މި އަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް ހުށައަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ.

ރޭގެ ވަގުތެއްގައި އީދު މިސްކިތުން ފަންކާތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށް ބުނެ އެކްސްގައި މާލެ ސިޓީ ކައުންސިލުން ވަނީ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓާއި ހަވާލާދީ ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ހުށައެޅިފައިވާ މައްސަލަތަކަށް ނިސްބަތްވާ 6 ފަންކާ، 2 ފޯނު އަދި ފެން މޯޓަރެއް ވަނީ ހޯދާ ހަވާލުކުރެވިފައި ކަމަށެވެ.



މާލެ ސިޓީ ކައުންސިލުން ވަނީ މި މަހު އެކަނިވެސް މާލެ އީދު މިސްކިތުން 10 ފަންކާ ވަގަށް ގެންގޮސްފައިވާކަމަށް ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ ނުހެދުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން