ވަޒީރު ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކުރަށްވަނީ
ވަޒީރު ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކުރަށްވަނީ
ކައުންސިލްތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ ޙައްލު ހޯދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މީސް މިޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި، ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ، އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކައުންސިލްތަކާއެކު ރަނގަޅު ގުޅުމެއް ޤާއިމުވެފައި އޮތުން ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ ޙައްލު ހޯދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ކައުންސިލްތަކާއެކު މަސައްކަތްކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމަށް މަގުފަހިކޮށްދީ ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށެވެ.



ދާދިފަހުން ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް މަސައްކަތްކޮށް، މާ ލަސްތަކެއްނުވެ ދުބާއީގެ ސިފައިގައި ރާއްޖެ ފެންނަން ފަށާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތަފާތު ކަންކޮޅުތަކުން ރާއްޖެ އުމްރާނީ ގޮތުން ކުރިއަށްދާ މިންވަރު ފެންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން