އިދކޮޅު ފަރާތްތަކުން އިންޑިއާ ބޯއިކޮޓް ކުރުމަށް ގޮވުމުން ބޮޑު ވަޒީރު ޝެއިހް ހަސީނާ އެކަމަށް ރައްދު ދެއްވައިފިއެވެ.

އިދކޮޅު ފަރާތްތަކުން އިންޑިއާ ބޯއިކޮޓް ކުރުމަށް ގޮވުމުން އެކަމަށް ރައްދުދެއްވައި، ބަންގްލްދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ އިދިކޮޅު ފަރާތްތަކުގެ އަނބިން ލާ އިންޑިއާގެ ސާޅީތައް އަންދާލަން ކެރޭނެތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ. އަދި ކެއުމުގައި ރަހަޖައްސަން އިންޑިއާއިން އެތެރެކޮށް ބޭނުން ކުރަމުންދާ ފާޑު ފާޑުގެ ހަވާދުގެ ބާވަތްތައް ބޭނުން ނުކޮށް އުޅެވޭނެތޯވެސް ސުވާލު ބޮޑުވަޒީރު ޝެއިހް ހަސީނާ އެއްސެވިއެވެ.

އިދކޮޅު ފަރާތްތަކަށް ބޮޑުވަޒީރު ޝެއިހް ހަސީނާ ރައްދުދެއްވާފައިވާއިރު، ޝެއިހް ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝް އާއި އިންޑިއާ ދެމެދު ގުޅުން ބަދަހިވެފައިވާކަން ފަހުގެ ރިޕޯޓުތަކުން ފާހަގަކުރެއެވެ.

ޝެއިހް ހަސީނާ ނިސްބަތްވެ ވަޑައިގަންނަވާ ބަންގަލަދޭޝްގެ އަވާމީ ލީގުން ވަނީ މަޖިލިސް އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާފައެވެ. ބަންގަލަދޭޝްގެ އަވާމީ ލީގު ޕާޓީއިން ވަނީ 299 ގޮނޑީގެ ތެރެއިން 219 ގޮނޑި ކާމިޔާބު ކޮށްފައެވެ.

މިކަމާ ގުޅިގެން ބަންގްލަދޭޝްގެ އިދިކޮޅު ނެޝަނަލް ޕާރޓީ އިން އިންޑިއާ ބޮއިކޮޓް ކުރަން ގޮވަމުން ދަނީ، ބަންގްލަދޭޝްގެ ދާހިލީ ސިޔާސަތުތަކަށާއި، އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން