އާބާދީ ދަށަށް ދިޔުން ގުޅިފައިވަނީ އިޖުތިމާއީ އަދި އިޤްތިސާދީ މައްސަލަތަކާއި ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓް ގެ ގޮތުގައި އިންތިހާބަށް ނުކުމެ ވަޑައިގެންނެވި އަމްރު މިހެން މިވިދާޅުވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއު އަކާއި ގުޅުވައިގެންނެވެ. ވަޒީރު ޑރ. އައިޝަތު ޝިހާމް ވަނީ ރާއްޖޭގައި ވިހާ ރޭޓް މަދުވެ، އާބާދީ އިތުރުވަމުން ނުދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަމާއި ގުޅޭ ގޮތުން ގައުމީ ފެންވަރުގައި އަވަސް މަޝްވަރާއަކަށް ދާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ އާއިޝަތު ޝިހާމް ދެއްކެވި ވާހަކަތަކާއި ގުޅިގެން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވީ އާބާދީ ދަށަށް ދިޔުމާއި ގުޅިފައިވަނީ އިޖުތިމާއީ މައްސަލަތަކާ އިޤްތިސާދީ މައްސަލަތަކާއި ކަމަށެވެ. އެމައްސަލަ ހައްލުކުރަން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ އެމައްސަލަތަކަށް އަވަސް ހައްލެއް އަންނަންޖެހޭކަމަށެވެ.



2022 ގެ ބޯހިމެނުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގެ އާބާދީ އަކީ 383،751 އެވެ. އަދި 2014 ގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އޭރު ރާއްޖޭގެ އާބާދީ އަކީ 338،434 އެވެ. އެ ނަތީޖާ ތަކަށް ބަލާއިރު 8 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބަދީއަށް އިތުރުވެފައިވަނީ 44،317 މީހުންނެވެ. އެއީ އަހަރަކަށް އެވްރެޖްކޮށް 5500 ކުދިންނެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އިއްބެ

22-Jun-2024

ނޫން އެކަންބޮޑަށްގުޅިފައިއޮންނަނީ ފުދުންތެރިކަމުގެމައްޗަށް ފަޤީރުކަމާތިޔޣެކަމުގެމައްޗަށް



ޓްރެންޑިން