ރާއްޖޭގެ ބޯޑަރ ބަންދުކޮށްފައި އޮތް ދުވަސްވަރު ބިދޭސީން ގެންދިއުމަށް ބޭއްވި ޚާއްޞަ ފްލައިޓެއްގައި ފުރަން އެއަރޕޯރޓަށް ގޮސް ހުރި އަންހެނަކު ކުއްޖަކު އުރާލައިގެން
ރާއްޖޭގެ ބޯޑަރ ބަންދުކޮށްފައި އޮތް ދުވަސްވަރު ބިދޭސީން ގެންދިއުމަށް ބޭއްވި ޚާއްޞަ ފްލައިޓެއްގައި ފުރަން އެއަރޕޯރޓަށް ގޮސް ހުރި އަންހެނަކު ކުއްޖަކު އުރާލައިގެން
ޤަވާއިދާ ޚިލާފަށް އުޅޭ 4300 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއިލް ރޭގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަނގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަނގްލަދޭޝް ސަރުކާރާ ގުޅިގެން ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 4300 ބިދޭސީން އަނބުރާ ފޮނުވާލިއިރު، ލިޔެކިޔުންތައް ހަމައަށް ހުރި ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށްދާން ބޭނުން 1600 މީހުންވެސް ފޮނުވާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް 63000 ވަރަކަށް ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރާ ކަމަށެވެ. އަދި މިމަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 5000 ބިދޭސީން އަނބުރާ ފޮނުވާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20000 ބިދޭސިން ފޮނުވާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން