މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައޫދީ އަރަބިއްޔާއިން ކަނޑައަޅާފައިވާއިރު، ޔޫއޭއީ، ކުވައިތު އަދި ޤަތަރަށްވެސް މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް މިއަދު ކަނޑައަޅައިފިއެވެ.

ރޯދަ މަހުގެ ފުރަތަމަ ރޯދަ ދުވަހަކީ ކޮން ދުވަހެއްކަން ކަށަ ވަރު ކުރަނީ ހަނދު ބެލުމަށް ފަހުއެވެ. ނަމަވެސް ހަނދު ނުފެނިއްޖެނަމަ، ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅާނީ އެގައުމެއްގައި ގާއިމުކޮށްފައި ހުންނަ ދީނީ އިލްމުވެރިންގެ ކައުންސިލުން ނިންމާ ނިންމުމަކަށެވެ.

އެގޮތުން ހަނދު ނުފެންނަ ކަމަށް ކަނޑައަޅައި، އަންގާރަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް މިހާތަނަށް އިއުލާންކޮށްފައިވާ ގައުމުތަކެއްވެސް މަދެއް ނޫނެވެ. މީގެތެރޭގައި، އޮމާން، އިންޑިއާ، ޕާކިސްތާން އަދި މެލޭޝިއާ ހިމެނެއެވެ.

މީގެއިތުރުން، އޮސްޓްރޭލިއާ، ފިލިޕީންސް، ސިންގަޕޯރ، ބްރޫނާއީ، އިންޑޮނޭޝިއާ ގެ ސަރުކާރުންވެސް ވަނީ ހަނދު ނުފެންނަ ކަމަށް ކަނޑައަޅައި، އަންގާރަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން