އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޖޯ ބައިޑެންގެ ރަނިންމޭޓު ކަމާލާ ހެރިސް ގެ ކޮއްކޮ މީނާ ހެރިސް ކަމާލާގެ ކެމްޕެއިން ފޯސްޓަރެއް ސޯޝަލްމީޑިއާގައި ޢާންމުކޮށްފިއެވެ.
މި ފޮޓޯގައި ކަމާލާ ސިފަ ކޮށްދީފައިވަނި ކާމިޔާބު ކަނބަލެއްގެ ގޮތުގައެވެ. މި ފޮޓޯ މީނާ ހެރިސް އަށް ފޮނުވާފައިވަނީ، ޓެމިލްނާޑޫގައި ދިރިއުޅޭ އެ އާއިލާގެ މެމްބަރެއް ކަމަށް މީނާ ހެރިސް ވަނީ ބުނެފައިވެއެވެ. އެ ޕޯސްޓަރގައި ލިޔެފައިވަނީ "ޕީ.ވީ ގޯޕާލަންގެ ކާމިޔާބު ކާފަދަރި" މިގޮތަށެވެ.
ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް ޖޯ ބައިޑެންގެ ނައިބު ކަމާލާ ހެރިސް އަކީ މިހާތަނަށް އެމެރިކާގައި ނައިބު ރައީސް ކަމަށް ވާދަކުރާ ކަޅު ނަސްލުގެ ފުރަތަމަ ބޭފުޅާއެވެ. ޖަމައިކާއަށް ނިސްބަތްވާ ބައްޕައަކާއި، އިންޑިޔާ ދަރިކޮޅަށް ނިސްބަތްވާ މަންމައެއްގެ ދަރިއެއް ކަމަށްވާ ކަމާލާ ހެރިސް ނައިބް ރައީސްކަމަށް އިންތިޚާބު ވެއްޖެނަމަ އޭނާ ވެގެންދާނީ އެމެރިކާގައި ނައިބް ރައީސްކަން ކުރަށްވާ ފުރަތަމަ އަންހެން ކަނބަލަށެވެ.
ދާދިފަހުން ކަމާލާ ބޭރުގެ މީޑިޔާ އަކަށް ދެއްވި އިންޓެވިއުއެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ކަންތައްތަކާއި އެތަނުގެ ކެއުން މަތިން ވަރަށް ހަނދާންވާ ކަމަށެވެ. އެންމެ ހަނދާންވަނީ ކަމާލާގެ ކާފާއާއެކު ހިނގާލަންދާ ދިއުން ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔެއަށް ޑިމޮކްރަސީ ގެނެސް ފަތުރަން މަސައްކަތް ކުރި ބޭފުޅުންގެ ވާހަކަތައް ކާފަ ކިޔައިދޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކަމާލާގެ މަންމަގެ ޢުމުރުން 19 އަހަރުގައި ކަމާލާގެ މަންމަ ވަނީ އެމެރިކާއަށް ބަދަލުވެ އެތަނުގައި ވަޒަންވެރިވެފައެވެ. މަންމަ އެމެރިކާއަށް ބަދަލުވިއިރު އެއްވެސް އެއްޗެއް ނެތް ކަމަށްވެސް ކަމާލާ ވިދާޅުވިއެވެ. ނަމަވެސް މަންމަ އެމެރިކާއަށް ބަދަލުވިއިރު އިންޑިއާގެ އާދަކާދަތަކާއި ކާފަ ގެ އިބުރަތްތެރި އަގުހުރި އިރުޝާދުތައް ގެނައިކަމަށް ކަމާލާ އެބަސްދީގަތުމުގައި ވިދާޅުވިއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ބަސްކޮޅަކީ "ދުނިޔޭގައި ނާއިންސާފު ފެންނަ ކަމުގައި ވާނަމަ، އެކަމަށް ކޮންމެވެސް ކަމެއް ކުރުމަކީ މަޖުބޫރު ކަމެއް" ކަމަށް ކަމާލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު