ރާއްޖޭގެ މައި އެއެރޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާއަށް ދަތުރު ފެށި މޯލްޑިވިއަންގެ މަތިންބޯޓެއް އަނބުރާ ވީއައިއޭއަށް ޖައްސައިފިއެވެ.

މޯލްޑިވިއަނުން ބުނީ މި ބޯޓު އަނބުރާ ޖައްސާފައި ވަނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސައަކާއި ގުޅިގެން ކަމަށެވެ.

ވީއައިއޭއަށް އަނބުރާ ޖައްސާފައިވަނީ މޯލްޑިވިއަންގެ އެއާބަސް އޭ 320 މަރުކާގެ ބޯޓެކެވެ. މި ބޯޓު ވީއައިއޭއިން ފުރައިގެން ދަތުރުކުރީ އިންޑިއާގެ ޓްރިވެންޑްރަމަށެވެ.

މި ހާދިސާއާއި ގުޅިގެން މޯލްޑިވިއަނުން ކުރި ޕޯސްޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން މި ބޯޓު އަނބުރާ ވީއައިއޭއަށް ޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ދަތުރުވެރިން ދޭ އެއްބާރުލުމަށް މޯލްޑިވިއަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓެކްނިކަލް ޓީމުން ފްލައިޓަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން