ކަންނެވި މަސްވެރިންގެ އިހުތިޖާޖު ނިންމާލައި މާލޭގެ ގްރީން ޒޯނު، ނުވަތަ އެއްނަންބަރު ފާލަން ސަރަހައްދުން ދޯނިތައް ނެރެފި އެވެ.
ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކުރި އިހުތިޖާޖު މާލޭ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި ކުރިއަށް ގެންދިޔައީ އިއްޔެ އެވެ.
އެ މުޒާހަރާގެ ބައިވެރިން ވަނީ ކަންނެލި މަސްވެރިކަމަށް، ލޭނު އެޅުމަށް ހުއްދަ ނުދިނުމަށާއި އެއްގަމު ޝެޑް ތަކުން ޑީސަލް ގަންނަން ލިބޭ އަގަށް، ކަންނެލި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލާފައެެވެ.
އެ މުޒާހަރާއަށް 24 ގަޑިއިރުވެސް ނުވެ އުޅެނިކޮށް ފިޝަރީޒް މިނިސްޓްރީން ރޭ ވަރަށް ލަސްވިފަހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން މަސްވެރިންނަށް ހުޅުމާލޭން ވިއްކާ ތެލުގެ އަގު ޝެޑްތަކުން ވިއްކާ އަގަށް ހެޔޮކޮށްފައިވާ ކަމަށެވެ. އަދި މި އިންތިޒާމް ހަމަޖެއްސީ ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދު ފުއްދުމައްޓަކައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ އެގޮތަށް ރައީސް މުއިއްޒު ހަަމަޖެއްސެވީ ސަރުކާރުން މަސްވެރިންނާއެކު ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ.
އަދި މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން ދީލާލުމުން އިހުތިޖާޖު ނިންމާލައިފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު