ޕާކިސްތާނުގެ ރައީސް ކަމުގެ މަގާމަށް އާސިފް އަލީ ޒަރުދާރީ އިންތިހާބުކޮށްފިއެވެ.

ރައީސް ކަމުގެ މަގާމަށް ޒަރުދާރީ ހޮވިވަޑައިގަތީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ 411 ވޯޓާއެކުއެވެ. ޒަރުދާރީ އާއި ދެކޮޅަށް ވާދަ ކުރެއްވި މެހްމޫދު ޚާން އަޗަކްޒައީއަށް، ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގެ ތާއީދާއެކުވެސް ލިބިވަޑައިގަތީ 181 ވޯޓެވެ.

ޒަރުދާރީ އަކީ ހަމަލާދީ އަވަހާރަކޮށްލި ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުންގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީގެ ބައްޕަ ވެސްމެއެވެ.

ޕާކިސްތާނުގެ 14 ވަނަ ރައީސް ކަމުގެ މަގާމަށް އާސިފް އަލީ ޒަރުދާރީ ހޮވިވަޑައިގެންފައިވާއިރު، ޒަރުދާރީ ވަނީ މީގެ ކުރިން 2008 އާއި 2013 އާ ދެމެދު ވެސް ޕާކިސްތާނުގެ ރައީސް ކަމުގެ މަގާމު ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން