ޕީޕިއެމަށް މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދިން ކަމަށާއި އެހެން ނަމަވެސް އެޕާޓީން ރައްޔިތުންގެ ހައްގުގައި ކުރި ކަމެއް ފެންނަން ނެތް ކަމަށް ކުރީގެ ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ހއ. ކެލަޔަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ރައްޔިތުން ޕީޕިއެމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިން ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ ހައްގުގައި އެޕާޓީން މަޖިލީހުގައި ދެއްކި ވާހަކަ އެއް ރައްޔިތުންގެ ހައްގުގައި ކުރި ކަމެއް ފެންނަން ނެތް ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް ދަތިވާ ކަންތައްތަކުގެ ވާހަކަ މަޖިލީހުގައި ޕީޕިއެމްގެ މެމްބަރުން ދައްކާފައިނުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ދަތިވާ ކަންތައްތަކުގެ ވާހަކަ އަބަދުވެސް ރައްޔިތުންނަށް ދިމާވާ ދަތިކަންތައްތަކުގެ ވާހަަކަ ދެއްކިފައެއް ނެތް, އަަބަދުވެސް އެވާހަކަ ވެސް ދެއްކީ އަބަދުވެސް ދައްކަމުން އަންނަނީ އެމްޑީޕީގެ މެމްބަރުން،" ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި ނާއިބް ރައީސްކަން ކުރެއްވި ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ އެތައް ދުވަހެއްގެ މަސައްކަތުން ގެނައި ތަރައްގީގެ މަޝްރޫއުތަށް މިހާރު ހުރީ ހުއްޓިފައި ކަމަށާއި އެކަމާއި މެދު އެމްޑީޕީގެ ކަންބޮޑުވުން އިންތިހާ އަށް އެބައޮތް ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ އެމްޑީޕީ އަށް ތާއިދުކުރާތީ ކަމަށް ބުނެ މި ސަރުކާރުން ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައި އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. ފައިސަލް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ބޮޑެތި ބަދަލުތައް ގެނެސް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް މެޖޯރިޓީ ދީގެން ކަމަށެވެ.

"މި ސަރަހައްދުން އަޅުގަނޑުމެން އެބަފެނޭ އަންނާނެ ބަދަލުތައް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންނާނެ އިންތިހާ އަށް ތަރައްގީ އިގްތިސާދު ފުޅާކުރުމަށްޓަކައި ވަރުގަދަ ބޮޑެތި ޕްރޮޖެކްޓް ތައް މި އަންނަނީ މި ހިސާބަށް މި ސަރަހައްދަށް އެހެންވީމާ މިކަންތައްތައް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނީ އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބުވެގެން،." ފައިސަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މިއަދު

25-Apr-2024

ސްޕަރމެޖޯރިޓީ އަކާއި ރާއްޖޭގެ ރައިސްކަމުގައި 5 އަހަރުގެ ދައުރެއް ނިންމާލެވުނުއިރު ނުކުެވުނު ކޮންކަމެއް ވެރިކަމަކާނުލާ މެޖޯރިޓީއެއްދީގެން ކުރެވޭނީ ކުރަންވެސްއަދި ކުރަންބޭނުންވާއޮތީ އެއްމެކަމެއް ރައިސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލިހަށްހުށައެޅުން


-3

ސ.

14-Apr-2024

އެމް.ޑީ.ޕީއަށް މެޖޯރިޓީއޮވެ މިހާރުކުރަނީ ކޮންކަމެއް. ރީތިއަނގަނުހާވާ!



ޓްރެންޑިން