވެސް އެ މަޝްރޫއުތައް ހިންގުން ކުރީގެ ސަރުކާރުން ލަސްކުރުމުން ކުވެއިތު ފަންޑުން ދިން ހިލޭ އެހީ އަނބުރާ ގެންގޮސްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ކުވެއިތު ފަންޑުން ހިލޭ ހަމަޖައްސައިދީފައި އޮތީ، އެހެން ނަމަވެސް މިދިޔަ ސަރުކާރުން އެފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓްތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް ކުވެއިތު ފަންޑުން އެންމެފަހުން ފަންޑު އަނބުރާ ގެންދިޔައީ. އިންޓަނޭޝަނަލް ފަންޑު ދޭ ތަންތަނުން ސަރުކާރުން ޕްރޮސީޖާ ތަކެއް ފުރިހަމަ ކުރަންޖެހޭނެ. އެކަންކަން ނުކޮށް ފަރުވާ ކުޑަކޮށްގެންނޭ އަޅުގަނޑު ދަންނަވާނީ، އެކަން ލަސްކުރުމުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ. ގެންދިޔައީމަ އެމަޝްރޫއުތައް ގެއްލުނީ، އެހެންވެގެން މިކަން ނުވެފައި މިއޮތީ،" ހަނިމާދޫ ހޮސްޕިޓަލް ނޭޅުނު ސަބަބު ހިއްސާކުރައްވައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކުވެއިތު ފަންޑުގެ އެހީގައި ހިންގަން އުޅުނު މަޝްރޫއުތައް ގެއްލުނު ނަމަވެސް އެމަޝްރޫއުތައް އަލުން ހިންގަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އެ މަޝްރޫއުތައް އަލުން ހިންގޭނެ ގޮތެއް ހޯދަން ނުވަތަ ފައިސާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން