ގއ. ގެމަނަފުށީ ސްކޫލުގައި ޤުރުއާން މާއްދާ ކިޔަވައިދޭ މުދައްރިސް ސްކޫލަށް ހާޒިރު ނުވެ މަސްބާނަންދާތީ ބެލެނިވެރިން އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖަށް ނުކުމެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެމަނަފުށީ ސްކޫލުގެ ޤުރުއާން މުދައްރިސް މި އަހަރު ފެށިގެން ސްކޫލަށް ހާޒިރުވީ އެންމެ 2 ދުވަހުއެވެ. ބެލެނިވެރިންގެ ކަންބޮޑުންތައް ފާޅުކޮށް އިހުތިޖާޖުކުރަމުންދާއިރު މީސްމީޑިޔާގައި މިހާރު ވަނީ އިހުތިޖާޖުގެ ފޮޓޯތައް ދައުރުވާން ފަށާފައެވެ.

ދިރާސީ އައު އަހަރު ފެށިގެން ކިޔަވައިދެމުންދާތާ މިހާރު ފަސް ހަފްތާވެފައިވާއިރު ގެމަނަފުށީ ސްކޫލްގެ ޤުރުއާން މުދައްރިސް އެ ސްކޫލުގައި ޤުރުއާން މާއްދާ ނަގައިދިނީ އެންމެ ދެ ދުވަހުއެވެ. އޭގެ ފަހުން ޤުރުއާން މުދައްރިސް ސްކޫލަށް ނުނިކުންނަ ކަމަށް ބެލެނެވެރިން ބުނެއެވެ.

ގެމަނަފުށީ ސްކޫލުގައި މި މައްސަލަ އަބަދު ވެސް ނުކުންނަ ކަމަށާއި ސްކޫލަށް ނުނިކުތަސް ޤުރުއާން މުދައްރިސް ބަރާބަރަށް މަސް ބާނަަން، ކޮފީ ބޯން ހޮޓާތަކަށާއި އަދި އެހެނިހެން ކަންތައްތަކުގައި ރަށުތެރޭގައި އުޅޭކަން ބެލެނެވެރިން ދަނީ ބުނަމުންނެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު ބެލެނިވެރިން ގޮވާލަމުން ދަނީ ސްކޫލަށް އާ މުދައްރިސަކު ނަގައިގެން ވިޔަސް މި މައްސަލަ ހައްލުކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން