އައްޑޫގެ ބިންހިއްކުމާއި، މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފަހުކޮޅުފެށާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އައްޑޫގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ސަރުކާރުން ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެކަމަށެވެ. އައްޑޫގެ ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ތެރެއިން ރަށުގެ މަގުތަކުގެ ހާލަތު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަކީ އަބަދުވެސް އައްޑޫ ރައްޔިތުން ދެކެމުންދާ ހުވަފެނެކެވެ. އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލުކޮށް، މަގުތަކުގައި ތާރު އަޅައި ބިން ބޮޑުކުރުމަށްޓަކައި ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ފަހު ކޮޅު ފެށޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށް ގެންދާ އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢު މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށުމަށްޓަކައި އައްޑޫއަށްވަނީ ވެހިކަލްވެސް ގެންގޮސްފައެވެ. ނަމަވެސް ކޯވިޑް19 އާއި ގުޅިގެން މަޝްރޫޢުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސަރުކާރުގެ ފަރާތުން ޖީކޭ ޑިވެލޮޕްމެންޓާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢުގެ، އީއައިއޭ ހެދުމުގެ މަސައްކަތް ވަނީ ނިމުމަކާއި ގާތަށް ގޮސްފައެވެ.

މިއީ ސަރުކާރުން 134 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އިތުރުން އައްޑޫސިޓީގެ 25 ކިލޯ މިޓަރގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑް އާއި އެލްއީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކުރައްވާ ފައެވެ.

އައްޑޫގެ ބިން ހިއްކާނެ ކަމުގެ ވައުދަކީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ދެއްކި ނަނާ ހުވަފެނެއް ފަދަ ވައުދެއް ކަމަށް އައްޑޫގެ ރައްޔިތުން ބުނެއެވެ. އައްޑޫސިޓީގެ ތަރައްޤީގެ އެންމެ މުހިއްމު މަޝްރޫޢުކަމަށްވާ ބިން ހިއްކުމުގެ މަޝްރޫޢު ޕީޕީއެމް ސަރުކާރެއްގައި ލަސްނުވެ އެންމެ ފުރަތަމަ މަޝްރޫޢުގެ ގޮތުގައި ފައްޓަވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ 2014 ވަނަ އަހަރު ވިދާޅުވެފައެވެ.

ޖަމީލް އޭރު ވިދާޅުވެފައިވަނީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު މަރުކަޒަކަށް އައްޑޫސިޓީ ހައްދަވައި ރާއްޖޭގެ ނަމޫނާ ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކޮށްދެއްވާނެކަމަށެވެ. ނަމަވެސް ވެރިކަން ނިމިގެން ދިޔަ އިރުވެސް އައްޑުއަށް ވެފައިވާ ގިނަ ވައުދުތައް އޭރުގެ ސަރުކާރުން ފުއްދާފައި ނުވާކަން އައްޑޫގެ ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ހުސޭ

27-Dec-2020

ތޭ ބޮޑޮދޮގައް ނިފެެޝަެހެއް.ނިފެޝެނެނުނީ.



ޓްރެންޑިން