މާލޭގައި ހިިންގާ ފިހާރައެއް
މާލޭގައި ހިިންގާ ފިހާރައެއް
ވިޔަފާރި އެހީގެ ނަމުގައި އެސްޑީއެފްސީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ލޯނެއް މިއަދު ތައާރަފްކޮށްފިއެވެ.

މިއީ ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ދޫކުރާ ލޯނެއްކަމަށް އެސްޑީއެފްސީން ކުރި އިޢުލާނެއްގައިވެއެވެ.

އެސްޑީއެފްސީން ބުނީ މި ލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، ތައާރަފްކޮށްފައިވާ ލޯނެއް ކަމަށެވެ. މި ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަ ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށެވެ.

އެސްޑީއެފްސީން ބުނީ އަލަށް ތައާރަފްކުރި މިލޯނުން ކޯވިޑް-19 އާ ގުޅިގެން މިހާރު ހިނގަމުންދާ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާފަރާތްތަކަށް ދިމާވާ މާލީ ދަތިތަކަމަށް ލުޔެއް ލިބި، އެވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރާއި ގުޅިގެން އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

އެލޯނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި މިހާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީއަކުން އެއްވެސް ދިވެހި މުވައްޒަފަކު ވަކިނުކުރުން ހިމެނޭ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

އެލޯނަށް މިއަދުން ފެށިގެން އެދެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ފައިސަލް

09-Apr-2020

ކޮންތާކު އެދެންވީ.ފޯމް ކޮންތާކުން ލިބޭނީ .ވެއްޖެނުން ތަންކޮޅެއް ފަސޭހައިން މައުލޫމާތު ލިބޭނެގޮތެއް ހަދާލަން.



ޓްރެންޑިން