ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 63.73 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އީސީގެ ހިސާބުތަކުން ދައްކާގޮތުގައި 4 ޖެހުމާ ހަމައަށް 181406 މީހުން ވޯޓުލާފައިވެއެވެ. އެއީ 88230 އަންހެނުންނާއި 93176 ފިރިހެނުންނެވެ.
4 ޖެހުމާ ހަމައަށް ވޯޓު ނުލައި 103257 މީހުން އެބަތިއްބެވެ. އެއީ 36.27 އިންސައްތަ މީހުންނެވެ.
މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެ ދާއިރާތަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބެނީ 284،663 މީހުންނަށެވެ.
މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން މިއަދު ހަވީރު 17:30 އަށެވެ. އީސީން ވަނީ ހުރިހާ ރައްޔިތުންވެސް ވީހާވެސް އަވަހަށް ވޯޓުލުމަށް އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު