އެއްވެސް ޙާލެއްގައި މާތްاللهގެ ރަޙްމަތުން އުންމީދު ކަނޑާލުމަކީ އެއްވެސް އަޅަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.
އެހެނީ މީހަކު މަރުވުމުގެ ކުރިން އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެ ނަމަ ހުރިހާ ފާފަތަކެއް، ޝިރުކުކުރުން ހިމެނޭ ގޮތުން، ފުއްސަވައިދެއްވަވާނެކަން ﷲ ތަޢާލާގެ ވަޙީބަސްފުޅުން އެއޮތީ ފެންނާށެވެ! މާތްﷲގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަހްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރު: 53)
އެހެންކަމުން "ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ." ވަޙީ ކުރައްވަވާފައި އޮތުމުން އެނގެނީ އެއްވެސް ފާފައެއް އިސްތިސްނާ ނުކުރައްވަވައި ހުރިހާ ފާފަތަކެއް އެކަލާންގެ ފުއްސަވައި ދެއްވަވާނެ ކަމެވެ.
ހަމައެކަނި ވިސްނައިލަން ޖެހޭ ކަމަކީ މަރުވުމުގެ ކުރިން ތައުބާ ނުވެއްޖެ ނަމަ ނުފުއްސަވާނެ ފާފައަކީ ޝިރުކު ކުރުންކަމެވެ. ޝަރީކު ކުރާ މީހާ އެކަމަށް ތައުބާ ނުވެ ހުއްޓައި މަރުވެއްޖެ ނަމަ އެކަމުގެ ފާފަ ނުފުއްސެވި ނަމަވެސް އެހެން ފާފަތަކަށް އެކަލާނގެ އިރާދަކުރައްވަވާ އަޅުންނަށް ފާފަ ފުއްސަވައިދެއްވަވާނެތެވެ!
އޮނަސައްތަ އިސްމަފުޅުގައި ހިމެނޭ ﷲ ތަޢާލާގެ ނަންފުޅުތަކަށް ބަލާށެވެ! އެންމެ އޯގާތެރިވަންތަ، އެންމެ ދީލަތިވަންތަ، އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަދަ އެންމެހައި ނަންފުޅުތަކަށް އިތުބާރުކުރަންޖެހެއެއެވެ. އެކަން ނުކޮށް އީމާންކަން ފުރިހަމައެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު