އެމްއެމްޕީއާރުސީގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިނގާފައިވާކަމުގެ އަޑުތައް ފެތުރިފައިވާތީ އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އެ ކުންފުނީގައި މަސައްކަތް ކުރާ އަންހެން ތިން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމުގެ ތުހުމަތުތައް ސޯޝަލް މީޑިއާގައި ރޭ ވަނީ ދައުރުވާން ފަށާފައެވެ.
ބައްސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ، ޖަރުމަނުގައި އޮތް މި އަހަރުގެ އައިޓީބީ ބާލިން ފެއާގެ ތެރެއިން ރުހުމަކާ ނުލާ ޖިންސީ ނިޔަތެއްގައި މުވައްޒަފެއް ގަޔަށް އަތްލުމާއި ތިން މުވައްޒަފަކާ ޖިންސީ ނިޔަތެއް އޮވެގެން ބޭއަދަބީ ވާހަކަ ދެއްކުމެވެ.
އެއާއި ގުޅިގެން އެމްއެމްޕީއާރުސީން ނެރެފައިވާ ބަޔާނެއްގައި، ބުނެފައިވަނީ ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައި ގަންނާނެ އަމަލުތަކެއް ނޫންކަމަށެވެ.
އަދި އެ ކުންފުންޏާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާފަދަ އެއްވެސް މައްސަލައެއް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ނުވާކަމަށާއި ނަމަވެސް މެނޭޖުމަންޓަށް އެކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ބަލަމުން ދާކަމަށެވެ.
އަދި މެނޭޖްމެންޓަށް ލިބިފައިވާ މައުލޫމާތު ޑިސިޕްލިނަރީ ކޮމިޓީއަށް ހިއްސާކޮށްފައި ވާކަމަށާއި އެ ކޮމިޓީގެ ތަހުގީގަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމުގައި އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު